ގދ.ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފި އެވެ.

ސެނޮކް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މެއި މަހު 12 އިން 13 އަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްްޓްރީން ބުނީ އާ ފެން ހިންދާ ނިޒާމްއާއެކު ތިނަދޫގައި ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ތިނަދޫގައި ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން (ޕްރައިވެޓް) ލިމިޓެޑްއާ ހަވާލުކުރީ 13 އޮކްޓޫބަރު 2019 ގައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ނެވެ. އެއީ 16.8 މިލިއަން ރުފިޔާ އަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއު މަޝްރޫޢު އަމަލީ މަސައްކަތް ނިންމުމަށް އެއް އަހަރު ކަނޑައަޅާފައި އޮތް ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި އަދި ތައްޔާރުކުރި ޑިޒައިންއަށް ގެންނަންޖެހުނު ބަދަލުތަކާއެކު ނިންމަން ކަނޑައަޅާފައިވާ މުއްދަތައް މަސައްކަތް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކެ ކުރިމަތިވި ކަމަށެވެ.

ނަމަވެސް އެ ހުރަސްތަކާއެކުވެސް، މަސައްކަތް މަޑުނުޖެހި ސަރުކާރުންވަނީ އެ މަސައްކަތް ނިންމިކަން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢޭނަ

    މިސަރުކާރުގެ މަސައްކަތް ހަމަ ސްޕީޑް ސްލޯއީ، އެކަން ދިފާއު ކޮށް ކިތަންމެ ވާހަކައެއް ހަދައިގެން ދެއްކިދާނެ. ސަރުކާރުގައި ދައުލަތެއް ހިންގުމުގެ ގާބިލް ކަމެއް ނެތް.

  2. މިތުރު

    އެއީ ފެންހިންދާ ނިޒާމު؟؟؟ ވެހޭހާ ފެނެއް ކަނޑަށް. ތީ ފެން ބޭރުކުރާ ނިޒާމު