ސިފައިންގެ އަދުލުގެ ނިޒާމްގެ ތެރެއިން ރެކޯޑަށް ނާރާ ގޮތަށް 57 ސިފައިންނަށް ނަސޭހަތް ދީފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެޖުޓަންޓް ޖެނަރަލް ކޯގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ވަކި ފަރާތަކަށް ފެންނަގޮތަކީ ޢަދުލު ކަމުގައި ދެކިގެން އުޅުމުގެ ބަދަލުގައި، ރޭވި ތަރުތީބު ކުރެވިފައިވާ އަސްކަރީ އަދުލުގެ ނިޒާމެއް މިހާރު ތައާރަފްކޮށްފައިވާ ކަމަށެވެ.

އަދި އެ ނިޒާމްގެ އެންމެ ބޮޑު ބޭނުމަކީ މައްސަލަ ރައްދުވާ ފަރާތަށް އޭނާގެ ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމާއެކު އެ ނިންމުން ރަނގަޅުކަމަށް ގަބޫލު ނުކުރެވޭނަމަ، އިސްތިއުނާފް ވެސް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

"ކުރިއާ ހިލާފަށް މިހާރު މައްސަލައެއް ތަހުގީގަށް ރަޖިސްޓަރީކޮށް ކުރިއަށް ގެންދާ ހިސާބުން ފެށިގެން، ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށް އުސޫލާ އެއްގޮތަށް ގާނޫނީ އެހީތެރިކަން ލިބިގަތުމުގެ ފުރުސަތު މިހާރު ފަހިކޮށް ދެވޭ. ތުހުމަތު ކުރެވޭ ފަރާތަށް، އެމީހެއްގެ މައްޗަށް ކުރެވެނީ ކޮން ތުހުމަތެއްކަން އަންގައި ދެވޭ. ދިފާއުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ފަހިކޮށް ދެވޭ. އަދި، މައްސަލަ ނިމޭ ގޮތާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކަށް ދެމަރުޙަލާއެއްގައި އެޕީލްކުރުމުގެ ފުރުޞަތު އަސްކަރީ ޢަދުލުގެ ނިޒާމުގެ ތެރެއިން ހޯދައިދެވިފައިވޭ." މާރިޔާ ވިދާޅުވިއެވެ.

އެެހެންކަމުން އެކިއެކި ތުހުމަތުތަކާ ގުޅިގެން މައްސަލަ ރައްދުވާ ފަރާތަށް އެމީހަކަށް ލިބެންޖެހޭ އިންސާފު އިތުރަށް ކަށަވަރު ކުރެވިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެ ނިޒާމުގެ ބޭނުމަކީ ސިފައިންގެ މީހަކާމެދު މައްސަލައެއް ހުށަހަޅާއިރަށް ޕްރޮސެކިއުޓްކޮށް އަދަބު ދިނުން ނޫން ކަމަށެވެ. އަދި މައްސަލައިގެ ޒާތާ ބާވަތަށް، އަދި ތުހުމަތުކުރެވޭ ފަރާތުގެ ކުށުގެ ރެކޯޑަށް ބަލައި، ނަސޭހަތްދީ އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެން ދިއުމަށްވެސް އެ ނިޒާމުން ޖާގަދޭ ކަމަށް ވިދާޅުވިއެވެ.

"މިގޮތަށް މިހާތަނަށް 57 މައްސަލައެއްގައި ރެކޯޑަށް ނާރާ ގޮތަށް ނަސޭހަތްދީ މައްސަލަ ފައިލް ކުރެވިފައިވާކަމަށް އަޅުގަނޑަށްވަނީ މަޢުލޫމާތު ލިބިފަ." މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަރުދާރު

    ކޮއްމެެއޮޑިއަކަށްއަރާދުއްވާލީމާއެނގޭނީހުންގާނުގެބާރުމިނާދޫމިންއެކަމަނާއަކީވަރަށްހިއްހެޔޮކަނބަލެއްއަހަރެންދުއްއެއްމެރަނގަޅުމިނިސްޓަރ

    2
    8
  2. ޜައްޔިތުމީހާ

    ސިޔާސީ ބޭނުމައް ތިޔަކުރާކަންކަމުގެ ނަތީޖާ ރަނގަޅެއް ނުވާނެ

    9
    3
  3. ޑައެލޯގް

    މިސަރުކާރުން ކުރާ ހުރިހައި ކަމެއްވެސް އޮންނާނީ ސިއްރުކޮށްފައެވެ. އަސްލު ވަގުންތިބީ މިސަރުކާރުގައެވެ. އެހެންވީމަ ކޮންމެ ކަމެއްވެސް ސިއްރުކުރަނީއެވެ.

    10
    1
  4. ވަރައް ވާހަކަ

    ދުނިޔޭގެ އެހެންގައުމުތަކުގަ ސިފައިން ކުރާކުއްތަކުގަ ކޯޓްމާލަލްކުރެވޭ ރާއްޖޭގަ މިކަންމިއޮންނަނީ ސިޔާސީބޭފުޅުން ބޭނުންވީމަ ކިތަންމެބޮޑު ކުށެއްކުރާ ސިފައިންގެ މީހަކައްވެސް މާފްދީ ސިޔާސީ މީހުންޖަހާހާބެރަކައް ނައްޓުވަން ސިފައިން ބޭނުންކުރާ އުސޫލު

    13
  5. ޙޮބޭ

    ސިފައިންގެ ފަށްއަރާފަތިބޭ ބައެއް މީހުންނަކީ ވަރަށް ގޮތްގަނޑު ބޮޑު މީހުން. އޭންމީހަކަށް ރައްޓެއްސަކާއެކު ކެއުމެއްދިނަސް ވަރަށް ބޮޑޭ ދައްކާ. ،،މިގޭގައި ޑްރަގް ބޭނުންކުރާ ކިތައްމީހުންތިބޭ؟ ވައްކަންކުރާ ކިތައްމީހުންތިބޭ؟ އަހަރެމެންނަކަށް އެހީއެއް ނުވެވޭނެ!،، މިއީ އަޅުގަނޑު ރައްޓެއްސަކަށް ކެއުމެއް ދިންދުވަހު އޭނާއެކު އައި ދެތިން މީހެއްގެ ފަރާތުން ކުރިމަތި ވެގެންދިޔަ ކަންތަކެއް. މަގޭ ހިތަށް އެރީ މީހާދަހާވާ އިންސާފުވެރި ބައެކޭ ހުވަޔާ ޚިލާފުވެދާނެތީ އެތިބެނޭ ލޮލުފިޔަ ޖަހާނުލާ ހޭލާއޭ. ނަމަވެސް ފެބުރުއަރީ 12،13ގައި ވެރިކަން ވައްޓާލަން ތެޅިއެރުވި ގޮތުން ހުވަޔާ ވަޢުދަށް ކަމޭހިތާވަރު ނިކަން ރަނގަޅަށް ސިފަވެގެންދިޔަ! ތިމާމެން ހުވާގެ ކުރީ ޢިބާރާތް އެއްކޮށް ވީދާ ކުނޑިކުނޑި ކޮށްލި..