ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކި ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވެއްދުމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕުގައި ނަޝީދާއި އެ ޕާޓީގެ މެމްބަރުންތަކެއް ވަނީ ހޫނު ބަހުސެއްގެ ތެރެއިންނެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކި ކުރަން މައްސަލަ މިއަދު ވެއްދުމާއި ގުޅިގެން އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ނިސްބަތް ކުރައްވާ "ތިޔަ ކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ." ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އެ ރައްދަށް ޖަވާބު ދެއްވަމުން ނިޔާޒު ވަނީ އެއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް މިވަގުތު އެ ނިންމުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ނިޔާޒު އެފަދައިން ވިދާޅުވުމުން ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަށް ވެރިކަން ގެއްލުމުން ނިޔާޒުގެ އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފާނު ކަމަށެވެ.

އެ ގްރޫޕުގައި ނަޝީދު ވަނީ ހަ ވަރަކަށް މެމްބަރުން ރައީސް ސޯލިހަށް ބިރު ދައްކައިގެން ކަންކަން ކުރަމުންދާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރައްވާފައެވެ. އެއާއި އެކީ ގްރޫޕުގެ ބައެއް މެމްބަރުން ރުޅި ގަދަވެ ވަނީ ނަޝީދު މޮޔަވެއްޖެ ކަމަށާއި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ދުރު ކުރަން ޖެހޭ ކަމަށް ގޮވާލާފައެވެ.

އެއާއި އެކީ އެފަދައިން ވިދާޅުވި މެމްބަރުންނަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އެއްލޯޖޯބެ

    ގަދަބަސް ބުނާ ކަލޭގެއަކަށް ދުވަހަކުވެސް ނުވިސްނޭނެ

    5
    1
  2. އަންނި އައުޓް

    ގިރިއަށް ވަގިވެރިވާ އަދި ލާދީނީ ކަލޭގެ ސައިޒުކުރަން ޕޕ މެމްބަރުންނަށް މިއޮތީ ފުރުސަތު ލިބިފަ، ...ނިކަން ހިތްވަރެއްހުރިއްޔާ ގައުމަށްޓަކާ، ދީނަންޓަކާ ކަލޭމެންގެ ހުރި ފަންވަރު ދައްކާލާތި...އަންނި އައުޓް...އަންނި އައުޓް

    7
    2
  3. ހުސޭނުބޭ

    މަޖިލީހުގެ ރައީސްކަން ހިމެނެނީ އާއިލީ ތަރިކަ މުދަލުގެ ތެރޭގައި ދޮގެއްތޯ!

  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ތާރީޙަށް ބަލާލަމާ ހިނގާށެވެ. އިބޫ ތާޢީދު ކުރީ ޕާޓީ ތައް ވަކިކަކިން މެންބަރު ކަމަށް ކުރިމަތިލާށެވެ. ނަމަވެސް އިބޫ ބުނިގޮތަށް ކަންތައް ނުވެ، އެމް.ޑީ.ޕީ 65 މެންބަރުން ނަގާ މެޖޯރިޓީ ހޯދިއެވެ. ދެން ނެރުނީ އެމް.އެމް.ޕީ.އާރް.ސީ ގެ ލިސްޓެވެ. އިބޫ އެމް.އެމް.ޕީ.އާރް.ސީ ގެ މައްސަލާ ޤަސްތުގައި ނުބަލާ، ހުރިހާ ވަގުން ގޮވައިގެން "އިބޫ ގެ ވަގުންގެ ފަޅި" ހެދި އެވެ. ވީމާ އިބޫ އަކީ ރާއްޖޭގެ ކުދި ބޮޑު ހުރިހާ ވަގުންގެ "ޗެއަރމަން" އެވެ. "ޗޯރު ޕަކްޅާ ގަޔާ" ވާނެ ދުވަސް އެބަޖެހެއެވެ. ޗޯރު ހިފާނެއެވެ!

  5. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ތާރީޙަށް ބަލާލަމާ ހިނގާށެވެ. އިބޫ ތާޢީދު ކުރީ ޕާޓީ ތައް ވަކިކަކިން މެންބަރު ކަމަށް ކުރިމަތިލާށެވެ. ނަމަވެސް އިބޫ ބުނިގޮތަށް ކަންތައް ނުވެ، އެމް.ޑީ.ޕީ 65 މެންބަރުން ނަގާ މެޖޯރިޓީ ހޯދިއެވެ. ދެން ނެރުނީ އެމް.އެމް.ޕީ.އާރް.ސީ ގެ ލިސްޓެވެ. އިބޫ އެމް.އެމް.ޕީ.އާރް.ސީ ގެ މައްސަލާ ޤަސްތުގައި ނުބަލާ، ހުރިހާ ވަގުން ގޮވައިގެން "އިބޫ ގެ ވަގުންގެ ފަޅި" ހެދި އެވެ. ވީމާ އިބޫ އަކީ ރާއްޖޭގެ ކުދި ބޮޑު ހުރިހާ
    ވަގުންގެ "ޗެއަރމަން" އެވެ. "ޗޯރު ޕަކްޅާ ގަޔާ" ވާނެ ދުވަސް އެބަޖެހެއެވެ. ޗޯރު ހިފާނެއެވެ!

    3
    2
  6. އިބްރާހިމް

    ނަޝީދަށް ލިއުއްވާފައިވާ އެއްޗެއް މަޖިލިސް ރައީސްކަމަކީ މިދައުރުގައި. ވަކިނުކުރެވޭނެ.

    4
    1
  7. ޛާ

    މީނާ މިހާރު ބޭރުކުރޭ. ވަގްތުން ވަގްތަށް

    4
    2
  8. މުހައްމަދު އަހްމަދު

    އަންނި ވެސް ވަކިކުރަންވީ. އަންނި ރިޔާސީ އިންތިޚާބަށް މިފަހަރު ކުރިމައްޗެއް ނުލާނެ. ސަބަބަކީ އޭނާ ބަލިވާނެތީ. އަދުގެ ސިޔާސީ ޙަޤީޤަތަށް ބަލާއިރު، އަންނިއަށް ލިބޭނީ ޕީޕީއެމާއި އިބޫގެ ފަހަތުން 3 ވަނަ ނުވަތަ 4 ވަނަ. އޭރުން ޕްރައިމަރީއާ ބެހޭ ގޮތުން ދެއްކި ވާހަކަ ދެކޮޅު ނުޖެއްސޭނެ. އަންނި ޕާޓީ އަމްރު ނުކުތުން އެކަށީގެންވޭ. އަންނި ބޭނުންވާނީ 2 ވަނަ ބުރަށްދާ ބައެއްގެ ފަހަތަށް އަރައި އިބޫ ބަލިކޮށް އެމްޑީޕީއަށް ވެރިވެގަތުން.

  9. Anonymous

    ނަޝީދު ޑިމޮކްރަސީ ހެދިން ކަމުން ރަސްކަން ބޭފުޅުކަން !

  10. ގޯގޯ

    ނަޝީދު ޕާޓީގެ މައްޗައް އަތްގަދަކޮށްގެން ހުރުން ނިމުމަކަށް ގެންނަން ޖެހޭ. އެއީ ކެނެރީގޭ ޕާޓީއެއްނޫން

    6
    2
  11. ޔާމީން2023

    ވަކިކުރެވޭނެ އިންސާﷲ މުހައްމަދު ނަޝީދު މިގައުމު ހަލާކުކުރުމަށް ފުރުސަތުނުދޭނަން އިންސާﷲ މުހައްމަދު ނަޝީދުގެ ޑުރާމާއަށް ނުހެލޭނަން އިންސާﷲ

    29
    6
  12. ހޮއްކޮބެ

    އޭކީއްވެ ގާނޫނަށް ވުރެ މަތީގައި އެކަކައްވެސް ނުހުރެވޭނެ

    28
    4
    • ކުމްކުމް

      ދެން "ރީ" އެބުނަނީ ގޮންޖަހާލާފަ، ވަކި ނުކުރެވޭނޭ.....

      2
      2
  13. ދޮންސޮރު

    ކަލޯގެ ބާރު ވެސް ތިކެނޑެނީ

    27
    4
  14. ގަންޖާބޭރި

    މިބީތާގެ އަމާބަފާ އެއީ މަޖިލިސްކުރާގެތަ؟

    25
    4
  15. ބަޑަންޑޫ

    އެކީއްވެ ވަކިނުކުރެވެންވީ ތީމާމަތިން ފައިބާހުރިމީހެއްތަ ހުރިހާވެސް މައްސަލައަކީތީއޭ އަމިއްލައަށް ތިކަހަލަ ފާޑުފާޑުގެ ހީވުންތައް ހީވުން

    26
    2
  16. ގެރި

    ކަލޭ ވަކިކޮށްލެވޭނެ. ކަލޭތީ ފިޑިއެއް

    21
    3
  17. މުބީނު މާރނީ.

    މަޖާ ވާނެ ވަކިކޮށްފިއްޔާ. ކިނބޫ ގެ ހަތަރު ގަނޑު ފޮޓޯ ފެއްނާނެ. ޕަކާސް......😅🤣

    20
    3
  18. ފޯތީ

    ފޮޓޯއަކަށް ބިރެއް ނުގަންނާނެ..މިފަހަރު ތި ފޮޓޯ ގުރުބާން ކޮށްގެންވެސް ތި ބަލާވެރިކަމުން މި ގައުމު ސަލާމަތް ކުރުމަށް މަޖިލީހުން ބޭރު ކުރާނެ..

  19. ޑިމޮކްރެޓްސްގެ އަސްލު

    ޑިމޮކްރެސީގެ ބައްޕައަށް ވުރެ މަތީގައި ޑިމޮކްރެސީ އަކަށްވެސް ބަސް ނުބުނެވޭނެ ދޯ؟ ދެ އަނގައިން ވާހަކަ ދެއްކޭ ދޮގުވެރިން ފަހަތުގައި ވެސް އެހައި ބައިބޯ ޒަމާނެއް!

  20. ލަތީފް

    ދުނިޔެ އިން މިފެންނަނީ ހާދަ ޢިބްރަތްތެރި ފިލާވަޅު ތަކެކެވެ. ތިމާއަށް ހިތަކަށް މި ރާއްޖެ ލިބިފައި އޮތްކަމަށް އަންނި ދެކެމުން ދިޔަ ދުވަސްވަރެއް އައެވެ. ދޮގާ މަކަރުވެރިކަމުން ހިތަށް އެރި ގޮތަކަށް އުޅެމުންވެސް ދިޔައެވެ. ވިސްނާލާށެވެ. ބޮޑުވަޒީރަށް ވާން އުޅުނެވެ. އެކަން ދިޔައީ ޗޮކުންނެވެ. ޕާރޓީތެރެން ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފޫގަޅާލައިގެން އުޅުނެވެ. ދިޔައީ ޗޮކުންނެވެ. ޕުރައިމަރީގައި ތިމަންނަ މިހިރީ ހޮވިފައޭ އިތުރު ވިސްނުމަކަށް ނުވިސްނަމޭ ބުނެ ފޮނިކެޑިއެވެ. ޕްރައިމަރީން ބަލިވީމާ އެއްކަލަ ޑިމޮކްރަސީ ޗޮކުން ދިޔައީއެވެ. ދުނިޔޭގައި ހުރެ މިހާ ހިތްދަތި ވާން ޖެހުމުން ވިސްނާލަން ނުޖެހޭހެއްޔެވެ. ކޮއްކޮ ލިވާތު ކޮށްގެން ޙުކުމްކޮށްފިއެވެ. އީވާ ނައިބުރައީސް ކަމުން ވަކި ކުރަނީއެވެ. ޚުދު ތިމާވެސް ވަކިކުރުމުގެ މަގުމަތީގައެވެ. ޢިބުރަތެއް ލިބިގަންނާށެވެ

  21. ތަޑު

    ފެނޭތަ؟ ވިސްނޭތަ؟ ނަޝީދު އަމިއްލަ ޕާޓީއެއް ހެދީޔޯ. އެކަމަކު އަދިވެސް މޑޕ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ޕޭޖުގަ އިނީ.

    ދެބޯގެރި ދުއްވަނީޔޭ. ރައްޔިތުން މޮޔަހައްދަނީޔޭ. ދެ ޕާޓީއަކީ ވެސް އެކައްޗެކޭ. މިހާރު ރައީސަކީވެސް، މަޖިލީހަކީވެސް، ސުޕްރީމްކޯޓަކީވެސް، އަދި އިދިކޮޅު ޕާޓީއަކީ ވެސް މޑޕ.

    ސީދާ ޑިކްޓޭޓާރުޝިޕެއް މޑޕ އަކީ

  22. ދޮންއަބުދުއްރަހްމާން

    ތިއީ އެއަށްވުރެ މަގާމާއި ، ޖާހަތާއި ، އިއްޒަތް ބޭނުންވާ މީހެއް. ހުރިހާ ކަމެއްވެސް ދެއްކުންތެރިކަން އިސްކުރާ މީހެއް. ތިހުރިހާ ސަކަރާތެއް ތިޖަހަނީ ވެރިކަން ދިދާއު ކުރުމަށް. ދިވެހި ރައްޔިތުން ވިސްނާތި.. މިއީ ކުޅޭ ގޭމް ގަނޑެއް. މިއީ ސިޔާސީ ސްޓަންޓެއް .. މިމީހުމްގެ ތެރޭގައި ހަމަ އެއްވެސް މައްސަލައެއް ނެތް.. ރައްޔިތުންނަށް ދައްކާ ދަޅަ މީ.. މިއީ ހަމަ ކެރަފާ/ ސިއްކަ އާއިލާ ތެރޭގައި ވެރިކަން ހިފެހެއްޓުމަށް ގުޅިގެން ކުރާ ކަމެއް. ރައްޔިތުން ހޭލާ ތިބޭތި..

  23. Anonymous

    ރައީސުކަމުން އިސްތިއުފާދިން ބޭފުޅަކު ވަކިކުރަން މާފަސޭހަވާނެ ނުންތޯ !

    5
    1
  24. Anonymous

    ނަޝީދު އިގިރިސޭވިލާތުން ގެނައި ޑިމޮކްރަސީ މިވަނީ ބޮޑުތަނުން ފެއިލް ވެއްޖެ، ދިވެހިރާއްޖެ ހިގާނީ ދިވެހިން ބޭނުން ގޮތަކަށް ބަޔަކު އެދޭހާގޮތަކަށް ނުހުގާނެ، ނަޝީދު ރަގަޅުވާނެ ޗާގޯސް ރަށްތަށް ހޯދައިގެ އެތާގައި އެމީހުން ލައިގެ ޑިމޮކްރޭޓް ހިންގަން ރަގަޅުވާނެ އެތާގައި !

  25. އަލީ ވަސީފު

    ކަލޭގެ ތަރި މިރާއްޖޭގެ އުޑުމަތިން އޮއްސިއްޖެތާ ކިތައްމެ ދުވަހެއް.ދެނެއް ކަލެއަކަށް މިގައުމުގެ ވެރިކަމަކަށް ނާދެވޭނެ. މިކަމަށް އަހަރުމެން ދުއާކުރާނަން ކެޑިނޭޅި

    4
    1
  26. ޑައެލޯގް

    އަންނިއެބުނީ ތެދެކެވެ. ސަބަބު އިބޫއަތުގައި ވަކިކުރެވޭވަރަށް މެންބަރުން އެބަތިއްބެވެ. ނަމަވެސް ވަކިކުރީމަ ނަތީޖާއަކަށްވާނީ އެމްޑިޕީގެ އާންމު މެންބަރުންގެ ތާއިދު ގެއްލޭނެއެވެ. އެހެންވެ އިބޫއަށް ވަކިކުރަންނުކެރޭނީއެވެ. އެއީ އިބޫގެ ރަގަޅުކަމަކުންނޫނެވެ. މަޖުބޫރީއެވެ.

    3
    4
    • ގަންޖާބޯ

      އެމްޑީޕީ ގައި ތިބި ތި އައްނިއަށް ތާއީދުކުރާ ލާދީނީ އެއްމެން އެތިބީ އެމްޑީޕީ އިންވަކިވެ އޭނާހަދާ ކްރޮސްޕާޓީ އަށް ގަންޖާބޯ ވައްނަންތައްޔާރަށެވެ. އެމީހުން އެމްޑީޕީގެ ދަފުތަރުގައި ތިއްބަސް ހިސާބުޖަހާއިރު އިބޫއަކަށް އެމީހުން ނުގުނައެވެ. އެހެންވީމާ ތި އައްނި މަޖިލީހުގެ ރައީސްކަމުން ވަކިކުރިއަސްވެސް އިބޫއަކަށް ވަކި އިތުރަކަށް ވާނެ ގެއްލުމެއްނެތެވެ.

  27. ރޮކެޓް

    ވަގްތުން ވަގްތައް ރ ނަޝީދު ބޭރުކުރޭ. ރ ނަޝީދު ބޭރުކުރިއަސް ޕާޓީއަށް ލިބޭނެ ގެއްލުމެއްނެތް. ބޭރުނުކޮށް ހުންނަ ކޮންމެ ދުވަހަކީ ލިބޭނެ ނުހަނު ބޮޑު ދެރައެއް.

  28. އަލަމްގިރިގެކޮއްކޮ

    ކާކުއުޅެނީ ކަލޭ ވަކިކުރަން، ވަކިކުރަންޖެހިއްޖެއްޔާ ކަލޭވެސް ހަމަ ވަކިކުރެވޭނެ، އެކަމަކު އަބަދު މިކިއަނީ ކަލޭ ހަދާނެއެއްޗެއް ހަދަން ކަލޭގެ މުއްދަތުހަމަވަންދެން ހަމަ ބަހައްޓާނީއޭ، ކަލޭ ކިތައްމެ ދުއްޕުރާންކޮށް ސަރުކާރު ހިންގަން ހުރަސްއެޅިއަސްވެސް ރައްޔިތުންނަށް ދޭންވާ ޚިދުމަތެއްވިއްޔާ ބަރާބަރަށް މިސަރުކާރުންދާނީ ދެމެން، ކުރީފަހަރު މިޤައުމުގެ ވެރިކަން ރައްޔިތުން ޙަވާލުކުރީމަ އިސްތިއުފާދީފަ ގެންގުޅޭކުދިންކޮޅަށް އެންގީ ރާއްޖޭގެ ހުރިހާ ކޯޓުތައް ހުޅުޖެހުމަށާއި ތަޅާނެ ކުދިންކޮޅެއް ހޯދާއިގެން ޤައުމުގައި ލޭއޮހޮރުވުމަށެވެ. ދެން މިރާއްޖޭގެ ވެރިކަން ރައްޔިތުން ކަލޭއާއި ޙަވާލުކޮށްފިއްޔާ ކަލޭ ގެންގުޅޭކުދިންކޮޅަށް އަންގާނީ މިސްކިތްތައް ހުޅުޖަހާފައި އެއިން ކޮއްމެތަނެއްގައި އިނގިރޭސިވިލާތުގެ ހުންނަކަހަލަ ފައްޅި އަޅަންކަމަށްވެސް ވެދާނެއެވެ. އަދި އެމީހަކު އުޅެން ބޭނުންވާގޮތަކަށް އުޅެން ހުއްދަކޮށް އެއްޖިއްސުން ކައިވެނި ކުރަން ހުއްދަކުރުންވެސް އެކަށީގެންވެއެވެ.

  29. Anonymous

    ތީ އަޖައިބެއް. އީވާ ވަކި ކުރެވަނީ ނަމަ ނަޝީދުވެސް ވަކިކުރެވޭނެ.

  30. ހައްގު

    ތިބޭފުޅާއަށް ތާއީދު ކުރަނީ ހަމަޔެއް ލަމަޔެއް ނެތް، ޕާޓީކުރުމުގެ ވިސްނުން ހުންނަ މީހުން. މިހާރު ގަބޫލް ކުރަން 7 ފެބް އެއީ ގެންނަން ޖެހޭ އެއްޗެއްކަން. ތިބޭފުޅާ ގާރޫނަށް ނުވާތި. ތިކާ ކާއެތި ކޮޅު ބޭރުކޮށްލުމުގެވެސް އަމިއްލަ ބާރު ލިބިފައިނުވާ މިއިންސާނާގެ ނިކަމެތިކަމާއެވެ.