ރާއްޖެއާއި ރާއްޖޭން ބޭރުގައި އިވެންޓް މެޏޭޖުކުރުމަށް ހާއްސަ ދިވެހި ކުންފުނި، ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަށް ހަމަ ޖެހިއްޖެ އެވެ.

ހައި ރައިޒުން ބުނީ މި ހާއްސަ ނެޓްވޯކިން އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު ހަވީރު 4:00 ޖަހާއިރު ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކަމަށެވެ

މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތް، ކުއަލިޓި ކޮންޓްރޯލް އެންޑް އެޝުއަރެންސްގެ ހެޑް ކެތީ ކަބަލަޓުންގަން އަދި ހެޑްއޮފް މާކެޓިންގް އެން ސޭލްސް ކެޕްޓަން ޖޮޔަންސް އަންބުމާނީ ވާހަކަ ދައްކަވާނެ އެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީއަކީ ޕީޕީއެލް، ސީޕީއެލް، މަލްޓި އިންޖީން، އޭޓީޕީއެލް ތިއަރީ އަދި ގްރަރުންޑް (ޕްރޯޒަން އޭޓީޕީއެލް)، ފްލައިޓް އެންޑް ގްރައުންޑް އިންސްޓްރަކްޓާ ކޯހުން ފެށިގެން ދަރިވަރުންނަށް ލައިސަންސް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ އެކަޑެމީ އެކެވެ.

ރޯޔަލް އެކަޑަމީގައި ދަރިވަރުން ތަމްރީނުތަކަށް ބޭނުން ކުރުމަށް 20 އަށް ވުރުން ގިނަ އެއާކްރާފްޓް ޕްލީޓެއް އޮވެއެވެ. މިއީ މަލްޓި އިންޖީނު އެއާރކްރާފްޓް ތަކާއި އެކުގައެވެ.

ރޯޔަލް އޭވިއޭޝަން އެކަޑަމީން ވަނީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ފިޖީ، ޖަޕާން، ވިއެޓްނާމް، އޮސްޓްރޭލިއާ، ފްރާންސް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، އޮމާން، ޕަޕުއާ ނިއުގިނީ، މެލޭޝިއާ ،އީރާން، ދެކުނު ކޮރެއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުން 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފަ އެވެ.

ރޯހެލް އޭވިއޭޝަން އެކަޑަމީގައި 80 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާއިރު، މި އަހަރުގެ ދިރާސީ އަހަރަށް އެކި އިންޓޭކްތަކަށް 50 އަށް ވުރެ ގިނަ ދަރިވަރުން މިހާރު ވަނީ އެޑްމިޝަން ހޯދާ އެންރޯލުވެފައެވެ.

"ހައިރައިޒްއާ ގުޅިގެން ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބޭއްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް، އަދި ރޯޔަލް އެކަޑަމީގައި މިހާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޕައިލެޓް ޓްރެއިންގް ހަދަމުން ދާ ދަނޑިވަޅެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިދަރިވަރުންގެ ބެލެނިވެރިންނާއި އޭވިއޭޝަން ޕްރޮޕެޝަނަށް ޝައުގުވެރިވާ ދިވެހި ކުދިންނަށް ބައްދަލު ކޮށްލަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ ޕުލިޔަން ކަލަތް ވިދާޅުވި އެވެ.

ކަލަތް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ދަރިވަރުންނަށް އިންޑަސްޓްރީގެ އިސްވެރިންނާ އެކު ނެޓްވޯކް ކޮށް، ހިޔާލު ބަދަލުކޮށް، އޭވިއޭޝަން އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތައް ދަސްކުރުމުގެ ރަނގަޅު ފުރުސަތެއް ލިބިގެންދާނެ ކަމަށެވެ.

ހައިރައިޒުން ބުނީ މިއިވެންޓުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓާ ވާން ޖެހޭނީ އޮންލައިންކޮށް ކަމަށް ހައިރައިޒުން ބުނެ އެވެ.