މި މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު، އުމުރުން ދުވަސްވީ އަންހެން މީހެއް ކަމަށްވާ ނައީމާ މޫސާ (62އ) ގެ މަރާ ގުޅިގެން ފުލުހުން ވާހަކަ ނުދައްކާތީ މަނަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ސަބީހު ވިދާޅުވި ގޮތުގައި ނައީމާގެ މަރަށް ހަފްތާއަކަށް ވުރެ ގިނަ ދުވަސްވީ އިރުވެސް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.

އޭނާ ވިދާޅުވީ ފާއިތުވެދާ ކޮންމެ ދުވަހަކީ ވެސް ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ބިރުވެރިކަން އިތުރުވެގެންދާ ދުވަހެއް ކަމަށެވެ.

ސަބީހު ވިދާޅުވީ މީގެ ކުރިން ވެސް އެ މައްސަލައިގައި ފުލުހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ.

"މިހާ ދުވަސްވީ އިރުވެސް ޕްރެސް ކޮންފަރެންސްއެއްވެސް އަނެއްކާ މައުލޫމާތެއް ނުދޭ" ސަބީހު ވިދާޅުވިއެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން "ވަގުތު" އަށް ބުނީ، ނައީމާ މަރާލާފައި އޮތްއިރު، އޭނާގެ ކަރު ވެސް ބުރިކުރަން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި އޭނާގެ ބޮލަށް ވެސް ވަޅި ޖަހާފައިވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެމީހުން ބުނީ، ނައީމާ ފެނުނުއިރު، އޭނާ އޮތީ އެކަނި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ތަޅުންގަނޑު މަތީ ބަންޑުން ކަމަށާއި އެތަނުގައި ގިނަ އަދަދަކަށް ލޭހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅިޖަހާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް މަނަދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ނަހަދައި ވަޅުލައިފައެވެ.

ނައީމާ އަކީ ރަށު ތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ، ޑިއުޓީއަށް ނުނިކުމެ ދެ ދުވަސްވުމުން ބެލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ޤައުމުގައި ހިނގާ މިކަހަލަ އެއްވެސް ކަމެއް ޙައްލެއް ނުވޭ. މިއީ މިކަހަލަ ކަންކަން ޙައްލު ކޮށްދޭން އައި ސަރުކާރު. ރ. އަތޮޅު މެމްބަރު ވައްޑޭ ވިދާޅުވާ ގޮތަށް ބުނާނަމަ، "އިބޫ ވެރިކަމުގައި ދެމިހުރުމަށް ކުރަންޖެހޭ ކަމެއް ނޫން އެހެން އެއްވެސް ކަމެއް ކުރާކަށް އިބޫ ބޭނުމެއް ނުވޭ".

    • ނައްފަ

      އެއްކަލަ ސިކު ވައްޑޭ. އުތަ؟

  2. ސޮއްފާން

    މި މަރުގެ ކަންތައް ހަރުކަށިފިކުރަށް ކަނޑަން މިރަށުގެ ބަޔަކު ވަރަށް އެބަ މަސައްކަތްތކުރޭ. މިކަމުގާ އުޅެނި ޕާޓޭން ލަައްވާ ކުޑަ އަގަކަށް މަސައްކަތްކުރުވާ، އެގުރޫޕް ތަންތަނުން ވަގަށްނަގައިގެން ގެންނަ ކާއްޓާ މިރުހާ އެއްޗެހި ގަންނަ މީހެއް. ޕާޓޭ ސޮރަކު އަންހެންކުއްޖެއްގެ ކަންތަކުގަ ހިނގި މާރާމާރިއެއްވެސް އެއީ ހަރުކަށި ފިކުރަށް ހަދާފަ ވަންއޮންލައިނަށް އިންޓަވިއު ދިން މީހެއް. ޕާޓޭ ސޮރަކު ކުރިކަމެއް ހަރުކަށި ފިކުރަށް ކަނޑައިގެން މިއުޅެނީ އަސްލުގާ އެސޮރު މިހާރު ނަމާދުކޮށް އިސްލާހުވާން މަސައްކަތްކުރާތީ. އެސޮރުގެ ފަރާތުން މިހާރު މި މީހުން ބޭނުންވާ (ވަގަށް ކާއްޓާ މިރުހާ ނުލިބޭތީ) ކަންކަން ނުވާތީ. މިބުނާ މީހަކީވެސް ސިޔާސި ހަރުކަށި ފިކުރުގެ، މަސްތުވުމާ ރޯދަ ނުހިފުމުގެ މާޒީއެއް އޮންނަ މީހެއް.

    • މުހުސިން

      ފާޑު ފާޑަށް ނޭންގޭ ކަންކަން އެނގިގެން ކަމަށް ހަދައިގެން ނޫސްތަކަށް މައުލޫމާތު ދެނީ ޝިޔާމު ކިޔާ މީހެއްކަން އިނގޭ. އަދި ކާކުކަންވެސް އިންގޭ. އަދި އެދައްކާ ބުހުތާނު ވާހަކަ ތަކަށް ސުވާލުވެސް ވެވޭނެ. ތައްޔާރުތޯ؟

  3. ނަމަސްތޭ

    އެހެންވިއްޔާ ބަލާބަލަ ތި ކައުންސިލްގަ ގިނައީ ޕިންކް ކުދިންތޯ . . ޕޮލިހުންގެ މަސައްކަތް ޕޮލިހިުންކުރާނެ ، ކަލޭމެން ނަނު އުކަންގޮސްލާ ހަދާބަލަ ރަށުތެރޭ . . މާ ރައްޔިތުންނަށް ހެޔޮއެދޭ ބައެއްކަމަށް ހެދިގެންއުޅޭނެ . . ހަފްތާޔަކު ތިންދުވަހު އޮފީހަށް ނިކުތަސް މަ ލޮނުލީ އެއްޗެއްނުކާނަށް . . ތި ރަށްރަށުގެ ކައުންސިލްތަށް ހިނގާގޮތް އިނގޭނެ ރަށު އެއްމެންނަށްވެސް . . ލާރިކޮޅު ލިބުނީމަ ނިމުނީ . . ހަލާލެއް ހަރާމެއް ބަލާނެ ކަމެއްނެޠް ރޫހާނީ ވަގުލީޑަރު ޔާނު ބުނިހެން

    2
    1
  4. ފާތުމަ

    ތިޔައީ ފުލުހުންގެ ބައިވެރިވުމާ އެކު ހިނގާފަ އޮއްކަމެއްކަމައް ވ ބެލެވޭ.
    1.ފުލުސް އޮފީ ކުރިމަތީ ނައީމާގެ ގެ ހުންނަނީ.
    2.ނައީމާ ފެނުނުތަނައް ފުލުސްމީހާ އެކަނި ވަދެ
    އެހެންމީހުން ނުވެއްދުން.
    3.ޕޯސްޓްމޯޓަމް ނުހަދާ އަވަހަޢް ވަޅުލުން.
    4.މިހާތަނަށް އެއްވެސް މައުލޫމެއް ރަސްމީ ސިފައެއްގައި މިޑިއާއަށް ހާމަނުކުރުން.

    5
    2
  5. ޢަލީ ނަސީރު

    ސިހުރު ހަދާ މީހުންނަކީ ވަރަށް ނުބައި ބައެއް. އެކަމަކު އެއްވެސް މީހަކަށް އަނެކާގެ ފުރާނަ ދުއްވާލަށް ހުއްދަ ނުވޭ. އިސްލާމީ ޝަރީއަރުން ޝައްކެއް ނުވާވަރަށް ސާބިތުވެ ހުކުމް އިއްވާ އެ ހުކުމް ތަންފީޒު ކުރުމުގެ އަމުރު ވަލިއްޔުލްއަމުރު ނުނެރޭހިނދު.