ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އަވަހާރަކޮށްލަން އުޅުނު މައްސަލައިގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ހޯދަން އިއުލާނު ކޮށްފިއެވެ.

މިމަހުގެ ފުރަތަމަ ދުވަހުގެ ފަތިހު ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދިނީ މާލޭގެ ކެފޭއެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި ހުކުރު ވިލޭރޭ ދެމީހަކު ހައްޔަރު ކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ޒަރީރަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެކެވެ. އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.

ޒަރީރަށް ހަމަލާދިނުމުގައި މަރުތޭލެއް ބޭނުންކޮށްފައިވެއެވެ. އެނގިފައިވާ ގޮތުގައި ޒަރީރުގެ ބޮލުގައި މަރުތޭލަކުން ވަނީ ޖަހައިފައެވެ. މި ޒަހަމާ ގުޅިގެން އޭނާ ވަނީ ހޮސްޕިޓަލްގައި ފަރުވާ ވެސް ހޯއްދަވައިފައެވެ.

މި މައްސަލައިގައި ގައްބަރޭ ހޯދަން އިއުލާނު ކޮށްފައި ވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމަށްޓަކައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީހަކު މަރާލާން އުޅުނު ދިވެއްސަކު ހޯދަން އިއުލާނުކޮށްފި

އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުނުްގެ ސީރިއަސްް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙގ

    ކޮބާހޭ ފަހުން މާލޭ ފިހާރަ ތެރޭ މަރާލި މީހާގެ ގާތިލުން.. މި ވާހަކަ ދައްކާނެ ނޫހެއް ނެތީތަ....

    11
    2
  2. ލިމް

    ސިޔާސީމީހަކަށް ހަމަލާދޭ ން އުޅެފި ނަމަ އުމުރަށް ޖަލަށް ކެމެރާއަށްވެސް އަރާ
    އާއްމު ންގެ މީހަކު މަަރައިފި ނަމަ ވިއްސަކަށް މީހު ން މެރިޔަސް ސާބިިތު ނުވެގެ ން ދޫކޮށްލު ން
    އެއްޖި ންސު ން ގުޅު ންހި ންގުމު ން ކެމެރާއަށް އެރިޔަސް ގޭބަ ންދު 01މަސް
    ސުޕާރީޕެކެޓް ނެގުމު ން 06 އަހަރު ޖަލަށް

    10
    1
  3. ރަން ރީނދޫ

    މަގޭ ޕާޓީގެ އިސް މަގާމު ތަކުގައި ހުސް ވަގުންނާއި ޕާޓޭން މި ތިބޭނީ.

    13
  4. ވާހްވާހްވާ

    ކިހިނެއް ތިޔަމީހާ ހޯދާނީ ފުރަތަމަވެސް ތިޔަބުނީ އެމްޑީޕީގެ ގައުމީ މަޖްލިހުގެ މެމްބަރެކޭ

    13
    • ޥަހް

      ގައުމީ މަޖިލީހުން ދައުވަތު ދިން ދުވަހަކު ތިމީހާ އަތުޖެހޭނީ. އެހެންނުން.