ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮންމެ ދުވަހެއް ހޭދަކުރެއްވީ އިންޑިއާގެ ވަކީލެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުން ދެމެހެއްޓުމަކީ، ރައީސް ސޯލިހްގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެއްވާ ކަންތައް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސައީދު ވިދާޅުވީ ނައިބު ރައީސް ފައިސަލްގެ އެ އިއުތިރާފްއަކީ ވަރަށް ބޮޑު ތެދެއް ކަމަށެވެ. ރައީސްގެ ކޮއްމެދުވަހެއް ހޭދަކުރެއްވީ އިންޑިއާގެ ވަކީލެއްގެގޮތުގައި ކަމަށް ވިދާޅުވިއެވެ.

"މައްސަލައަކީ ދިވެހި ކަނޑު ރައީސްއަށް ނުފެނުން. އަދި ދިވެހިންގެ މަސަލަހަތު އިސްކުރުމުގައި ދައުލަށް އިޙްމާލުވުން." ސައީދު ވިދާޅުވިއެވެ.

ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބު ރައީސް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސް ޞާލިޙްގެ ސަރުކާރުން ވިސްނާ ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާ، އިންސާނީ ވަގުފާރިއާ، ޤާނޫނާއި ޚިލާފަށް ކުރާ ހިޖުރައާ، މަސްތުވާތަކެތީގެ ވިޔަފާރިއާ، ރިޕޯޓް ނުކުރެވޭ މަސްވެރިކަމާ، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ޞަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ، އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮވިޑް

    ނޫން ނޫން ސައީދު. ހަޤީގަތަކީ ނަގޫފިތިފައިވާ އަޅެއްގެ ގޮތުގައި. ގުޑިލާފާނެކަން އިންޑިއާ އަށް ހަމަ ހީވާއިރަށް ފިއްތާ ތަދު ކޮށްލަނީ. މީ ހަމަ ސީދާ އިންޑިއާ އިން ގަނެފައި ވާ އަޅެއް. ސޯލިހު އިންޑިއާ އަށް ވިއްކީ ރައްޔަތުން 2018ގައި ލީ ވޯޓް. އަދި އެމްޑީޕީގެ ރައްޔަތުން މަޖިލީސް މެމްބަރުން.

    8
    3
  2. ޙޣޙޛ

    "މައްސަލައަކީ ދިވެހި ކަނޑު ރައީސްއަށް ނުފެނުން. އަދި ދިވެހިންގެ މަސަލަހަތު އިސްކުރުމުގައި ދައުލަށް އިޙްމާލުވުން." ސައީދު ވިދާޅުވިއެވެ.

    ވަރަށް ރަގަޅު ވާހަކަފުޅެއް

    9
    2
  3. އިހޫ

    ދެން ސައީދު ހޭދަކުރީ ޔާމީނުގެ ބަގީޗާގަ ފޮޅިފަ އިން ފިނިފެންމަލެއް ގޮތުގަ؟

    6
    9
  4. އާދަނާ

    މިހާރު ރާއްޖޭގެއޮތް ވެރިކަމަކީ ގައުމަށް ގައްދާރު ވަގުންގިނަ ވެރިކަމެއް، މޯދީފެ މުންޑުދަށުވެފަވާ ވެރިންތަކެއް އުޅޭ ސަރުކާރެއް!

    8
    4
  5. އިބްރާހިމް

    އންޑިއަރ އައުޓް

    2
    1
  6. ކުރާ

    މޯދީ ދަށުކޮށް އަޅުވެތިކުރަމުން
    ޔޯގާ ޖައްސާ ޖޭ ހިންދު ގޮވަމުން
    ހޯހޯ ބުނި ދިވެހިން ހައްޔަރު ކުރަމުން
    ނޯ ބުނަން ޖެހޭ އިބޫ ފައިސަލަށް
    ގޯހުން ގޯހަށް ނުދަނީސް އިތުރަށް

  7. ބިރު ފަހަނައަޅާ މި ވޯޓުން

    އިބޫ ފައިސަލާ ކޯލިޝަންގެ އެންމެހާ ބައިވެރިންނަށް
    ދީނާ މަގެ ގައުމާ މަގެ އަމްނާ ނުކުޅެއްޗޭ
    ތާރީޚު ބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ

    3
    2