ޕްރެޒިޑެންޓް ކަޕުގެ ފައިނަލުގައި އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

މިރޭ ކުޅުނު ފައިނަލުގައި މާޒިޔާގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެން ދިޔައިރު، އީގަލްސްއިން ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް އުފައްދާފައެވެ. މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައިވެސް މި ދެޓީމުގެ ފަރާތުން ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފުގައި މާޒިޔާއަށް ލީޑު ނަގާދިނީ އިބްރާހިމް އައިސަމްއެވެ. މިލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 45ވަނަ މިނެޓުގައެވެ. ފުރަތަމަ ހާފުގައި އީގަލްސްއިންވެސް ވަނީ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މާޒިޔާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ހުޝިޔާރު ކަމާއެކު މި ހަމަލާތައް ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލު ކޮށްގެން ކުޅެފައި ވަނީ މާޒިޔާއިންނެވެ. މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދީފައި ވަނީ ވެސް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އައިސަމްއެވެ.

ފަހުގެ ތާރީހުގައި ގަލޮޅު ދަނޑުން ނުފެންނަ ވަރަށް މިރޭ މެޗުގައި ސަޕޯޓަރުން ފެނިގެން ދިޔައިރު މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މި އަހަރު އޮންނަ ސާފް ޗެމްޕިއަން ޝިޕުގައި ގައުމީ ޓީމުން ބޭނުން ކުރާ ރަސްމީ ޖާޒީވެސް ވަނީ މިރޭ ދައްކާލާފައެވެ. އަދި ގައުމީ ޓީމުގެ ފަރާތުން ވަނީ ރައީސް އަށް ގައުމީ ޓީމުގެ ޖާޒީއެއް ހަދިޔާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މިހާރު ފުޓްބޯޅަ ކުޅޭތަ. މިކަންވެސް ބަޔަކު ބޭނުންވާގޮތަށް އަބުރާ ނިންމާލާފި. މިހާރު އެމީހުންހިތަށް އެރިގޮތަކަށް ކްލަބުތަކާއިމެދު އަމަލުކުރަމުންދަނީ...
    މިހާރު ކްލަބަކީ މާޒިޔާ އެފްއޭއެމް އަކީވެސް މާޒިޔާ ޤައުމީ ޓީމަކީވެސް މާޒިޔާ ...

  2. އަހްމަދު

    އަނހާ! ކަލޯހާދަމީހެކޭދޯ ފައިނަލްމެޗްބަލަން ދަނޑައްވަދެލާފައޮތީ މީހުންގިނަކަމުން އެމަގުވެސްއޮތީ ބަންދުކޮށްފަ ސާބަހެއް ރައީސް ސޯލިބޭ