ޕީޕީއެމްއިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މުޒާހިރާއެއްގެ ތެރެއިން ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް އުމުރުން 20 އަހަރުގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމްގެ މައްޗަށް ފުލުހުން ފުލުހެއްގެ އަތުގައި ދަތްއެޅި ކަމުގެ ތުހުމަތު ކޮށްފިއެވެ.
ނުހާގެ މައްޗަށް ފުލުހެއްގެ ގައިގަ ދަތް އެޅުމުގެ ތުހުމަތުކޮށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ނުހާ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ނުހާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި އޭނާ ދަތް އަޅާފައިވާކަމަށް ދެ ފުލުހަކު ބަޔާން ދީފައިވާ ކަމަށެވެ. އޭނާއަކީ މީގެ ކުރިން ވެސް ހައްޔަރު ކޮށްފައިވާ މީހަކަށް ވުމުން އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް ކޯޓު އަމުރުގައި ފާހަގަ ކޮށްފައި ވެއެވެ.
ނުހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ޕީޕީއެމް އިން ވަނީ ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ޕީޕީއެމް އިން ބުނީ ފުލުހުން މުޒާހަރާ ރޫޅާލީ ސުލްހަވެރިކަމާއިއެކު މުޒާހަރާ ކުރަމުން ދަނިކޮށް ކަމަށެވެ.
ޒުވާން އަންހެންކުއްޖަކު ފުލުހުންގެބެލުމުގެދަށައް ގެންދަންޖެހުނުސަބަބު ކޯޓުން ސާފުކުރާކަށްނުޖެހޭނެތޯ ؟
ޚަބަރު ކިޔާފަ ވާނުވާ ނޭނގޭ އާލާތުން ނުކިޔާނީ.
މިމީހުން ކުދިންގެ ލޮލަށް ސީދާ އަމާޒްކޮށް ކައިރިން އަސޭމިރުސް ސްޕްރޭ ފުޅި ހުސްކޮށް ޖަހާ ، ކުދިންގެ ފަހަތުން ދުވެ އަތުލައި ހިފުނުތަނެއްގައި ހިފައި އެތައްމިތަނުގައި ހިފައި ފިތާ ، ދަމާކޫއްތުން ނުވޭ ދޯ މައްސަލައަކަށް؟ ބަޔަކު ޞުލްހަވެރިކަމާއެކު އެއްވެ ޚިޔާލުފައުޅުކުރަމުން ދާއިރުވެސް ޙަޖަމްނުވެގެން މިމީހުން އުޅޭއުޅުން ކުށްވެރިކޮށްލާނެ މުއައްސަސާއެއްވެސް އަޅެފަހެ މިރާއްޖޭގައި ނެތްތަ؟ މިމީހުންގެ އަނިޔާގެ ދިފާޢުގައި ބަހެއްބުންޏަސް މިވަނީ ކުށަކަށް!!!! އަޅެ ބަޑިޖަހާ އެކުދިން މަރަންވީނު ކަލޭމެން
ޕީ.ޕީ.އެމް އިން މި މަންޖެގެ މުޅި ކެރިއަރ ހަލާކު ކޮށްފި.
މާދަމާ ދޫކޮށްލާނެ
މިސަރުކާރަށް ތިކަހަލަ ނާޒުކު ކުދިންނަކީ ވަރަށް ބޮޑަތިކުއްވެރިންނެވެ. ހޯރައިއްބެ، ސަފާރީރޭޕްކުރި މީހުންކަހަލަ މެޗުއާރޑް މީހުނަކީ މާސޫމް މީހުނެވެ. އެހެންވެ އެމީހުންދޫވާނެއެވެ.
އެމަންޖެ ނާޅާނެ ދަތެއް.. ނުހާއަކީ ކުޑައިރުވެސް ކުދިން ގައިގައި ދަތްއެޅި ކުއްޖެއްނޫން..
މިވެސް ވަރަށް ހެޑްލައިނަށް އަރަން ވެގެން އުޅޭ އަންހެނެއް
ފުލުހުން ބޭނުންވަނީ އެތާ އަޑުއުފުލާ މީހުން ލައްވާ ގޯސް ހަދުވާފަ ހައްޔަރު ކުރުވަން. ނަފްސާނީ ގޮތުން ކުޅެ ކުއްވެރިންނަށް ހަދަން. އެތާ ތިބެ އަޑު އުފުލާ ކޮންމެ ރައްޔިތެއް އެ އަޑު އުފުލަނީ މިގައުމަށް ރައީސް ނަޝީދު ގެންނެވި ޑިމޮކްރަސީގެ ހިޔަލުގައިތިބެ އެ މިނިވަންކަން ބޭނުން ކޮށްގެން. އެތާ ތިބޭ މީހުނެއް ދައުލަތުގެ ތަކެއްޗަކަށް ގެއްލުމެއް ނުދޭ. މީހުންގެ ގަޔަށް ލޮލަށް ބޮލަކަށް ނާރާ. އެމީހުންގެ ޝުޢޫރު އެ ފާޅު ކުރަނީ. ދެން ބާރު ބާރަށް ހިނގާފަ ގޮސް އަތްލާ ކުޅޭހެން އަތުލައި ގަނެފަ ފުލުހުން ކުރާނެ އަނިޔާއެއް ކޮށްފަ މިބުނަނީ ދަތްއެޅީއޭ. މި ގައުމު އަލަކުން ދެނެއް ހަމަ މަގަކަށް އެޅޭނެ ހެނެއް ހިއެއް ނުވޭ.
ޕޮލިހުން ގޮސް މުޒާހަރާކުރާ ކުދިން ހައްޔަރުކުރަނީވެސް، ރައީސް ޔާމީނޭ ކިޔުނު މީހަކު ވެރިކަމަށް އަރައި، އެއްވެ އުޅުމުގެ ހައްގު ގާނޫނަކުން ހަނިކޮށްފައި އޮތީމަ. އެ ގާނޫނާ އެއްގޮތަށް އެއްވަން ބޭނުންނަމަ ފުލުހުން ހިޔާމަތްދޭނީ ރައްކާތެރިކަން ދޭން އެއްވާ މީހުންނަށްވެސް
އެ ގާނޫނު ގޯސްވެގެން ހަޅޭލެވި މީހުނަށް ވެރިކަމަށް އާދެވުނީމަ ،ޔާމީނު ގެ ގާނޫނު މާކަމުގޮސްގެން އުޅޭތީ މައްސަލައަކީ.
ކިހާދެރަކަމެއް ފުލުހުންނާހެދި މީހުންގެ މުސްތަގުބަލް ހަލާކުރައްހުން ވަރު މާﷲ މިމީހުން ބަލިކުރައް ވާށި
ޙަމައެކަނި މުސްކުޅިންތަ ގެންދަންވީ
"ނުހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ކޯޓު އަމުރުގައި ބުނެފައި ވެއެވެ." އާނ ގާޒީއަށް ފެނިލެއްވީ މީނާއަކީ މިނިކާ މީހެއް ކަމަށްތާ ހެހެ
ފުލުހުން ނުހައްގުން އަނިޔާ ދޭ އިރު އެކަން ބަލާނެ ބަޔަކު ހޯދަން ޖެހެ އެވެ.
ފުލެހެއްގައިގަ ދަތްއެޅީމަ ނުހާ ބަންދަށް. ފުލުހުން ނުހާ އަށް ކުރި އަނިޔާ އާއި ޖިންސީ ގޯނާ ބެލޭނެ ގޮތެއްނެތް. މިވެސް ހަމަ އިންސާފް.
މީހުންމަރާމީހުނާ ވައްކަންކުރާމީހުނާ ޑްރަގްސް ވިއްކާމީހުނާ ކިޑަކުދިންނާބެހިގެން ޖަލުގަތިބި އެޔައްބަޔަކައް މާފްދީނެރެ މުޖުތަމައުތެރެއައް ދޫކޮއްލުމައްވުރެ ނުރައްކާތެރިކަމެއް މި4 އަހަރުތެރޭ ދުނިޔޭގެ އެއްވެސް ގައުމަކުން.އަދިނުކުރޭ
މިކުއްޖާ ކިހިނެއް ފުލުހުންގެ ގައިގާ ދަންއަޅާނީ ބުއްދި ޤަބޫލު ނުވާ ވާހަކަ !
ގޭގައި އޮއްވާތޯ ، ، ނޫނީ ސަޖިދއަިގައި އޮއްވައިތޯ . . މި އުމުރު އަންހެންކުދިން މިކަހަލަ ނާތަހުޒީބު ސިޔާސީ ކަންކަމުގަ އުޅޭތީ ވަރަށް ނުފެނޭ . . ސައިކޮލޮޖިކަލް ޓެސްޓެއް ހަދަންފެނޭ
ޔާމީނު ތިހެން ބުނީމާ ވަރަށް ނުބައި މީހަކަށް އޭނަ ވީ. އަދީބު ޕާޓީގެ ކުދިން ވަރިހަމަ ސަޖިދައޭކިޔަސް. ނޯޓް. އެމްޑީޕީ އަކީ އަންނި ގެ ޕާޓީ. ޗޯރު އިބްރާހިމާއި،އޭނާގެ އައުވާނުން އެއީ އަދީބު ޕާޓީގެ ކުދިން.
ޕީޕީއެމް މީހުން މި 20 އަހަރުގެ މަންޖެ ބޮލަށްއެރިގަނެގެން މުސްތަގުބަލު ފަނޑުކޮއްލަން އެއުޅެނީ.
ނުހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ހެއްހެއް. ދަތް އެޅުން ދޯ ނުރައްކާ ތެރި ކަމަކަށް މިވީ.
ބެނަލަން އޮތީ ، އަހަރެންވެސް ކުރިން މުޒާހަރާތަކައް ދަން ، ހަތްޔަރު ކުރީމަ ނެތްމީހަކައް ވީ . ދޫލޮއްލީމަ ބޮޑުން ބުނީ ކަލޭތީގަދަމީހެކޭ ، މިރޭ ވެސް ނިކުންނަންވާނެޔޭ ، އެންމެކުރީގައޭ ހުންނަންވާނީ . ވަރައް ސަލާން . ތިޔަ މަްޖެއައް ވެސް ވާނީ ހަމަ ތިޔަހެން .
ދަތެއް ނާޅާނެ. މިހާ ލޯބި ކުއްޖަކު ކީއްކުރަން ހަޑި މުޑުދާރު ފުލުހެއްގެ ގައިގައި ދަތް އަޅަންވީ! ދަތް އެޅިއްޔާ އަޅާނީ، ކަމެއް ވެގެން! އަތްނުލާންވާ ތަނެއްގައި ފުލުހުން އަތްލީމާ! ރައީސް ޔާމީން ދޫކޮށްލަން އެދި ގޮވާލާ މުޒާހަރާތަކުގައި ފުލުހުން އަބަދުވެސް ދަނީ ދުއްތުރާކޮށް އުނދަގޫކުރަމުން. މިނިވަންކަމެއް މިގަމުގައި މިހާރަކު ނެތް. އިހުތިޖާޖު ކުރުމުގެ ހައްގު މުޅިން ނިގުޅައިގެންފި، މި އިބްރާހިމް ސޯލިހާއި އަންނިގެ ތަޅާ ފޮޅުމުގެ ވެރިކަމުގައި.
ސަދޫމް ކޯޓަކީ ތަފާތެއް ނެތް. ޢިންސާފު ނެތް ސަރުކާރު ދިފާއު ކުރާ ބައެއް
ސުއަރޭޒް
ދަތް އެޅިއްޔާ އަޅާނީ ކުރި ގޯނާއެއްގެ ބޮޑު ކަމުން. 3 މަސް ފަހުން އިރާދަކުރެއްވިއްޔާ ފުލުސް މީހާ އަށް ދަތް އަޅާގޮތް އިޙްސާސް ވާނެ.
އަހަރެން ނަމަ ތިކުއްޖާ ދަތްއަޅަން ދީގެން ހުންނާނީ.. ވަރިހަމަ މަހާއި ކަށި ވަކިވިޔަސް..
އާއިޝަތު ނުހާ އިބްރާހިމް އަކީ ކުޑައިރުއްސުރެ ދަތްއަޅާ އަންހެނެކެވެ. އެންމެ ފުރަތަމަ އޭނާ ދަތްއެޅީ އޭނާގެ މަންމަގެ ގައިގައެވެ. އޭރުއްސުރެ އޭނާ ވަނީ ދަތްއެޅުމަށް އާދަވެފައެވެ. އަދި މުސްތަގުބަލުގައި ވެސް އޭނާ މީހުންގެ ގައިގައި ދަތްއަޅާނެ ކަމަށް ލަފާކުރެވެއެވެ.
މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެމަންޖެގެ ދަތްޕިލާ އަތުލުމަށްފަހު އެމަންޖެ ދޫކޮށްލާ
ކިހާ ދެރަކަމެއް
ދަތްދޮޅި އާދަނު ހުރި ނަމަ، ދަތްޕިލަ އާއެކު ދަތްދޮޅި ވެސް ދުއްވާލާނެ.
ގާޒީއަށް އެދަތްޕިލާ އެކީ ތޫނު ހަތިޔާރެއް ކަމަށް ފެންނަ ނަމަ ގާނާ ތޫނުކަން ކަނޑުވާލުމަށް ފަހު ދޫކޮށްލާ
މިމަންޖެކާރި މަބުނިން ތިހެން ނޫޅޭ މަށާ އިނދެގެން ދިރިއުޅުމެއް ފައްޓަން އަންނާށޭ...އެކަމަކު ހިލާ އެއްބަހެއް ނުވި....
ފުލުހުންގެ އަތުގަ ދަތްއެޅީ ކީއްވެގެން ކަން ފުލުހުން ބުނަންޖެހޭ. ގާނޫނު އަސާސީގައި ހިޔާލްފާޅުކުރުމުގެ ހައްގު ލިބިދީފައިވާއިރު މި ހައްގު ނިއުޅާގަނެ ހައްޔަރު ކުރުމުގައި މީހުންނަށް ފުލުހުން އަނިޔާވެރިވީ އިރު މި އަނިޔާގައި ވީ ތަދުން ސަލާމަތަށް ދައް އެޅީތޯ؟ މީވެސް ކޯޓުން ބަލަން ޖުެހޭ ކަމެއް. މިއަދުގެ ކޯޓް ތަކަަކީ ސަދޫމް ކޯޓްތަކެއްފަދަ ތަނެއް. މިއަދު ފުލުހުންގެ ގާނޫނު އޮތީ ކަނޑާއި ޖަންގަލީ އުސޫލް.
މިސް ސުއަރޭޒް
މީ އަމިއްލަޔަށް މައްޝޫރުވާން އުޅޭ ގޮލައެއް.. ފިސާރި އަނގަ ވެސް ހަޑިވާނެ.
ޕީޕީއެމުން ކުރާކަމަކީ މީހުންގެ ޅަދަރިން ނެރެގެން އެދަރީންގެ ކުރިމަގު ބަނަކޮށްލާ، ގައުމުގައި ފިތުނަ ފަސާދަ އުފެއްދުން. ތި ނުހާ ވެސް އެންމެފަހުން ވާނީ މިނިމަސްކާ މަންޖެއަކަށް. ޕީޕީއެމް އުވާލުމަށް އިލެކްޝަނަށް ގޮވާލަން.
އިބޫ ޔޫ ޖަސްޓް ލޮސްޓް މައި ވޯޓް