ބ.އަތޮޅު ކެންދޫގައި މަސައްކަތް ކުރާ ފުލުހަކު އެރަށު މީހުންގެ އަނބިން ކައިރިއަށް ވަންނަ ކަމަށް ބުނެ އެރަށުގެ ގިނަ ބަޔަކު އެފުލުސް މީހާ ރަށުން ބޭލުމަށް ގޮވާލައި މިރޭ މުޒާހަރާއަށް ނިކުމެއްޖެއެވެ.

ކެންދޫ ޕޮލިސް ސްޓޭޝަނާއި ހަވާލުވެރި ހުރި އެންމެ އިސް ފުލުސް މީހާ މީހުންގެ އަނބިން ކައިރިއަށް ވަންނަ މައްސަލަ ބޮޑުވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެކަމަށް ވެއެވެ. އެންމެފަހުން މިރޭ ރަށުގެ ގިނަ ބަޔަކު ވަނީ އެމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް ޖަމާވެފައެވެ.

މި ފުލުސް މީހާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެފައި ތިބި މީހުން ކޮންޓްރޯލް ކުރުމަށް އޭދަފުށީ ފުލުހުން ދަނީ މިވަގުތު ހަރަކާތްތެރިވަމުންނެވެ. ރައްޔިތުން ޑިމާންޑް ކުރަމުންދަނީ މި ފުލުސްމީހާ ވަގުތުން ރަށުން ބޭލުމަށް ނޫނީ ރައްޔިތުންނާ ހަވާލު ކުރުމަށެވެ.

ފުލުސް މީހާ އާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަން މުޒާހަރާ ކުރަމުން ދާތީ ނޫސްވެރިން ފުލުހުންގެ މީޑިއާ އޮފިޝަލުންނާއި ވަނީ އެކަމާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ. ނަމަވެސް ފުލުހުން އެކަމާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.

މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި އަންހެނުން ކައިރިއަށް ވަންނަ ފުލުހުންގެ މައްސަލަ ބޮޑުވެ، ފުލުހުން ރަށުން ބާލާފައި އެބަހުއްޓެވެ. އަދި އެފަދަ މައްސަލަތަކުގައި ބައެއް ރަށްރަށުގައި ހަމަނުޖެހުންތައް ވެސް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ހުސޭނުބޭ

    އިމްރާން ބުނި އެހެން އެއްވެސް ވެރިކަމެއްގައި ފުލުހުން ތަރައްޤީ ނުވާވަރަށް މި ވެރިކަމުގައި ފުލުހުން ތަރައްޤީވެއްޖެޔޯ! ދެން އިމްރާނު ކައިރިން ދަސްކޮށްގެން އެކުދިންނަށް ތަރައްޤީކުރެވޭނީ އެގޮތަށް ދޯ!

    46
    4
  2. ޖަޑު ޖަޑު

    ސީދާ ކަނޑައެޅިގެން ދޮގު ޚަބަރެއް ، ކެންދޫ ބަަޔަކު ފާޅުކަންބޮޑު ގޮތެއްގައި ވެލާ ހިފައިގެން ، ލަައްކަ އަކަށްވުރެ ބޮޑު ޖޫރިމަނާ އެއް އައުމާއި ، ކެންދޫގައި ކުރާ ޤައިރު ޤާނޫނީ ކަންކަން ހުއްޓުވަން މަސައްކަތް ކުރާތީ ހަޖަމް ނުވެގެން ބަޔަކު ދުރާލާ ރާވައިގެން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް.

    30
    34
    • މަ

      ބަލަ އަންހެން އެެއްތާ ވަދުއާހެދީ ނުން ވެދެނީ

  3. ބޯހަލާކު

    ލިބިފައޮތް ބާރުގެ ބޭނުންކޮށްގެން ތަ ވަންނަނީ ނޫނި އަބިގޮއިވަށަދަނީތަ؟

    31
    3
  4. ޢަލިބެ

    ޢަނބިން ވެއްދީމަނޫންތޯ ވަދެވެނީ ފުރަތަމަ އަނބިން މައިތިރި ކޮށްބަލަ

    71
    5
    • ސިމްޕް

      އަނބިމީހާވެސް ކައިވެނީގެ ތެރެއިން ލިބެންވާ އުފާ ނުލިބެންޏާ އެހެން ގޮތްގޮތް ހޯދާނެދޯ މިހެން ތިމީހުން ބުނަނީ ފިރިހެނުން ހިލޭ އަންހެނުން ކައިރިއަށް ދިޔައިމަ

      2
      1
    • ބަރޯ

      ފުލުހެއްވިޔަސް ސިފައިނެއްވިޔަސް ބުޅަލެއްވިޔަސް ސިވިލްއެއް ވިޔަސް ސަމުސަލައް އެރީމަ ބޯނުލާ ނުހުންނާނެ. މި ހުރިހާ އިންސާނުންނަކީވެސް އިހުސާސްތަކާ ޖަޒުބާތު ހިނގާބައެއް

  5. މުހައްމަދު

    ވައްދާ އަބިންތައްވެސް އޭނަޔާއެކީ ބާލަންވީނުން
    ސަޅިވާނެ

    67
    2
  6. ހިމް

    މިކަހަލަ ފުލުހުން އެބަތިބި ބައިވަރު. މުއައްސަސާގެ އަގު ވެއްޓެނީ މިފަދަ މީހުންނަށް ފިޔަވަޅު ނޭޅޭތީ.

    40
    11
    • ށަނީ

      ބުރޯ ބަލާފަ ކިޔާބަ އެއްޗެކޭ، ވެލާ މައްސަލަޔާ، ބޭނުން ވައްތަރަށް ނޫޅެވިގެން މިކަމެއް އަސްލު ނަން އަޅުވާފައި މިކުރީ

  7. ޒުރާރު

    ފުލުސްމީހާ ވެއްދީމަ ވަދެވޭނީ

    46
    4
  8. ހާލުފޮޅި

    ފުލުސް މީހާ އެކަނި ކުަށްވެރިވެގެން ނުވާނެ.. މީހުންގެ އަނބިންވެސް ވެއްދީމަ ދޯ ވަދެވޭނީ.. ނާޗަރަންގީ ކުޅެންވީމަ ދެމީހުން އޯކޭ ވެގެން.. ފަޅާ އަރާ ހިސާބުން ކުށްވެރިވެ ބޭޒާރު ވަނީ ފިރިހެން މީހާ.. އަންހެން މީހާ ވާނީ ހުދު ފޮތިކޮޅަކަށް.

    74
    5
    • Anonymous

      ދެޓްސް ނޮޓް ޓްރޫ!

  9. ނުރަބޯ

    ބަލަ ތިޔަބުނާ މީހުންގެ އަނބިންވެސް ރުހިގެންތާ ވަދެވޭނީ. ފުލުސްމީހާ ފަހަތުން އެކަނި ދުވުމުގެ ބަދަލުގައި ތިމާގެ އަނބިމީހާ މައިތިރި ކޮށްބަލަ.

  10. ކެންދޫކޮއި

    ކެންދޫ ކައުންސިލްގެ ރައީސް ކަމުގައިހުރި އެމްޑީޕީގެ ސޮރަކު ވޯޓު ހޯދަން ވެގެން އަޑީގަ ހުރެގެން، ކެންދޫގައި ވެލާފަޅައި ކައިބޮއި ތެޔޮކުނޑި ހާނައިގެން މިލިއަނަކުން ޖޫރިމަނާވި މީހުންނާއި އެމީހުންގެ ޢާއިލާ ބައިވެރިކޮށްގެން ހިންގި ދަށުދަރަޖައިގެ ޢަމަލެއް. ފުލުސްމީހާގެ ހައްގު ގެއްލުވާލި މީހުންނާމެދު ތަހުގީގު ހިންގެން ޖެހޭނެ. އިބޫ އިސްތިއުފާ

    4
    1
  11. އަނބި

    މީހުންގެ ފިރިންކަން އެގިތިބެ އެފަދަ ފިރިހެނުންނަ ވާހަކަ ދައްކާ އަންހެނުން ވެސް ގިނަ

  12. ފުލިޕް

    ފުލުސްމީހާ އެގޭ ދޮރު ތަނޑު ހަލާކު ކޮއްގެންތަ މީހުންގެ އަނބިން ކައިރިއަށް ވަންނަނީ ؟ނުނީ އެއަންހެން މީހާ ފުލުސްމީހާޔާ ރައްޓެހިވެ އަންނަނ ބުނެގެންތަ ގެއަށް ވަންނަނީ ނުވަތަ އަނހެން މީހާ އޭނަ ވައްދަނީތަ މިތަނުން ކޮންމެވެސް އެއްގޮތައް ވާހަކަ ދައްކަ ބަލަ

  13. ގައްޕެ

    ވެލާ މަރައިގެން ކުށްވެރިވި ބަޔަކާ ގުޅިގެން ކެންދޫ ކައުސިލް އަޑީގައި އޮވެގެން ކުޅުނު ބޮޑު ޑްރާމާއެއް. ވެލާ މަރާ ގްރޫޕާ ޖަރީމާ ހިންގާ މީހުން ހެވިފައި، ގާނޫނު ތަންފީޛު ކުރަންތިބޭ ފުލުހުންނާ ދޭތެރޭ މިގޮތަށް ކަންކުރާ ރަށްރަށަށް ފުލުހުންގެ ޚިދުމަތް ދިނުން ހުއްޓާލަންޖެހޭ.

  14. މަމިހެންބުނީވެސް

    ކެންދޫ އަންހެނުން އުޅޭގޮތެއްނޫން ތިޔައީ. އެކަމަކު ވެލާ ކާން މޮޔަވެފަ ތިބޭބައެއް.

  15. Anonymous

    ފުލުހުން ފިޔަވައި އެހެން އޮފީސްތަކާއި މުވައްސަސާތަކުގައި މަސައްކަތްކުރާ މީހުން މީހުންގެ އަނބީން ކައިރިއަށް ނުވަންނަނީބާ. އެހެން ވެއްޖެނަމަ ހާދަހާވާ ރަނަގަޅޭ. އަދި މިކަންކުރަނީ ހަމައެކަނި ފުލުހުން ކަމަށްވެ ހަބަރުތަކަށް މިކަން ނޭރުވުމަށް ފުލުހުން އުވާލަންފެނޭ.

  16. އަހްމަދު

    މީހުންގެ އަނބިންވެސް ބޭރުކުރޭ! އަނބިން ވެއްދީމާ ނޫންތީ އެމީހުންނަށް ވަދެވުނީ! ހުރިހާ އަނބިން އެނާއަޢި އެކު ފޮނުވާލާ!!!

  17. ކެންދޫ އައިސިރު

    އަންވަރު ކިޔާމީހަކާ އިބުރާހިމް ކިޔާމީހަކު ރާވައިގެން ކެންދޫގަ ފުލުސްމީހާ ބޭރުކުރަން ހިންގި ލާއިންސާނީ ޖަރީމާއެއް މިކަމުގެ މުގުލުގަ ތިބިމީހުންނަށް ޝަރީއަތް ހިންގުމަށް ފުލުހުންގެ މުއަށްސަސާއަށް ގޮވާލަން.

  18. މއ

    ތިރަށު އަންހެން ދަރިންވެސް ތަރުބިއްޔަތު ކުރުންގަނޑުން ވޭސް ރަންގަނޅީ ހެން ހީވަނީ

  19. ނަންނި

    މީ އެރަށު ބަޔަކު ވެލާ ހިފައިގެން ޖޫރިމަނާ ކުރުމާއި ގުޅިގެން އަރަށުގައި ތިބި ކަންނެތް ފުލުހުންގެ ބަޔަކު އިސްވެ ހުރެ ރަގަނޅަށް މަސައްކަތް ކުރާ ފުލުހަކު ބަދުނާމުކޮށް ބޭރު ކުރުމަށް ހިންގި ހަޑި އަމަލެއް

  20. ބައްސޭ

    ވެއްދި އަނބިމީހާވެސް ބޭރުކުރަންވާނެ

  21. ސަނާ

    ދަންވަރު ފުލުންހިންގާ ތަހުގީގު ތަކަށް މީހުންގެ އަނބިން އެއްބާރުލުން ދެނީނު.

  22. ދިވެހި ޒުވާނުން

    ތިޔައީ ސިޔާސީ ކުޅިވަރެއް

  23. ސައިނަަ

    ސީދާ ކަނޑައެޅިގެން ދޮގު ޚަބަރެއް ، ކެންދޫ ބަަޔަކު ފާޅުކަންބޮޑު ގޮތެއްގައި ވެލާ ހިފައިގެން ، ލަައްކަ އަކަށްވުރެ ބޮޑު ޖޫރިމަނާ އެއް އައުމާއި ، ކެންދޫގައި ކުރާ ޤައިރު ޤާނޫނީ ކަންކަން ހުއްޓުވަން މަސައްކަތް ކުރާތީ ހަޖަމް ނުވެގެން ބަޔަކު ދުރާލާ ރާވައިގެން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް.އެއްވެސް ރަށެއްގެ މީހުން ބޭނުން ނުވެޭ ޤާނުޫނަށް ތަބާވާން.

    5
    1
  24. ބަބުރު

    ފުލުސްމީހާއަކީ ގާނޫނަށްބޯލަނބާ ފުލުހެއް އެރަށު ލާރިދޭމީހުންނާއި ބާރުގެބޭނުންކުރާ މީހުންނަށް ނޯ ބުނާ ގައުމީ ދަރިއެއް ބަޔަކު އަންހެނުންގެ ކައިރިއަށް ވަންނަކަމުގަހަދާ އަޑުއެރުވީމަ ކެންދޫ ރަށްޔަތުންވީ މިއަދު ބޭޒާރު.

    4
    1
  25. ބާގީ

    އަނބިން ވައްދާތީއޭ ވަދެވެނީ ބުނުމަކީ އެކަން ހުއްދަ ވާނެ ސަބަބެއް ވެސް ނޫން.

  26. މުންބާއި

    ކެންދޫގެ ހަލާކު ކައުންސިލް ކައުންސިލްގަހުރޭ މާލޭގެ ކުރީގެ އެމްއީއެސްގަވެސް މުޒާހަރާކޮށް ޕުރިންސިޕަލަށް ބިރުދެއްކި މީހެއް އިބޫ އިސްތިއުފާ '''''..

  27. ަައަނބި ހެޔޮ

    ޢަންބިމީހާ ހެޔޮ ހިލޭ ފިރިހެނުނަްނަށް ގެޔަށް ވަންނަން ދައުވަތު އެރުވިޔަސް ...އަންބިމީހާ ރަގަޅު...ވަންނަ ފިރިހެންމީހާ ގޯސް މިވީ!!!