ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދޭ ގައުމީ ހެލްތް އިންޝުއަރެންސް ސްކީމް، އާސަންދައިގެ ހަރަދުތައް ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނިމުމުން، އާސަންދައިން ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

އާސަންދައަށް ހަރަދުކުރަން މިއަހަރު ބަޖެޓް ކުރި 1.04 ބިލިޔަން ރުފިޔާގެ ތެރެއިން މިހާރު ބާކީ އޮތީ 237.8 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިހާރު 807.2 މިލިއަން ރުފިޔާ ހަރަދު ވެއްޖެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ މަހަކު ވެސް އާސަންދައަށް 160 މިލިޔަން ރުފިޔާއަށް ގިނަ ފައިސާ އަންނަނީ ހަރަދު ކުރަމުންނެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، މުޅި ސޯޝަލް ސެކިއުރިޓީ ނިޒާމަކީ ފެށުނީއްސުރެވެސް ހަރަދު ބޮޑު ނިޒާމެއް ކަމަށެވެ. އަދި މީގެ ތެރެއިން ވަރަށް ގިނަ މައްސަލަތަކެއް ފަހަގަ ކުރެވިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެހެން ނަމަވެސް ހަރަދު ކުޑަ ކުރުމަށާއި، މި މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން މާބޮޑެތި މަސައްކަތަަކެއް ކުރެވިފައެއް ނެތް، އެހެން ނަމަވެސް އާސަންދަ އިން ކުރާ ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް މި އަހަރު ތެރޭގައި ކުރިއަށް އެބަ ދޭ".

އެގޮތުން ޖުމްލަކޮށް މުޅި ސޯޝަލް ސެކިއުރިޓީގެ ނިޒާމް ހަރުދަނާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ސޯޝަލް ކައުންސިލަށްވެސް ބައެއް ކަންކަން ހުށަހެޅިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

"އެ ކަންތައްތަކާއި މެދު ބަހުސް ކުރެވި ކަމާއި ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވެ އެ ބަދަލުތައް އިމްޕްލިމެންޓް ކުރެވިގެން ދާނެ. އަދި އިމްޕްލިމެންޓް ކުރެވިގެން ދިޔައީމަ އާސަންދައިން ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަ ކުރެވޭނެ.". މިއުވާން ވިދާޅުވިއެވެ.

އަދި ޖުމްލަކޮށް މުޅި ނިޒާމް ވަރަށް ބޮޑަށް ހަރުދަނާ ވެގެން ދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    އަވަހަށް ތިވެސް ތިއީ ހަމައެކަނި ކަލޭ ބޭނުންވާ ސިޔާސީ މީހުންނަށް ދޭ އެއްޗަކަށް ހަދައި! އޭރުން ޚަރަދު ކުޑަވީނު!

    21
    1
  2. މުސްލިމް

    ޢެއްވެސް ޢިލްމީ ޤާބިލްކަމަކަށްނުބަލާ މަގުމަތިންނަގާފަ ސޯޟަލްކައުންސިލަށްވައްދާފަތިބި އެކްޓިވިސްޓުނާ ލަންކާގައި ދުވަސްކޮޅަކު ހަކުރުބޯންތިބި ބަޔަކު ދައްކާ ވާހަކަޔަށް ރައްޔަތުންގެ ތެރޭގައި ތިބި ހަމަހޭގައި ނެތްބަޔަކު އަތްޖެހިއަސް ގިނަދިވެހި ރައްޔަތުނަށް ތިޔަވަގުބައިގަޑުގެ ގޮތް އެގި އަތްޖެހުން ހުއްޓަލައިފި،

    18
    2
  3. ހައިކަލް

    ގުރައިދޫ ގޮނޑި ލިބިއްޖެނުން

    3
    1
  4. މަކަރެ

    ވާވަރައް އެތަނުންވެސް ވައްކަން ކޮއްލާފަ އާކޮއްލީދޯ މުޅިތަން މިބައިގަނޑު ވައްކަންނުކުރާ ނެތޭ އެންމެ ދިމާލެއްވެސް

    7
    1
  5. ޢަބުދުﷲ

    އާސަންދަ ހަރަދު ކުޱަކުރީމަ އާންމު ރައްޔިތުންނަށް ލިބޭ ނީ ހަމައެކަނި ހުން ބޭސްގުޅައެއް މިނިސްޓަރުން ނާއި މަޖިލިސް މެމްބަރުން ނަށް ހަފްތާގެ އަކު ދެފަހަރު އަވައްޓެރި ގައުމުގެ ތަކުން ބޭސް ޕިކްނިކް ހަރަދު ކުޑަ ވާނެ

    7
    1
  6. ާދަލޭކް

    ބަލަ ވަކި ބަޔަކަށްތައް އާސަނަދަ ހައްގު ވަނީ މިނިސްޓަރުންގެ ތިމާގެ މީހަކު ވިއްޔާ %100 އާސަދައިން ނިކަމެތިން ވިއް ޕެނެޑޯލް ގުޅަ އެކަނި މުއްސަދިންގެ ދަރިން ބޭނުން ގައުމަކައް ކިޔަވަން ޒަކާތު ފަންޑު ވަރަށް ރަގަޅު ސާބަސް.

    10
    1
  7. ސަލާން

    ތިޔަ ހެޑްލައިންގެ އިނދިކޮޅަށް ކަންކަން ދާނީ. ސަބަބަކީ މި ސަރުކާރުގެ ކަންކަން ގޮސްފައިވަނީ މުޅިންވެސް އެހެން. އާސަންދައިގެ ބޮޑު ބައެއް އިންޑިއާ ހޮސްޕިޓަލުތަކަށް،

  8. ޒާ

    ރައްޔިތުންނަށް އާސަންދަ ނުދޭން އެބަރާވާ

  9. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    މިއީ އިބޫ ކެމްޕޭނު ކުރަން އޮތް "އާސަންދަ" އެކެވެ. ދިވެހިރާއްޖޭ ގެ ބަޖެޓް ވެސް އިބޫ ކެމްޕޭނު ކުރާށެވެ! ހުރިހާ ކުންފުނި ތަކެއް ވެސް އިބޫ ކެމްޕޭނު ކުރާށެވެ! މުޅި ޙަޒާނާ ވެސް އިބޫ ކެމްޕޭނު ކުރާށެވެ! އާސަންދަ ވެސް އިބޫ ކެމްޕޭނު ކުރާށެވެ!

  10. ކިޔު

    ކަރަދުކުޑަކުރަން މަސައްކަތް ކުރިއަސް، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާކުރުން ދަތި ނުކުރެއްވުން އެދެން. ސަރުކާރުން މިފަދަ ބަލިތަކަށް ފަރުވާކުރުމަށް މިހާރުވެސް ކުރައްވާ މަސައްކަތަށް ވ ބޮޑަށް ޝުކުރުވެރިވަން.