އެއް ޖިއްސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދ. ރިނބުދޫ ސްކޫލުގެ ގުރުއާން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

ރިނބުދޫ ކައުންސިލްގެ ނައިބު އަޝްރަފް ހަސަން ވިދާޅުވީ ޓީޗަރު ހައްޔަރުކުރީ މީގެ ދެ ދުވަސްކުރިން ކަމަށެވެ.

އޭނާ މިހާރު ހުރި ދ. ކުޑަހުވަދޫގައި ތިބޭ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުން 38 އަހަރު އެ ޓީޗަރަކީ ރިނބުދޫ ސްކޫލުގައި ގުރުއާން ކިޔަވައިދޭ ހަމައެކަނި ޓީޗަރެވެ.

އެ މައްސަލައިގައި އޭނާ ސްކޫލުން ސަސްޕެންޑް ކުރިކަމެއް ނޭނގެ އެވެ.

ރިނބުދޫގެ މީހަކު ބުނީ ކުރިންވެސް އެ ޓީޗަރުގެ ފަރާތުން އެކަހަލަ އަޑުތަކެއް ރަށުތެރޭގައި ފެތުރިފައިވާ ކަމަށެވެ.

އޭނާ މީގެ ކުރިން ކައިވެންޏެއް ކުރި ކަމަށާއި ނަމަވެސް މިހާރު އެ ކައިވެނި ރޫޅިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުއާއެކު ގްރޫޕް ހަދައިން ރާއްޖޭގެ ޓީޗަރަކު ޖިންސީ ގުޅުން ހިންގި ޓީޗަރެއްގެ މައްސަލަ ވެސް ފެންމަތިވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލަމްގިރި

    އެއީ ދައްތަ ނޫނީ ބޭބެ ވައްތަރުތަ؟ ބޭބެެ ވެއްޖާ އަލަމްގިރި ޓީމު މީހާ ދޯ. ބޮރު މަކޮރު

    17
  2. ލާދީނީ އައުޓް

    ސްކޫލްތަކުގައި ޖިންސީ މައްސަލަތައް ގިނަވެއްޖެ. ޓީޗަރުން ކުދިންނާ ބެހެނީ. ކުދިން ޑްރަގު ބޭނުން ކުރަނީ. ކުދިންގެ ހުލްގު ނުބައިވެއްޖެ. އެކަމަކު އައިޝަތު އަލީ އެއުޅެނީ އަތަބިއްޔާ ކުދިން މޫނުބުރުގާ އަޅާތީ ގަޔަށް ހިނި އަރައިގެން

    36
    1
  3. ގޮވެލި

    މިސަރުކާރުގަ ތިކަހަލަމީހުން ވަރަށްގިނަ

    22
    1
  4. ކޮސް

    އެކަމަކު ޒިނޭ ކުރާމީހުން ހައްޔަރެއް ނުކުރާނެ

    16
  5. އަލަންގިރި

    ސަރުކާރުން ތިކަންތަށްކުރާމީހުންނަށް އަދަބެއްނުދޭ އަލަމްގިރިހަނދޭގިރި ގުރޫޕު އެއުޅެނީ އުފަލާއަރާމުގަ އެހެންވީމާ ރާއްޖޭގަ ތިކުޅޭކުޅި މިހާރުމިވަނީ 5 ވަނަގިއަރަށް އަރާފަ ދެންތިކަމަށް ފަރުވާއެއްނެތް.

    21
  6. ބިޑި

    އިބޫ އަށް ދެވަނަ ދައުރެއް ޔަގީން ވެއްޖެ

  7. ޙާކޮ

    ހައްދުންނެއްޓިދާއިރުވެސް މިކަންކަން ކޮންޓްރޯލެއް ނެތި މިހިރަދަނީ ކުރިއަށް . މިހާރުވެސް މާލޭގެ ސްކޫލްއެއްގަ ކިޔަވާ ކުދިންކޮޅެެއް އެސްކޫލްގަކިޔަވާއަންހެން ދަރިވަރަކު ރޭޕްކޮށްގެން އުޅޭވާހަކައެެއް މިދިޔަހަފްތާތެރޭގަ އަޑުއިވިފަވޭ.

  8. ޢަލުކާ

    ޢިބްރާހިމް މ ސޯލިހު ބުނީ ކެންޕެއިނުގަ ހުރިހާ މައްސަލައެއް ޙައްލު ކޮއްދޭނަމޯ އިންސާފް ގާއިމު ކުރާނަމޯ އިދިކޮޅަށް ޖަހާފަ ހުރިހާ ކަމެއް މެކުހަށް ކަރުބުރި ކުރުމާއި ރޭޕް ކުރުންވެސް އަލަށް ފެށި އިންޑިއާގެ އަވަށަކަށް މިގައުމު ހަދާލީ