ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަންފާ ހޯދި ކަމަށް ބުނާ 52 މިލިއަން ރުފިޔާ ހޯދުމުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. ޔާމީން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ ފެބްރުއަރީ 26 ގައެވެ.

އެކަމަކު، ހައި ކޯޓުން ދާދި ފަހުން ވަނީ ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލްކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި މިދިޔަ ހަފުތާގައި ހައި ކޯޓުގައި އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ކުރީގެ އަމުރު އެ ކޯޓުން ބާތިލް ކުރުމުން ކަމަށެވެ.

"ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މެއި 7, 2023 ގައި ހުށަހަޅައިފީމެވެ." ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އެންމެ ފަހުން ކުރި ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. އެކަމަކު، އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި އަދިވެސް ނުފަށައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޯޑިބެ

    މި ސަރުކާރުން ޕޮލިޓިކަލް ސްކޭޕްގޯޓެއްގެ ގޮތުގަ ޔާމީން ތަޅާ ޓޯޗަރ ކުރާއިރު އެޗް އާރްސީއެމާ ދުނިޔޭގެ ޑިމޮކްރެޓިކް އަދި ހިޔުމަން ރައިޓްސް ޖަމްއިއްޔާތައް ކޮބާ؟ ވަކި ބައެއް އެކަނިތަ އިންސާނުންކަމުގަ ބަލައިގަންނަނީ. ޔާމީނު މަރަންވެސް މިތިބަ މީހުން ފަސްނުޖެހޭނެހެން ހީވަނީ

    33
    2
    • އެ

      ޔާމިން ގެ ކުށަކަށްވީ އިސްލާމްދީނަށް ލޯބިކުރުމާ، އިންޑިޔާބުނިގޮތަކަށް ތަބާނުވުން… މިކަމާހުރެ އިންޑިޔާ،ޔޫރަޕް އަދި އެމެރިކާއިންވެސް ބޭނުމެއް ނުވޭ އިސްލާމީ ލީޑަރެއް ހުންނަން… މިކަން ވަރަށްފަހުން ފެނިގެންދަނީ ތުރުކީގެ އިންތިހާބުން…. އެ އިންތިހާބަށް ވެސް ނުފޫޒުފޯރުވަމުން އެބަދޭ

      24
      1
  2. ޗަމްޗާ

    ކަލޯ މޮޔަވާށޭ ލާރިބޭނުމީއްޔާކަލޯ މޮޔަވާށޭ ކެމްޕެއިންނައް ލާރިމަދުވީތަ އެންމެލާރިއއެއްވެސް ނުލިބޭނެ

    15
  3. ޝާފިޒް

    ޕީޖީ އަށާއި ޕީޖީ ވަކީލުންނަށް އިންޑިއާއިން މެޑެލް ދޭންވާނެ މިފަހަރު އެކުރާ ހިތްވަރަށް. ހާދަ މަސައްކަތެކޭ އެކުރަނީ. މިގޮތަށް މަސައަކަތް ކުރާނަމަ ދޯ ހުރިހާ މައްސަލަތަކެއްގަވެސް. ކިހާވަރެއް ލިބޭބާ އިންޑިއާ ރުއްސައިގެން.

    19
  4. ޢަބްދޫ

    ދަށު ކޯޓް ގެ އަމުރު ނުވަތަ ހުކުމް މަތީކޯޓުން ބާތިލް ކޮށްފިނަމަ އެއީ ވުޖޫދުގަ ނުވާ އެއްޗެއް. ހައިކޯޓުން ބާތިލް ކޮށްފައިވާ އަމުރެއް ހައިކޯޓުގަ އިސްތިއުނާފު އިސްތިއުނާފު ކުރާނީ ކިހިނެިޔ

  5. ހުސޭނުބޭ

    ޓެކްސް ނުދައްކާ މަހުޖަނުން އަތުން ޓެކްސް ހޯދަން އުޅެން މި ޕީޖީ ބިރުގަނޭ ދޯ

  6. އައްލާގެ އަފީފް

    އަޅެ މިއީ ޕެރެލައިޒް ވެފަ އޮތް ސަރުކާރަކުން ނޫނީ ނުފެންނާނެ މަންޒަރެއް މިއިބިރިހިމާ ކޮންމެވެސް ގޮތަކަށް ހޭއަރުވަން އެބަޖެހޭ

  7. ގަލަން

    އިބޫ ކެންޕެއިނައް ރުފިޔާބޭނުންވީ ކަންނޭންގެ ރުފިޔާ ނަގާނަގާ ކުންފުނިތައްވެސް ހުސްވެއްޖޭ ބުނާ އަޑުއަހަން

  8. ޝައިޚް

    ވަގު ޞާލިޙް ގެ 5 އަހަރު އެއްކޮށް މިދަނީ ޔާމީނަށް އަނިޔާ ދިނުމުގައި! މިއަދު ތިބާ ތިޔަކުރާ ކަންތައް މާދަމާ ތިބާޔާހަމައަށް ފޯރާނޭކަން ދަންނާށެވެ. " މިއަދު ތިބާ ކަންކުރިގޮތަށް މާދަމާ ތިބާޔާމެދުވެސް ކަންކުރެވޭނެއެވެ. " (ޢުމަރު ބުނު އަލް ޚައްޠާބް ) ވަގު ޞާލިޙް ނެގި 37 މިލިޔަން ރުފިޔާ ހޯދަބަލަ!