ނ.މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހިމެނޭ އަހުޒަމް އަބްދުލްޝަކޫރު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ އޭޕްރީލް 8 ވަނަ ދުވަހު ނައީމާ ދިރިއުޅޭ ގޭގައި އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުރިކަމުގެ ހެކިތައް ފެންނަން ހުއްޓެވެ. ނަމަވެސް އެކަން ކުރި ބަޔަކު ފުލުހުންނަށް ހޯދުނީ އޭގެ ދޮޅުމަސް ފަހުން މިދިޔަ މެއި މަހު އެވެ.

ނައީމާ މަރާލިކަމަށް އެއްބަސްވި ނަމަވެސް އަހުޒަމް ބަންދުގެ މުއްދަތު ޖެހުމަށް މި މަހުގެ 11 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭރު އޭނާ ބަންދުކުރުމަށް ކޯޓުން ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވެގެން ކޯޓަށް އޭނާ ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރު ދީފައެވެ.

ނައީމާގެ މަރުގެ މައްސަލާގައި ދެން ހައްޔަރުކުރި އަބްދުލްވާހިދު ރިފާސް 30 ދުވަހަށް ބަންދު ކުރުމަށް މި މަހުގެ 11 ވަނަ ދުވަހު ކޯޓުން އަމުރު ކުރިއެވެ. ދެން އެމައްސަލައިގައި ހިމެނޭ ހުސައިން ފަވާޒު ޝަރީއަތް ނިމެންދެން ބަންދުކުރަން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ.

ނައީމާގެ މަރުގެ ތުހުމަތަށް ފުރަތަމަ ހައްޔަރުކުރީ އަހްޒަމް އާއި ރިފާޝްއެވެ. މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތު އޮތް ދެ މީހުން ކަމަށްވެއެވެ.

ނައީމާގެ މަރާއި ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމުން ވަނީ ކުށުގެ ވެށިން ގިނަ އަދަދެއްގެ ސުންކު (ސާމްޕަލް) ނަގައިފަ އެވެ. އޭގެ ތެރޭގައި ކުށްކުރި ކަމަށް ބެލެވޭ މީހާގެ ޑީއެންއޭ އާއި އިތުރު ފޮރެންސިކް ހެކިތައް ވެސް ހިމެނޭ ކަމަށް ކުރިން ވަނީ މައުލޫމާތު ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަ އިމިގްރޭޝަން

    އަސްލު ދިވެހީންގެ ޓިކްޓޮކްގެ މެޖޯރިޓީއަކީވެސް ވަރަށް ސިކް ބައެއް. ކުރިން ރެއަކު ލަތީފާ ކިޔާ އައިޑީއަކުން ލައިވްވެ، 800 އަށްވުރެ ގިނަ މީހުންގެ ކުރިމަތީގައިވަނީ ކުޑަ ފިރިހެން ކުއްޖެއް "ރަނޑުކަމުން" ރޭޕްވި ސްޓޯރީ ކިޔާ، ވިކްޓިމް ބްލޭމްކޮށް ހިއުމިލިއޭޓްކޮށްފަ. ދެރައީ ލަތީފާއަކީ ޓިކްޓޮކް ކުއީން ހެދިގެން އުޅޭ ސަމާގެ ބެސްޓީކަމަށް ބުނާއިރު، އެކަމާ ދެކޮޅަށް އެއްޗެއް ނުބުނާކަން. އަދި މޮޑަރޭޓަރުންވެސް ދިޔައީ އެބިއުޒްގެ ވާހަކަ ނުދައްކަން ބުނާ މީހުން މިއުޓްކުރަމުން.