ސްޓޫޑެންޓް ލޯނު ސްކީމަށް މި ސަރުކާރުން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ލޯނު އެހީގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ވެސް ކުރިއާ އަޅައި ބަލާއިރު، މިހާރު ވަރަށް ބޮޑުތަން ވަނީ އިތުރުކުރެވިފައި ކަމަށެވެ. "މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ވަނީ ހުޅުވައިލެވިފައި. އެ 6 ފުރުޞަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ވަނީ ލޯނުގެ އެހީ ދެވިފައި. މި ދެންނެވި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިންމައިފި. އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަގެންދޭ. އަދި ބައެއް ދަރިވަރުން މިހާރު ތިބީ ކިޔެވުން ފަށަންވެސް ވެފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރު ހުޅުވައިލި ލޯނުގެ 720 ފުރުޞަތަށްވެސް 1507 ދަރިވަރުން ކުރިމަތިލި ކަމަށާއި މިހާރު ކުރިއަށް އެދަނީ އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަރުޙަލާ ކަމަށެވެ.

"ސްޓޫޑެންޓް ލޯނު ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ. އަޅުގަނޑު ދެކޭގޮތުގައި، ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ، ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން. އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް. އަދި އޭގެ ހެޔޮ ނަތީޖާ، އެތައް އަހަރަކަށް ލިބެމުންދާނެ، ވަރަށް އަގުހުރި މަސައްކަތެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށް ވުރެ މަތީ ނިސްބަތަކީ ޒުވާނުން ކަމަށާއި އެއީ ޤައުމުގެ ތަރައްޤީގެ ހުންގާނު ހިފަން ތިބި މީހުން ކަމަށެވެ. އެހެންކަމުން ތަޢުލީމީ ދާއިރާއިން މި ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިކަމުގައިވެސް އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުތައް އަޅަމުން މިދަނީ މިންތީގެ ހަމަހަމަކަމާއެކު. މިރޭ ސްކޮލަރޝިޕް ޙާޞިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް." ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މަގުގައި މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބަށް ބަލާއިރު، އަންހެން ފިރިހެން ތަފާތުނުކޮށް، ހުރިހާ ދަރިންނަށް، ހުރިހާ ޒުވާނުންނަށް، މަތީ ތަޢުލީމާއި ތަމްރީނު ދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަމުގެ ސަބަބަކީ، ޙަޤީޤީ ތަރައްޤީއަކީ ތަޢުލީމުގެ ކާނާއިން އިންސާނާގެ ސިކުނޑީގައި ހެދި ބޮޑުވެ، މުޅި މުޖުތަމަޢަށް އޭގެ ހިޔާ ފަތުރައިދޭ އެއްޗަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޯރާޑި

    އެއީ ކަލޭ ޖީބުންތަ؟

  2. މާމީ

    ކަލޭ ދަތުރު ތަކައް ޚަރަދު ކުރިވަރު ބުނެލިނަމަ ތިއައް ވުރެ ރަނގަޅުވާނެ

  3. ައަބްނާ

    2000 ދަރިވަރުންނަށް ކޮންމެދަރިވަރަކަށް ވަކިވަކިން ފައިސާދިނުމުގެ ބަދަލްގައި ކޮލެޖްތަކުގައި ހިލޭ ކިޔެވޭގޮތަށް ހެދީމަ މާހަރަދުކުޑަވާނެ އޭރުންމުސާރަ ދޭންޖިހޭނީ އެތަނުގައި އުޅޭ 10 ނުވަތަ 20 ޓީޗަރުންގެ މުސާރަ

  4. އަލީ

    އަހަރުމެންގެ ދަރިން މިފައިސާ އަނބުރާ ދައްކާނެ . ސަރުކާރުން ހިލޭ މަތީ ތައުލީމް ކިޔަވަން ފޮނުވާ ފައިވަނީ ސިޔާސީ މީހުންގެ އާއިލާގެ މެންބަރުން އަދި ޒަކާތު ފަންޑުންވެސް ގިނައިން ދީފައިވަނީ .

  5. ޑައެލޯގް

    ތިޔައީ އިގްތިޞާދަށް ބެލުމެތްނެތި ވޯޓަށްކުރާކަންކަމެވެ. ރައްޔިތުންނަށް ހުރިހާކަމެއްވެސް ކޮށްދެންވީއެވެ. ނަމަވެސް ނެތްފައިސާއިން ކުރަންވީމަ ވާގޮތަކީ އަނެއްދިމާލުން ރައްޔިތުން ފެލަނީއެވެ. ވެންމަސް ވެނަށްކާން ދެނީއެވެ. މިއަދު އަހަރެން ހޮޓަލަކުން 2 ވައްތަރުގެ ރިހައަކާއި ރޮށިގަތީމެވެ. 3 ކޮތަޅަށް 6 ރުފިޔާދިޔައެވެ. ބާޒާރުކުރަން ކޮންމެދުވަހަކު 20 ރުފިޔާ ކޮތަޅަށްހޭދަވެއެވެ.

  6. ނިކަމެތި އަޅާ

    މަނިކްފާނު ރާއްޖެއިންބޭރަށް ގޮސް ނާޗަރަންގީ ކުޅެފަ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކޮއްފަނޫންތޯ ތި ދުރުވަނީ

    1
    1
  7. އަބްދޫ

    މާމޮޅުކަެއް ކުރެވުނީކަމަށް ވާހަކަ ނުދައްކަވާ. 2008 ގަ އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން މަތީތައުލީމު އުގެނޭ ދަރިވަރުންނަށް ހިލޭ ކިޔަވައިދިނުމާއި އެކު ޕޮކެޓް މަނީވެސް ދިޔައީ ދެމުން.ޕޮކެޓްމަނީ ރާއްޖޭގައާއި ރާއްޖޭން ބޭރުގަ ކިޔަވާ ދަރިވަރުންނަށް ވެސް ދިޔައީ ދެމުން އެމްޑީޕީ ގެ ފުރަތަމަ ވެރިކަމުގަ ގައުމު ބަގުރޫޓް ކޮށް ފައިސާ ދެވެން ނެތިގެން ހިލޭ މަތީތައުލީމް ދިނުމާއި ޕޮކެޓް މަނީ ދިނުންވެސް ހުއްޓާލީ .މިސަރުކާރަށް މިއި ދަިވެހިގައުމުގެ ފަގީރު ރައްޔިތުންނަށް މޮޅުކަމެއް ކޮށްދެވުނީކީ ނޫން. އެމްޑީޕީ އަކީ ގައުމުގެ ހަލާކު.

  8. ކިނބޫރައީސް

    ކަލަގޮވަނީތަ އިބޫ..
    ތިކިޔަނީ ހިލޭ އެއްޗެއް ދިންވާހަކައެއް ނުނޭ!
    ލޯނުދިނީކީ އެއް ނޫން.. ފައިސާއަށް ފައިސާ ފައިދާ ލާފައި ވިއްކީ..

  9. މުރާނާއަ

    ކަލޯ ކައުންސިލުތަކާ ސިވިލް ސަރވަންޓްސް ތިބީ ރަޔަށްއަރާފަ ކަލޯ އެއްބަޔަކަށް (މިހާރުވެސް އިންތިހާއަށް މުސާރަ ބޮޑު މީހުންނަށް) މުސާރަ ދެގުނަ ބޮޑު ކޮށްދީފަ މުސާރަކުޑަ ރާއްޖެތެރެ 4 ގިންތިވަނަ ގަބުޅި ސިވިލް ސަރވަންޓުން ބަނޑަށް ޖައްސަން ތިކުރާ މަސައްކަތާ ހުރެ . އިންތިހާއަށް އިންތިޚާބުން ވޯޓު ލިބޭނެ. އިންތިހާބަށް ވޯޓަށް ފަސްމިނިޓަށް ވީމަ މުސާރަ ޔާ ކުޅުނަސް ރައްޔިތުން ބަލައެއް ނުގަންނާނެ. ފޭކޮމިސަން 5 ވޯޓު ލިބުނަސް ސާބަސް

  10. ޜައްޔިތުމީހާ

    ހުރިހާކަމެއް ކުރަމުމްދަނީ ބަޖެޓުން ޓެކްސްފައިސާއިން އަމިއްލަ ޖީބަކުންނޫން ރައްޔިތުންނައ ކަންކަންކޮއްދިނުމަކީ ސަރުކާރުގެޒިންމާއެްް