ސަރުކާރުގެ ތެޔޮ ކުންފުނި ކަމަށްވާ އެފްއެސްއެމްގެ ދެ ބޯޠެއް މިސްރުން ފުރައިގެން ދިވެހިރާއްޖެ އަށް ދަތުރު ކުރަމުން އެފްރިކާގެ އެރިޓްރިއާއަށް ބަނދަރު ކުރުމުން އެގައުމުން އެދެބޯޓާއި ބޯޓުގެ ފަޅުވެރިން ހިފަހައްޓައިފިއެވެ.

ހިފެހެއްޓި ދެބޯޓަކީ މިސުރުގައި ބަނދެގެން، ރާއްޖެ އަންނަން ދަތުރުކުރި ދެބޯޓެވެ. އެރިޓްރިއާ އަކީ ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ގައުމެކެވެ. އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަން މިއަދު "ވަގުތު" އަށް ވިދާޅުވީ އެރިޓްރިއާގައި ދެބޯޓު ތާށިވީ، ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބަލައިފަ އެވެ.

"މޫސުން ގޯސް ވުމުން ބަނދަރަށް ވަންނަން ކޯލް ވެސް ކުރި ނަމަވެސް ބަނދަރާއި ނުގުޅުނު. ދެ ބޯޓު އެ ގައުމަށް ވަނީ މޫސުން ގޯސްވެ، އެއް ބޯޓުގެ ހުންގާނު ސިސްޓަމަށް ވެސް މައްސަލަ ދިމާވެ، އެމެޖެންސީ ހާލަތުގައި. ނަމަވެސް ހުއްދަ ނުހޯދާ ވަން ކަމަށް ބަލާފައި ހިފަހައްޓާފައި ވަނީ،" ގަސަމް ވިދާޅުވިއެވެ.

އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސުރުގެ ހަތަރު ފަޅުވެރިއެކެވެ. ދެ ބޯޓު އެ ގައުމުގައި ބަނދަރުކުރީ އޭޕްރީލް 26، ވަނަ ދުވަހެވެ.

ގަސަމް ވިދާޅުވީ ދެ ބޯޓުގެ ފަޅުވެރިންނަށް ވެސް ކާބޯތަކެތި ފޯރުކޮށްދޭ ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.

ފޮރިން މިނިިސްޓްރީ މެދުވެރިކޮށް އެރިޓްރިއާގެ ކަމާބެހޭ ފަރާތްތަކާއި ވާހަކަދައްކައިގެން ބޯޓުތައް ދޫކޮށްލެވޭތޯ މަސައްކަތް ކުރަމުން ގެންދާ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެ ދެ ބޯޓަކީ ރާއްޖޭގައި ދުއްވުމަށް ގެންނަ، 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ބާޖު ގޮތަށް ހަދާފައިވާ ދެ ބޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޯއްވަޅި އަލީ

    ކަލޭ މެން އުޅެނީ ވީ އާ މޯލްޑިވްސް، ވައިޓް ސޭންޑް ބީޗް ރިސޯޓް ހޭވް، މެނީ ޔޫރަޕް ޕީޕަލް ކަމިން ގޮއިން، ފީފާ ރައިސް ކަމިން ބައި ޕްރަިވެޓް ޖެޓް ކިޔައިންގެން މުޅި ދުނީޔޭގަ މާ ހިންހެޔޮ ބަޔަކަށް ހެދިންގެން ގައުމުތަކުގެ ގާނޫނު ގަވާއިދު މުގުރަމުން، ރަގަޅަށް ވިއްޔާ ތި ބޯޓު ތަށް ތީ ބާދަނގަޑަށް ކިރާފަ ހުރި ބޯޓު ތަކަކަށް ވާނީ، ދިވެހި ކައްޕިންނަށް އިނގޭނެ އިންޓަނޭޝަނަލަސް ރޫލްސް އެން ރެގިއުލޭޝަންސް، ކަލޭމެން ނުކިޔަވާ ތިބެ ތަންތާ ވެރިން ނަށް މިސަރުކާރުން ހެދުމުގެ ނަތީޖާ ތީ،، މަހުލޫފު ވެސް ބޮޑީ ބިލްޑިން އެންބެސަޑަރު ކަމަށް ސުނިލް ށެޓީ ހަދައިގެން އުޅުނީ، އޭނަ ވެސް ބުނީ ތި މަހަބޫބެއް ތިމަންނަ ނުދަންނަމޯ!!!

  2. ކޮންފަދަ ކަމެއް

    ޕެޓްރޯލްގަ ފެން ހުންނަހެން ވީ ކަމެއް ބާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟