ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް އަތޮޅުތަަކަށް ވިއްސާރަ ކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން ބުނެފައި ވަނީ މިއަދުގެ ހެނދުނު 10:00 އިން މާދަމާގެ ހެނދުނު 10:00 އަށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އިން ބުނެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 1-4 ފޫޓް ހުންނާނެ ކަމަށް ވެސް މެޓް އިން ބުނެފައިވެއެވެ.

ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:

  • ވާރޭ ވެހުމާއި އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
    ގެއަށް ފެން ނުވަންވާނެ ހެން ވެލިބަސްތާ ފަދަ ތަކެތި ޖެހުން
    ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން
    ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
    ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
    ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
    ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާަމަރީ

    ތިހެން ވެއްޖިއްޔާ 48 ގަޑިއިރު ފަހުންކަމަށް ބަލަންވާނީ..

  2. ރެފްރީ

    ރައްކާވެތިބިއްޔާ ދަތުރު!!!!ވިއްސާރަމޫސުންމިފެށެނީ. ސިފައިންނާއި ފުލުހުން ކަނޑުއުޅަނދުތައްބަލާ ޗެއްކުރާގޮތަށް މާލޭގެމަގުތައްވެސް ބަލާތި!ޕަމްޕުތައް ތިބީރަނގަޅުތޯއާއި މަސައްކަތްކުރޭތޯވެސްބަލާތި! ޑިންގީތަކާއި ކުދިބޮއްކޮރާފަރުވެސް ފަސޭހައިންއެރޭގޮތަށް ތައްޔާރުކޮށް ލައިފްޖެކެޓްވެސް ފަސޭހައިންއަތުޖެހޭތަންތަނުގަ ތިބުންރަނގަޅު!! މިވާހަކަމިބުނީ ކޮންމެހެން މިސަރުކާރުދެރަކުރާކަށްނޫން ޔައުނީ ނިމިދިޔަސަރުކާރުވެސްް ޒިންމާވާންޖެހޭނެކަމެއް މިކަމަކީ!! ވަރަަށްސަލާމް