ވިސާ އާއި ނުލާ ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމުގެ މަސައްްކަތް ފަށައިފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖެއާއި އީޔޫއާ ދެމެދު އިއްޔެ ކުރިއަށްދިޔަ ރަސްމީ ބައްދަލުވުމުގެ ހަތަރުވަނަ ސެޝަނަންގައެވެ.

އެ ސެޝަން ނިންމާލުމަށް ފަހު ދެ ގައުމުން އެކުވެގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އީޔޫގެ މެންބަރު ގައުމުތަކަށް އިތުރު ވިސާއެއް ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ޔޫރަޕަށް ވިސާއާ ނުލައި ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓު ދެން އެންމެ އަވަހަށް ރިވިއު ކުރާއިރު އިތުރު ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް އީޔޫއަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިއްޔެ ބައްދަލުވުމުގައި އީޔޫ އާއި ރާއްޖެއާއި ދެމެދު ދަތުރުފަތުރު އިތުރުކުރާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައި ވެއެވެ. އިއްޔެ މަޝްވަރާތަކަށް ފަހު ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖެއާއި އީޔޫގެ އިސް އޮފިޝަލުންގެ މެދުގައި ބާއްވާ މަޝްވަރާތަކަކީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި އަހަރުގެ ސީނިއާ އޮފިޝަލުންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ ފޯ އޭޝިއާ އެންޑް ޕެސިފިކް، ޕައޯލާ ޕަމްޕަލޯނީ އާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސޯލްޖާ

    ޔޫރަޕަކީ އެންމެ ގައުމެއް ތޯ؟

  2. ބޯހަލާކު

    ޑިވެހިންގެ ތެރެއިން ތިހިސާބަށް ދެވޭނީ ސާޑުމެންނަށް،،، ގިނަމީހުން އުޅެނީ އަނގާއަތާ ދިމާނުވެފަ، ރައިއިތުންގެ ރފ ވަކިބަޔަކު ކައި ހުސްކުރަނީ،،،ވީހިދު ވިސާ ހިލޭދެވޭނެ ނުން 🤔

  3. ްަްޤައުމު

    ހުސްފޮނިކެނޑުމުގާ 5 އަހަރު

    އަހަރުމެންނަށް މާރަނގަޅު ކުރިން ގޮތަށް ލަންކާޢަށްގޮސް ޔޫރަޕްވިސަޖެހުން
    ތިޔަމާލޭގަހުންނަ ފާޑެއްގެ ކުލިނިކުގަނޑަކަށްލައިގެން 15ދުވަސްވާއިރު އަދިޕާސްޕޯޓް ވީހިސާބެއްނޭގެ
    ލަންކާގަ 10 ޖަހާއިރު ޕާސްޕޯޓް އެމްބަސީއަށްލިއްޔާ 3 ޖަހާއިރު ވިސާޖަހާފަ ދޭނެ. ހަވީރުފުލައިޓުން އަންނަންވީ

    އަދިކޮބާ މިހާރު ވިސާނުވެސްލިބެނީ މިކުލިނިކަށް ނުދައްކާ
    ހުރިހާކަމަކުންވެސް ބަލާޔާހަމަ