އެފްރިކާގެ އެރިޓްރިއާގައި ހިފެހެއްޓި އެފްއެސްއެމްގެ ދެ ބޯޓުގައި ތިބި ފަޅުވެރިން ރާއްޖެ ގެނެސްފިއެވެ.

ސަރުކާރުގެ ތެޔޮ ކުންފުނި ކަމަށްވާ އެފްއެސްއެމްގެ ދެ ބޯޓެއް މިސްރުން ފުރައިގެން ރާއްޖެއަށް ދަތުރު ކުރަނިކޮށް ދެ ބޯޓާއި ބޯޓުގެ ފަޅުވެރިން ހިފަހައްޓާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. ބޯޓު ހިފެހެއްޓި އިރު، އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސުރުގެ ހަތަރު ފަޅުވެރިއެކެވެ.

އެރިޓްރިއާގައި ދެބޯޓު ތާށިވީ، ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބަލައިފައެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު "ވަގުތު" އަށް ވިދާޅުވީ، އެފްރިކާގައި ހިފެހެއްޓި އެކުންފުނީގެ ދެބޯޓުގައި ތިބި ފަޅުވެރިން މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށާއި، އެބޯޓުގައި ތިބި މިސްރުގެ ފަޅުވެރިންވެސް މިހާރު އެމީހުންގެ ގައުމަށް ފޮނުވާފައިވާ ކަމަށެވެ.

ގަސަމް ވިދާޅުވީ ދެ ބޯޓުގައި ތިބި ފަޅުވެރިން ރާއްޖެ ގެނައި ނަމަވެސް ދެ ބޯޓު ނުގެނެވޭ ކަމަށާއި، ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެހީތެރިކަމާއެކު ބޯޓުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު، އަދި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ގަސަމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގެ އިތުރުން ދިއްލީ އެމްބަސީ މެދުވެރިކޮށްވެސް ބޯޓު ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ގަސަމް ވިދާޅުވިއެވެ. ނަމަވެސް އެކަމަށްވެސް ކުރިއެރުމެއް ނުލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެފްރިކާގައި އެފްއެސްއެމްގެ ދެ ބޯޓެއް ހިފަހައްޓާފައިވާއިރު، އެ ދެ ބޯޓަކީ ރާއްޖޭގައި ދުއްވުމަށް ގެންނަ، 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ބާޖު ގޮތަށް ހަދާފައިވާ ދެ ބޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލާރި ދެންޔާ އޯކޭ

    ތިޔައީ ހަމަ ހަގީގަތުގައިވެސް ގަނެގެން ގެންނަން އުޅުނު ބޯޓުތަކެއް ކަމާއިމެދު ސުވާލު އުފެދޭ. ބަޔަކަށް ކަޓެއްލިބޭގޮތަށް ނަމެއް އަރުވާލާފައި އަޑިއަޑިން ލާރިކޮޅު ދަވާލުމާއި ވަރަށް ވައްތަރު،

    25
    0
    • ހަސަނު

      ޔަގީން ކަމެއް އިގޭތޯ! މި 2 ބޯޓު ބަންނަން މިސުރު ބަޔަކާ ހަވާލުކުރިތާ މިހާރު 4 އަހަރުވަނީ ވެފަ، އެފްއެސްއެމް އަކީ ކަރަޕްޝަން އިންފޯވެފަ އޮތް ކުންފުޏެއް! ބަންނަން ހަވާލުވި މީހުންއަތުން އެފްއެސްއެމްގެ ވެރިން ކަޓްނަގަން އުޅުމުން މި 2 ބޯޓް ބަދެނިންމާފަ ދޫނުކޮއް އެމީހުން ބާއްވާފައޮންނަތާވެސް 2 އަހަރުވެއްޖެ! މިއޮވެދާނެ ވިއްކާލާފަވެސް!

      12
  2. އަވަށުމީހުން

    ވަރަށް ވަގަށްކުރަން އުޅުނު ވައްކަމެއް ކަނޑުގަދަވުމިގެ ސަބަބުން ފަޅާއެރީ.. ތިބޯޓްތައް އަވަހަށް ބާދަގަނޑަށް ކިރާލެވޭތޯ ދެންބަލާ..

    16
  3. އަލީ

    ދިއްލީތަ މައިސަރުކާރަކީ މިރާއްޖޭގެ މިވެރިކަމުގަ ބާނަބާނަ ތިއްބާ ތިބޭނުނީ ކަރުތެރެއައް ދެންބޭރުވާނީ ދިރުވާލި ތަކެތި ފަރުވާދެވޭނީ ކުޑަގޮޅިން ޗޯރެއްނަމަ

    12
  4. Anonymous

    ރާވއިގެން ލާރިގަނޑެއް ދިރުވާލީ. ބޯޓު ދެން ހިފެހހިފެheއް

    10
  5. އިބޫ ނާސިރު

    ރާވއިގެން ލާރިގަނޑެއް ދިރުވާލީ. ދެ ބޯޓު ދެން ހިފެހެއްޓިކަމަށްހދައި ވިއްކާލީއޭ!

    14
  6. ދިވެހިން

    ދިއްލީއަކީ މިހާރު ރާއްޖޭގެ މައި ސަރުކާރިހެން އެބަ ހީވޭ

  7. ހުސޭނުބޭ

    އަޅެ! ފޮރިން މިނިސްޓަރީން މިހާރު ވަނީ ވިސާއާ ނުލާ އެރިތުރިއާއަށް ދިވެހިންނަށް ދަތުރުކުރެވޭ ގޮތް ހަދާފައި. މަ ހީކުރީ މިފަހަރު އެ ބުނާ ދެ ބޯޓު ފޮނުވާނީ ޕާރުސަލް ކޮށްފައި ކަމަށް.

  8. ޜައްޔިތުމީހާ

    މިމީހުންހާވާހުރިހާ ހަޑިއެއް ސާފުކުރަން ބޭނުންމިކުރަނީ ރައްޔިތުންގެ ޓެކްސްފައިސާ