މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އާއި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ނައްޓަވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.

މީސްމީޑިއާގައި އާންމުވެފައިވާ އެވީޑިއޯއަކީ ޝިއްޕެގެ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނަގާފައިވާ ވީޑިއޯއެކެވެ.

އެވީޑިއޯއިން ޝިއްޕެ އާއި ނަޝީދު ނައްޓަވާފައިވަނީ އުފަން ދުވަހުގައި އާންމުކޮށް މީހުން ޖަހަމުން އަންނަ ލަވައިގެ ހިންދީ ލަވައަށެވެ.

 

މީސްމީޑިއާގައި މިވަގުތު މި ވީޑިއޯ ދައުރުވަމުން އަންނައިރު، މީގެ ކުރިން ވެސް ސިޔާސީ އެކި ބޭފުޅުން ނައްޓަވާ ވީޑިއޯތަކެއް ވަނީ މީސްމީޑިއާގައި ދައުރުވެފައިކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ލާދީނީ މީހުން އުޅޭނީ ތިހެންނޭ

    32
    2
  2. ޢާލް

    ހަމަ ނަށަންވީ..

    16
    5
  3. އާދަމް

    ދޮން މީހުން އުޅޭ ގޮތް ރީތިކަމަށް ފެންނަ ބަޔަކަށް އަދި އެބަޔަކީ އިސްލާމުންގެ ނަމުގައި ތިބި ބަޔަކަށް ވިޔަސް ރީތި ވާނީ ހަމަ އެ ގޮތް.. އެމީހުން ޖެހިހާ ބެރަކަށް ވެސް ނަށާނެ. އަދި އެހެން ކަންތައްވެސް ކުރާނެ. ޝައިޠާނާ ވަނީ އެފަދަ މީހުންނަށް ހުތުރަކީ، މުންކަރާތަކީ ޒީނަތެއްގެ ގޮތުގައި ދައްކާފައި.
    ބާތުޑޭ ކޭކާއި އުއްބައްތި ކޭކަކީ ސީދާ ކްރިސްޓިއަނުން ގެ ފަރާތުން ފެށިގެން އައި ކަމެއް. ތާރީޚު ދެނެލައްވާ ބޭފުޅުންނަށް އެކަން އެނގިލައްވާނެ.
    "ބަޔަކާ ވައްތަރުވެގެންފި ބަޔަކީ އެބައެއްގެ ތެރެއިންވާ ބައެއް" ކަމަށް އޮތް ހަދީސްފުޅަކީ ހައްޤު ބަސްފުޅެއް.
    ކުރުކޮށްލީން.

    42
    1
    • ޢަހު

      ދެން އިބޫ ސަރުކާރުން މިކުރަނީ ކޮންކަމެއް ހުރިހާ ނުބައި ކަމެއް ކޮއްފި

      6
      1
  4. ޏ

    ވ ސަޅި🤩

    2
    2
  5. ހިނި

    ނަށަން ވީ ހަމަ!

  6. ކޮއްޔަ

    ޥެބްކެމް އެބަހުރިބާ

  7. ލައިލާ (ނަޝީދުގެ އެކްސް ވައިފް ލައިލާ އެއް ނޫން މަށަކީ)

    އޯކޭ ރަލެއް ނުބޮއެ. އެއްކަލަ ފަހަރުވެސް ބުއީ މޮޅު ޝަރުބަތު ކަމަށް ނަޝީދު ބުނީ.. މިފަހަރު ކޮންކަހަލަ އެއްޗެއްބާ ބުއީ؟

  8. Anonymous

    ޑިމޮކްރަޓްސް އަކީ އަނެއްކާ ނަށާ ގްރޫޕެއްބާ.
    ވެރިކަން ނިމޭއިރަށް އެންމެން ނަށާ ގްރޫޕަށް ވަންނާނެ މީ ޔަޤީންކަމެއް. މިހާރު ވަޒީފާގެ ބިރަށްޓަކައި ތިބެނީ.

    8
    1
  9. އީވާ

    ތިމޭޒުގެ އަނެއްފަރާތް ދައްކާލިނަމަ ނަށާފުޅި ހުރުންގާތް

  10. މުބީނު މާރނީ

    ނަޝިދު ގެ މޫނު މަތިން އުޖާލާ ކަމާއި ނޫރު ގެ އަލިކަން ފެނޭ. އިބޫ ގެ މޫނު މަތިން ބަނަ ކަމާއި ނާމާން ކަން ފެނޭ.

    9
    4
  11. Anonymous

    އެންމެން ހަމަހޭގައި ތިބޭނެ ކަމަށް ބަލައިގެން ނުވާނެ، ހަކުރު ގިނަވަނީ އެހެންވީމާ އެނުން ގޮތެއް ހޯދަން ޖެހެނީ !

  12. ޙަސަން

    ޖިންނި މޮޔަވާމީހުންނާއި މަސްތުވެފައި ތިބޭމީހުންނާއި މިއުޒިކަށް ހޭކެޑިފަ ތިބޭމީހުން ކޮންމެފަދަ ނިކަމެތި ހާލެއްގައި ތިއްބަސް ތިބޭނީ ހެވިފަ އޭއީ ކުރިމަގު އުޖާލާކޮށް ފެންނާތީކީނޫން އެވަގުތު ރަންބުއްދި ފިލާފައި ހުރުމުން