ރ. ދުވާފަރު ކައުންސިލްގެ އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި، ދައުވާކުރުމުގެ ބަދަލުގައި، ނަސޭހަތުގެ އެއްބަސްވުމެއް ހެދީ ކޮމިޝަނާ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުހައްމަދު ފުޅުގެ ބައްޕަ ހިމާޔަތްކުރަން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ.

ދުވާފަރު ކައުންސިލުން ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި ހިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ.

އެ މައްސަލައިގައި ޝާމިލުވި މީހުންގެ ތެރޭގައި ކައުންސިލް އިދާރާގެ އެސިސްޓެންޑް ޑިރެކްޓަރު އަދި ސީޕީގެ ބައްޕަ ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުހައްމަދު އަލީފުޅާއެކު އިތުރު ހަ މީހަކު ހިމެނެއެވެ. ނަމަވެސް އެ މީހުންނަށް ދައުވާ ކުރުމުގެ ބަދަލުގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ނިންމީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި ނަސޭހަތް ދޭށެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ ދައުވާ އުފުލާށެވެ.

އެކަމާ ގުޅިގެން ކުރީގެ ގާޒީ ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރަންވާނީ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި ވަކިފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި ހަމަހަމަކަމާއި ހާމަކަމާއެކު ނުފޫޒުން އެއްކިބާވެހުރެ ކަމަށް ގާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

ނަމަވެސް އެ މައްސަލައާއި، ސިޔާސީ ފަރާތްތަކާ ގުޅުންހުންނަ އެހެން މައްސަލަތަކުގައި ވެސް ޕީޖީގެ ނިންމުންތައް އެ އަސާސްތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އެހެންވެ އެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ޕީޖީ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ގޮތް ބައްލަވައި ދެއްވުމަށް ވެސް ހައިލަމް ގޮވާލެއްވިއެވެ.

ހައިލަމް ވިދާޅުވީ އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ސީޕީގެ ބައްޕައަށް ދައުވާ ކުރަން ޖެހޭތީ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މިއީ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދެވިދާނެ މައްސަލައެއްތަ؟؟؟ 1. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 98 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ނަސޭހަތްދެވޭ ކުށަށް ކަނޑައެޅިފައިވާ އަދަބު 1 އަހަރުދުވަހުގެ ޖަލުއަދަބަށްވުރެ ބޮޑުވެގެންނުވާނެ ކަމަށް. 2. އެ ގާނޫނުގެ 99 ވަނަ މާއްދާގެ (ށ) ގެ 4، 5 އަދި 11 ވަނަ ނަންބަރުގައި ބަޔާންކުރަނީ؛ - މުޖުތަމަޢުގެ ޒިންމާދާރު މަގާމުގައި ތިބޭ މީހުންނާއި؛ - ދައުލަތުގެ މުވައްޒަފުން އެމީހުންގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގާ ޖިނާއީ ކުށްތަކުގައި ނަސޭހަތްދިނުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް؛ - އަދި ކުށްކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިމެނޭނަމަ، ޢާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ އެފަދަ މީހުންގެ މައްޗަށް ދައުވާކުރުން ކަމަށް." ހައިލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    މީ ޒީރޯޓޮލަރަންސް އަކީ އުސްތާޒް. މީ އިންސާފް ވެރި އަދުލުގެ ނިޒާމަކީ. މީ މިސަރުކާރުގެ އަމާނާތްތެރިކަން ހުރިވަރަކީ. މިކަން ކަން ދެނެގަންނަން ވީ ދިވެހި ރައްޔަތުން.

    34
    1
  2. ރައްޔތުން

    މީ ކޮރަޕްޓް ސަރުކާރެއް . ގާނޫނު ނިކަމެތި މީހާއަށް..

    29
    3
  3. އަހްމަދު

    އެބައިމީހުން ހިޔާނާތްތެރިވީ ޕީޖީ ޝަމީމުގެ ފައިސާއަށްތޯ؟ ނޫނީ ރައްޔިތުންގެ ޓެކްސް ފައިސާއަށްތޯ؟

    31
  4. ރުކުމާ

    ބޭކާރު ވާހަކަ ނުދައްކާ ތިޔަވާހަ އަޑުއަހާނެ މެއްސެވެސް މިގައުމަކު ނެތް

    13
    23
  5. ޜޮބަޓް

    ސާބަހޭ އިމްރާން! ތިޔައީވާ ދީނީ ތާކިހާ އަޅައިގެން ހުރި ބޮޑު މުނާފިގެއް. ރާއްޖޭގެ އިޖުތިމާއީ ފޭރާން ތިބޭޅާގެ ހޯމް މިނިސްޓަރ ކަމުގައި ވީދާ ކުދިކުދި ކޮށްފި. މަޤާމަށާއި އަންހެނުންނަށްޓަކައި ތިޔަ ގޮތަށް ޤައުމަށް ހަނދާލާކަށް ނުވާނެ. މިއީ ތިބޭޅާގެ ވެސް ވަޡަން.

    16
    2
  6. ޣާޞ

    ކަލޯ ބުރުމާބޭއަށް ވިކިފަ ތިހިރީ

    6
    6
  7. ހަސަން

    ހައިލަމް ފަޑިޔާރު ކަމުގައި ކަންތަތައް ކުރެއްވީ ރަގަޅަތޯ؟

    7
    4
  8. ދަންޑަހެލު

    މަކަރާހީލަތުން ވެރިކަންކުރަންދަންނަ ސަރުކާރެއް ގާނޫނަކީ ކޯއްޗެއްކަންވެސް ނުދަނެ އިތުރާފުގެ އެއްބަސްވުން އެއީ އަދީބުއަށް ހެދިއެއްބަސްވުމެއް ތިޔައީ މިގައުމުގެ ހިޔާނާތްތެރިން ސާފުފޮތިކޮޅަކަށް ހަދާ ރ ޔާމީންޖަލުގަބޭއްވުމަށް ހަދައިގެން ވުޖޫދަށްނެރިގެންއުޅޭ އެއްބަސްވުންތަކެއް މިކަމުގެ އަޑީގަ ތިބިމީހުން ޝަރީއަތަށް ގެނައުމަށް މިނިވަން މުއަށްސަސާތަކަށް ގޮވާލަން.

    14
    2
  9. ކުދިގުޅަ

    ހައިލަމް ކަލޭ ވިޔަސް ތިހެއްދެވީ ދޮގެއް ސީޕީގެ މަންމަޔާއި ބައްޕަޔަކީ ގއ ވިލިނގިއްޔަށް ނިސްބަތްވާ އާދައިގެ އާއިލާއެއް ، ބޯޑެތި ޕުރެޖެޓް ތަށް ކުރެވޭނެ ހާ ތަނަވަސްކަމެއް ތިބި ބައެއް ނޫން ތިޔަވިދާޅުވަނީ ބައްޕަ އޮޅިއްޖެ! ބަފާބެ ތޯ އަނެއްކާ ! ބަފާބެޔާއި ބައްޕަ ، މަންމަ އާއި މާދާތަ މިއީ މުލިން ދޭއްޗެއް ދެއްތޯ. ހައިލަމަކަސް ، ޖާހިލަކަސް ރަގަޅު މައުލޫމާތު ހޯއްދަވާ!