ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީން ވަކިކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ފިކުރެއްގެ ދިރުން ފެކްޝަންގެ މެންބަރުންގެ މައްސަލަތައް އެމްޑީޕީން ބަލަން ފަށައި އަދި އެފެކްޝަންގައި ހިމެނޭ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވަނިކޮށެވެ.

ދެންމެ ނަޝީދުގެ ނުރަސްމީ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ދާއިރާ ރައީސުން ނިކުމެ އެމްޑީޕީ ކެންޑިޑޭޓް ކަޓުވާލައި އެހެން މީސް މީހުން މަޖިލީހަށް ހޮވި މައްސަލަ ނުބަލައި، ފިޔަވަޅު އަޅާ ކޮމެޓީން މިހާރު އެބަލާ މައްސަލަތައް ބެލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ. "ޕާޓީން ވަކިކުރަން ޖެހޭނީ ރައީސް ސޯލިހް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ފެކްޝަންގެ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އަޅަން އުޅެނީ އަސާސީ ގަވާއިދާއި ޕާޓީގެ އޮންނަ އިޖުރާއާތުތަކާ ވެސް މުޅިން ޚިލާފަށް ކަމަށާއި މިއީ ވަރަށް ދެރަކޮށް ހިންގާ އަމަލުތަކެއް ކަމަށް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކަކާ މެދު ފިޔަވަޅު އަޅާނެ ކަަމަށް ބުނަމުންދާތީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެކަން އޮޅުންފިލުއްވި ކަމަށެވެ. ޕާޓީގެ ކަންކަން ހިނގަން ލިޔެވި އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން އެއްވެސް ކަމެއް ކުރިއަށް ނުދާކަން އަދި ނައިބު ރައީސަށް ވެސް އަންގާފައި ނުވާ ކަން އެނގިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި މެންބަރުންނަށް ފިޔަވަޅު އަޅަން ކޮމެޓީ ބާއްވަމުން ދަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް ވެސް އެނގިވަޑައިނުގެން "ވަގަށެވެ." ޝިފާޒަކީ ފިޔަވަޅު އަޅާ ކޮމެޓީގެ މުގައްރިރެވެ. ނަމަވެސް އެކޮމެޓީ ބާއްވާކަން ވެސް، ކޮމެޓީއަށް މައްސަލައެއް ހުށަހެޅުނު ކަން ވެސް ޝިފާޒަށް އަންގާފައި ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އިބްރާހީމް

    ތިކަމުންވެސް އެނގެނީ ރައީސް މުޙައްމަދު ނަޝީދު އަކީ ޤައުމެއް ހިންގުމަށް އެކަށޭނެ ބޭފުޅެއް ނޫންކަން.....ސަބަބަކީ ހަމަޔާއި، އިންސާފަކީ ކޮބައިކަން ނޭނގޭތީ. ޚުދުމުޚުތާރުކޮށް، ގަދަބާރުން ކަންކަން ކުރަން އުޅޭކަން މިހާރު ދެން ރައްޔިތު އެންމެންނަށް އެނގޭ.

    9
    6
  2. މާމީ

    ތިކަން ލަސްވެސް ވެއްޖެ ހުރިހާ ނޫސްވެރިން ނައް ސަރުކާރުގެ ތަންތަނުން ހަރަދު ކޮއްގެން އިންޑިއާ އިންޑިޢާ ގެ ހުރިހާކަމެއް ކޮއް 2000 އަންޑިއާ ސިފައިން ބައިތިއްބާކައް އިބުރާ ހީމާ ނުޖެހޭނެ

    9
    6
  3. ސީނު

    ބޭރުކުރަންވީ ނަޝީދު. ރައްޔިތުންނަށް ފުދިއްޖެ. ނަޝީދުގެ އުނދަގުލަށް ދެން ކެތް ނުކުރެވޭނެ

    8
    5
  4. މ

    ކަލޭގެ ބަލާވެރިކަމުން ޕާޓިސަލާމަތް ކުރަންވީ

    7
    3
  5. ޖުއްބާ

    ތި ކެނެރީގޭ ސޮރުންތަކައް ކުޅެލަން މިކެރެނީ އަލްހާނު ފަހުމީ، ދަތް ޑީޑީ ކަހަލަ ބީރައްޓެހިންނާ. ކޮތަޅު ސޯލިހުމެންނާ ކުޅެލާކައް ނުކެރޭ. ދުރުގަ ހުރެގެން ވައްވައްލައްވާފަ، ދިމާވީމަ ސަލާންކުރަނީ.

    10
    2
  6. ތެފައާސާ.

    ހިތުން މަންޑޭލާ. ކަމުން މުގާބޭ. ބަލަ މަނިކުފާނު ބޭނުންމީހަކު ބޭނުންއިރަކު ސައްޕެއްޖަހައި ޕާޓީން ބޭރުކޮށްލައިގެން އުޅުނު ޒަމާން މާޒީވެ ގޮސްފިއޭ.

    10
    3
  7. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އެމް.ޑީ.ޕީ އޭ ކިޔައިގެން އެހެން ޕާޓީ ތަކުން އައި (ރޮޒައިނާ މެން-ފަދަ) މީހުން ސޯލިޙް ގާތް ކޮށްގެން އުޅޭ އުޅުން މުޅިން ގޯސް. އެމް.ޑީ.ޕީ އޭ ކިޔައިގެން އެމް.އެމް.ޕީ.އާރް.ސީ ގެ ހުރިހާ ވަގުން ގެ އިނގިލީ ގައި ހިފައިގެން އިބޫ އުޅޭ އުޅުން މުޅިން ގޯސް. ސޯލިޙް ގެ ނިމުން އަންނާނީ ވަރަށް ގޯސް ކޮށް. އެންމެން ނަށް މަކަރު ހަދައިގެން އަބަދަކު ނޫޅެވޭނެ!

    12
    3
  8. ނޫސްކިޔާމީހާ

    ޕިސްޕިސް. ހީވޭ ކަމެއްހެން. ވެރިކަމާހެދި މޮޔަވަނީ.

    10
    1
  9. މޯގެރޯ

    ސާބަހޭ!! ދެގެރި ތަޅާތަން ބަލަން އިންނާނެ މޯގެރި އިންޑިޔާގަ! މި ބައިގަނޑު ލަދުވެސް ނުގަންނާތީ އަހަރެން ހައިރާންވަނީ!

    12
    2
  10. މަޑުއްވަރި އައްޔަބޭ

    ދެން ދެމީހުން ވަކިވިއްޔާ އެންމެ ރަގަޅުވާނީ ، ނަސީދު އަދާލަތު ޕާޓީއަށް ، އިބޫ މައުމޫނު ޕާޓީއަށް .

    13
    2
  11. އާދަނާ

    ތިޔައެމްޑީޕީވެސް މިގައުމުން ނައްތަލަންޖެހޭ! މުޅިގައުމު ހަލާކުކޮށްނިންމައިފި! ވައްކަމާއި ފަސާދައާއި އެއްޖިންސުން ގުޅުންހިންގުމާއި ޒިނޭކުރުމާއި މިހެންގޮސްކިޔާނެކަމެއްނެތް، މިބައިގަނޑުމިގައުމުން ބޭރުކުރަންވީ!

    7
    3
  12. ނޯރާ

    ޝިފާޒު ގޮސް ބަވާލަބަަލަ އެކޮމިޓީގެ މެމްބަރުންނައް😂

    11
    2
  13. ދެވެރިން

    ތިޔަ ދެމީހުންވެސް ޕާޓީން އެކަންޏެއްނޫން ވެރިކަމުންވެސް
    ވަކިކުރަންއެބަހެހޭ

    12
    2
  14. 😡😡😡

    ޜައީސްކަމުން ވަކުކޮށް ޖަލައްލާ

  15. ޒަމީރު

    މޯޑިސް ޑިސްޓުރަކްޝަން ޕާޓީއޭ ކިޔަނީ ސަބަބުތަކެއް ހުރެގެންނޭ އިނގޭތޯ.

  16. Anonymous

    ދެން ތިޕާޓީވެސް ޖާބެ އަށްވިއްކާލާ....ހެހެހެހެ

  17. ކަރަން

    ނަޝީދު އެބުނަނީ ހަމަ ރަގަޅަށް، އެތަކެއް ބަޔަކު ވެގެން އުފެއްދި ޕާޓީ ވެއްޔާއި މޮޑެފި