އދ. ދިގުރަށު ބަނދަރުގެ މަސައްކަތައް ބޭނުންވާ ކްންކްރީޓް ގަލުގެ ފިރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއން ބުނީ ދިގުރަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.

ދިގުރަށުގެ ބަނދަރު ތަރައްގީކުރެވި ފުރިހަމަކުރުމުގެ މަގްސަދަކީ އިގްތިސާދީގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ދިގުރަށުގެ ރައްޔިތުންނަށް ލިބިގެންދިޔުންކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 416,64 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 770,6 މީޓަރުގެ ނެރު ފުންކުރުމާއި، 294 މީޓަރު އެއްގަމު ތޮށި އަދި 287 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، މޫރިންގ ބޮއެ ހަރުކުރުމާއި، 324,2 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 58.367,025,53 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 570 ދުވަސް ތެރޭގައިކަމަށް އެމްޓީސީސީން ބުންޏެވެ.