ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ހިމެނޭގޮތަށް އެ ބޭފުޅުންގެ އާއިލާގެ މެމްބަރުންގެ ތެރެއިން އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ފަރާތަކަށް އިންޝްއަރެންސްގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މަޖިލީހުގެ ކުރީގެ މެންބަރުން ހިމެނޭގޮތަށް 415 ފަރާތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންގެ އިތުރުން މަޖިލީހުގެ މިހާރުގެ މެންބަރުންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ދަރިން ހިމެނެއެވެ.

ފިނޭންސްގެ އިއުލާނުގައިވާ ގޮތުން އިންޝްއަރެންސްގެ ހިދުމަތް ހޯދަން ނިންމާފައިވަނީ ބޮލަކަށް 24،000 ރުފިޔާގެ ޕްރެމިއަމެއްގެ މަގުންނެވެ.

މަޖިލިސް މެންބަރުންނަށް އިންޝުއަރެންސް ހޯދަން އިއުލާންކޮށްފައިވާއިރު، ސިންގަޕޫރާއި މެލޭޝިއާ އަދި ތައިލެންޑްގެ ބައެއް ހޮސްޕިޓަލުތަކުން މެންބަރުންނަށް އެޚިދުމަތް މިހާރުވެސް ދެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ދާއުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ރައްޔިތުންގެ ޖީބް ފޭރެނީ !

    • Draw

      ތިޔަމަޖްލީސް އުވާލަންވީނު. ކީއްކުރަން ކުރީގެ މީހުންނަށް އަދި އެމީހުންގެ އާއިލާއަށް އިންސުއަރެންސްދެނީ. މީބޮޑުވެއްޖެކަމެއްނު. 110 ބިލިއަންދަރަނީގައި. ރައްޔިތުން ނުކުމެ މަޖްލީސް އުވާލަންޖެހޭ

  2. ސަރަފަކައްދަ

    ކޮބާހޭ ރައްޔިތުންގެ އިންސް ސުއަރެންސް! މިއީ ރައްޔިތުންނަށް ބަދަލު އަރާ ބައެއްހޭ ދާއިމީ ކޮއް މިވެރިން ބަލަހައްޓާ ކާންދީ ނުވިތާކަށް މިވެރިންގެ އަނބި ދަރިންނަށް ބޭރުން އިންސްސުއަރެންސް ތާ އަބަދަށް ހަމަޖައްސައިދީފައި ބޭތިއްބުން. ރައްޔިތުންނޭވެ! ތަމެން މިހިރަ މިހިރަ ކަންކަމުގާ ހޭވެރިކަންވެ މި ކަމުގާ ބަހުސް ކުރާނީ ކޮން ދުވަހަކުންބާ!

  3. ކޮރަލް

    އާސަންދަ އިންނާނެ އެވެ. އިތުރު އެއްޗެއް ދޭނެ ކަމެއް ނެތެވެ.

  4. ހުސޭނުބޭ

    ކޮންމެ މީހަކުވެސް އިންތިޚާބުގައި ބުނާނެ،،،،، ރައްޔިތުންގެ އަޑުއިއްވަން..... ރައްޔިތުންގެ މެމްބަރު ...... ރައްޔިތުންނަށްޓަކަށް. ވީމާ ތި މީހުންނަށް ރައްޔިތުންގެ ފައިސާއިން ތި އިންޝޫރެންސް ދޭކަށް ނުޖެހޭނެ. ނުވިތާކަށް 40000 އަށްވުރެ މަތީ މުސާރަވެސް ދޭކަށް ނުޖެހޭނެ. ތިތަނުގައި ގިނަވާނީވެސް ގްރޭޑް 7 ގެ ފެންވަރުވެސް ނެތް މީހުން.

  5. ޒިދުނާ

    މީދެން ކިހާ ބޮޑުބަލާއެއް.މިމީހުން އަމިއްލަޔަށް ގަވާއިދާއި ގާނޫނު ހަދައިގެން ރައްޔިތުން ފުނޑެނީ.މީ މަތިން އައިސް ތިބި ބަޔެއްތަ؟ބަލަ ތިބުނާ މަޖިލިސް މެމްބަރުން ގައުމާ ނުބައްދަލު މުސާރަ ދީގެން ތިގެން ގުޅެނީ.ރާއްޖޭގެ ރައްޔިތުންނަށް ދޭ އެއްޗެއްގެ އިތުރުން އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެ ދައުރު ނިމުމަށްފަހު.މިމީހުންނަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައޮތް ބޮޑު މުސީބާތެއް.އަމިއްލަޔަށް މުސާރަޔާ އިނާޔަތް ކަނޑައަޅައިގެން އެތިބޭނީ.