ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރަމުން ގެންދިޔަ ވިޔަފާރިވެރިޔާ އަދި އެމްޑީޕީގައި ކުރިން އިސްކޮށް އުޅުނު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ނިންމައިފިއެވެ.

ނަޝީދާއި ގާތް ގުޅުމެއް ކުރިން ފެށިގެން ބާއްވަމުން އައި އާދަމް މަނިކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ތާއިދު ކުރީ ނަޝީދަށެވެ.

ނަމަވެސް މިއަދު އޭނާ "ވަގުތަށް" ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެމްޑީޕީގެ އަސާސްތަކަށް ތާއިދުކުރާ މީހެއް ކަމަށާއި ރައީސް ސޯލިހަށް ތާއިދު ކުރަން ނިންމީ ރައީސް އަކީ އެމްޑީޕީގެ މައިގަނޑު އަސާސްތައް ގަބޫލުފުޅު ކުރައްވާ ބޭފުޅަކަށް ވުމުން ކަމަށެވެ.

އާދަމް މަނިކު ވިދާޅުވީ ނަޝީދު އުފައްދަވައިގެން އުޅޭ ފިކުރެއްގެ ދިރުމުގައި އެއްވެސް އިރެއްގައި ބައިވެރި ނުވާކަމަށާއި ނަޝީދަށް ތާއިދު ކުރީ އެމްޑީޕީގެ ޕްރައިމަރީގައި ކަމަށެވެ.

އާދަމް މަނިކު އިއްޔެ ވަނީ ރައީސް ސޯލިހްގެ ކޮއްކޮ އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް އާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ އާއި ބައްދަލު ކޮށްފައެވެ.

ނަޝީދުގެ ވެރިކަމުގައި މާލޭގެ މޭޔަރުކަން ކުރި އާދަމް މަނިކު ވަނީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމުން ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި އެކު ވެސް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އޭގެފަހުން ސިޔާސީ މައިދާނުން ގެއްލުމަށްފަހު ދެން ފެނުނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުންނެވެ. އެފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ނަމަވެސް އޭނާ އަށް އިންތިހާބު ކާމިޔާބެއް ނުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާމީ

    ރާއްޖެ ވިއްކާލި ގުރޫޕު ކަން ދިވެހިން ގަބޫލުކުރާނެ

    5
    1
  2. އހ

    މީހަކު ފިޔައީޔޭ ކިޔާފަ ވާނެކަމެއް އޮންނާނެތަ، ތިގޮތައްދާނެ މީހުން ތިބޭނެ އެއީ ކުރިން ޑީލް ހަދާފަ ތިބި މީހުން ވަކި ދުވަސް ތަކަށް ބަހާލައިގެން އެމީހުން ބަދަލުވާނީ

  3. އާދަނު

    ބޮޑު ބިމެއްގެ ބަދަލުގައި ހަމަ ރަގަޅު!

    6
    1
  4. އާމިރު އަޙްމަދު

    މާދަންވެސް ވެރިއަކަށް އަންނަ މީހެއްގެ ފަހަތަށް ތި މީހުން އަރާނެ، ރީކޯމެން ވެސް އެއުޅެނީނު، އަދި އުނބަށްޖަހާދުވަސް އަންނާނެ، މަމެން މިތިބީ ކުޅިބަލަން

    8
    1
  5. އއ

    މުސްކުޅިވީމަ ގޭގަ ނޫނީ ކައްވަޅުގަ އޮންނަން ވިސްނަބަލަ!!!

    4
    1
  6. މާމީ

    ހަމަ ބޮލެއް ސަރަގޭ ވިއަސް ސަގަރޭ ވިއަސް ލެވޭނީ 1 ވޯޓު ތި އެއްޗެހީގަ މިހާރު ބާރު ކެނޑިއްޖެ

    6
    1
  7. ބީތާވެދާނެ

    ސަރަނގަ އަކީ ދެކޮޅަށް އެނބުރޭ އެއްޗެއް

    9
    1