ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު އިމުގެ މައްސަލައިގައި އިދިކޮޅު އިއްތިހާދުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ގާނޫނުން ލިބިގެންފައިވާ އަދި މަސްވެރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4500 އަކަ ކިލޯ މީޓަރަށް ވުރެ ބޮޑު ބައި ދޫކޮށްލާފައިވާތީ މިއީ ދިވެހިންގެ ހައްގު ގާނޫނީ މުދަލަކުން ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްފައިވާ ސަރަހައްދަކަށްވާތީ ސަރުކާރުގެ މި އަމަލު ގަބޫލު ނުކުރާނެ ކަމަށް ބުނެ ސަރުކާރުން ހުށަހަޅާ ޕެޓިޝަނެއް ކަމަށެވެ.

އެ ޕެޓިޝަންގައި ގޮވާލާފައިވަނީ އެ ނިންމުން ރާއްޖެއިން ބަލައިނުގަންނާނެ ކަން މޮރޮޝިސް ސަރުކާރާއި އިޓޮލޮސްއަށް އާ ކަމާ ބެހޭ އެހެން ފަރާތްތަކަށް ސަރުކާރުން އަންގާ ދެއްވުމަށާއި މި މައްސަލަ އަލުން ބަލާ ދިނުމަށް އިޓޮލޮސްއަށް ދައުލަތުން ހުށަހަޅާ ދެއްވުމަށް ކަމަށް އާޒިމާ ވިދާޅުވިއެވެ.

އަދި މި މައްސަލައިގައި ރާއްޖޭގެ ގާނޫނު ކަނޑައަޅާފައިވާ ފުރިހަމަ 200 ނޯޓިކަމް މެއިލް ހޯދުމަށް މަސައްކަތް ކުރުމަށާއި 2010 ވަނަ އަހަރު ރާއްޖެއިން ކޮންޓެންޓަލް ޝެލްފުގައި ހުށަހަޅާފައިވާ މައްސަލައިގައި ކްލޭމް ކޮށްފައިވާ ސަރަހައްދު އެއްކޮށް ލިބިގަތުމަށް މަސައްކަތް ކުރުމަށް ވެސް ޕެޓިޝަންގައި ގޮވާލާފައިވާނެ ކަމަށެވެ. އެ މައްސަލަ ކޯޓުގައި ހިނގަނިކޮށް ރައީސް ސޯލިހް މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީ އަނބުރާ ގެނައުމަށް ޕެޓިޝަންގައި ގޮވާލާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ އިމުގެ މައްސަލައިގައި ކޯލިޝަން ހަދާފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކުން މިރެއިން ފެށިގެން ޕެޓިޝަންގައި ސޮއިކުރަން ފަށާނެ ކަމަށެވެ. ވީހާވެސް ގިނަ ދިވެހި ރައްޔިތުން އެ ޕެޓިޝަންގައި ސޮއިކޮށްދިނުމަށް އާޒިމާ ވަނީ އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން އިދިކޮޅުން ވަނީ އިމުގެ މައްސަލައިގައި އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު "މަސްބާނަ ބާނާ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" މިނަމުގައި ހާއްސަ ރެލީއެއް ބޭއްވުމަށް ނިންމައިފައެވެ. އެ ރެލީ އޮންނާނީ އެ ދުވަހު ހަވީދު އާޓިފިޝަލް ބީޗްގައި ކަމަށް އެ އިއްތިހާދުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެތެރެ

    އަދާލަތު ޕާޓީ އިންޑިޔާގެ ހަދިޔާ ސިޓީ އުރާގަ ހިފައިފި

    6
    1
  2. ލަކީ

    ހެހެ ޗާގޯސް އަށް ކާކު މަސްބާނަން ދިޔައީ މިހާރު ދިވެހިން ދަނޭ ތިކިޔަނީ ކޯޗެއްކަން ހަމަ ތި ޢާޒިމާޝުކޫރު ވިދާޅުވީ ޖީއެމްއާރު ެއގުރިމެންޓް ބާަަަަަަަަަަަަަަަަަަަަަަަަަަަަަަަަަތިލްކުުުުުރިޔަސް ބަދަލު ދޭކަށް ނުޖެހޭނެޔޭ ކިހިނެއް ތޯ ފަހުން ވީ އެތައް މިލިއަން ޑޮލަރެއް ދައްކަން ޖެހުނީ ހެހެހެ މޮޔަގޮވާނީ

    4
    3
  3. މޮހޮރު

    ލަކީ މެނައްހާދަކަމެއް މޭގުނޭ ވާނީވެސް އެހެންތާ މިތިބެނީ ފިތިފަވިއްޔާ ހަނޑަބުރި ވިއްކާލިޔަސް ލާރި ދެއްޏާ ހަމަ ރަނގަލޭ ބުނާނި

    1
    1