ގޯއްޗާއި ތަރައްގީގެ މަޝްރޫއުތަކާ އެކު ބޮޑު އަޣުލަބިއްޔަތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން 5,000 ގޯތި ދޭން ނިންމާފައި އޮތް އިރު އެ ގޯތިތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ 10،314 ފަރާތްތަކަށް ގޯތި ދޭން ނިންމިކަން ސަރުކާރުން އިއްޔެ ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 36 އަހަރުގެ ތެރޭގައި ހަތަރު ވެރިކަން ފެނިއްޖެ ކަމަށާއި ނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދެވުނީ މި ސަރުކާރަށް ކަމަށެވެ.

ހަމަ އެހެންމެ މާލޭގެ ރައްޔިތުންގެ ތެރެއިން 10,314 ފަރާތަކަށް ގޯތި ދެވިގެންދިޔުމުން, ޒަމާނުއްސުރެ މާލޭގެ ގިނަ ރައްޔިތުން ތަހަންމަލް ކުރި ދަތިތަކަށް ލުއި ލިބިގެންދާނެ ކަމަށް އޭނާ ވިދާލުވިއެވެ.

އަދި ބާކީ ޝަަރުތު ހަމަވާ އެންމެންނަށްވެސް ގޯތި ލިބޭނެ މަގު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ. ދިމާވި އަދި ދިމާވަމުންދާ ދަތިތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދު ކޮޅަށްޖަހައި، ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިޔަށް ގެންގޮސް, އަމާންކަމާއެކު މި ގައުމު ކުރިޔަށް މި ދަނީ ރައީސް ސޯލިހުގެ އިހުލާސްތެރިކަމާއެކު ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށް އަމީރް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ސޯލިހު ދެވަނަ ދައުރު ޔަގީންކުރާނީ ބޮޑު އަޣުލަބިއްޔަތަކާއެކު, އެއްބުރުން." އަމީރު ވިދާޅުވިއެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު އިއްޔެ އާންމު ކުރި ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓު އިއްޔެ ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ލިސްޓު ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ރަން ރީނދޫ

    ވަގުންނާއި އައުވާނުންނަށް ގޯތި ހަމައެއް އިންސާފެއްނެތި ބަހާފަ،ރައްޔިތުމީހާއަށް ގޯތި މި ދީނީ ސްޕެޝިއަލް އިކޮނޮމިކް ޒޯނުގެ 50 މޭލް ބޭރުން ކަނޑުން. ދެން އެތަން އިންޑިއާގެ ކުންފުންޏަކަށް ޗޯރު އިބްރާހިމަށް ކަޓް ލިބޭ ގޮތަށް ވެދުން ކޮށް ކުރިއަށް އޮތް 5އަހަރު ތެރޭ 2ބަސްތާވެލި ފަޅަށް އަޅައިގެން އޮށް އިންދައިގެން ގެރި މޯދީއާއި ޗޯރު އިބްރާހިމް އިންނާނެ ބަލަން. ވޯޓެއް ނޫން ދޭނީ. އސތށ ލިބޭނެ މިފަހަރު.

    20
  2. ހަގީގަތް

    ވުޖޫދުގަނެތް ގޯޗައް ކިހިނެއް ވޯޓްދޭނީ ގޯތިތައް ކަޑަ ޖަހާފަ ދައްކާ

    23
  3. ކާފަބޭ2020

    ވޯޓުކިހިނެއްދޭނީ؟؟؟ ފުރަތަމަކަމަކަށް ތިޔަބިންތައްހިއްކޭތޯބަލަނީ ހުރިހާރައިއްޔަތުންގެފައިސާއިން އެއްބަޔަކުލާރިދައްކާއިރުއަނެއްބަޔަކަށްހިލޭބިން؟ ތިންހަތަރު ގޯތިހުރިމީހުނާއެމީހުންގެދަރިންނަށްގޯތިހިލޭދިންއިރު ކުލިދައްކައިގެންވެސްއުޅެވޭނެގޮތްނެތްމީހުނަށްލިބޭނީ؟؟؟؟؟ ގިނަގޯއްޗަކީ ވުޖޫދުވާނެކަންވެސްނޭންގޭތަންތަން ދެންހަމަވޯޓު ދޭންވީތޯ؟؟؟؟؟؟؟؟😛😛😛😛😛😛

    10
  4. މާމީ

    ކިތައްމެ ވަރަކައް އައުވާނުނައް ގޯތިނޫން އަލިފާން ދިނަސް ވޯޓެއް ނުލިބޭނެ ޔަގީން

    19
  5. އަލީ

    ހަޔާތުގެ ވެސް ފަހު ދުވަސް ގުނަނީ

    14
  6. ގޯތިން ހިތާމަވެެރިކަން

    ވޯޓްލާ ނިމޭއިރު ގެޔަށް ކަނޑާލާ

    17
  7. އައްޔަބޭ

    ވުޖޫދުގައި ހުރި ގޯތިތައް އައުވާނުންނަށް
    ހިއްކައިގެން ގޯތި ރައްޔިތުންނަށް

    13
  8. އަޙުމަދު

    އިންޝާ ﷲ ، އިންޝާ ﷲ ، އިންޝާﷲ ރައީސް އިބްރާހިމް ވަރުގަދަ ބަލިވުމަކުން މި އިންތިހާބުގައި ބަލިވާނެ. ގޯތި ދިނުމާއި ފުލެޓް ދިނުމުން ވޯޓު އިތުރު ނުވާނެ، މިހާރުވެސް ގާސިމް އިބްރާހިމް އެވަނީ އޭނާގެ ވެރިކަމެއްގައި ހުރިހާ ފުލެޓް ތަކުގެ ކުލި މާފުކޮށްދޭނެ ކަމަކަށް ވިދާޅުވެފައި، އެހެންކަމުން ފުލެޓް އަދި ގޯތި ދީގެން ތިޔަ އުންމީދު ކުރައްވާނަތީޖާ ނު ނެރެވޭނެ، އަދި ފުލެޓް ތަކުގެ ކުލި ހާމަ ވުމުން ގިނަބަޔަކު އިތުރަށް ނުރުހުން ވުމުގެ ފުރުސަތު އޮންނާނެ.

    18
  9. މަދަދު

    ވޯޓްނުލައި ތިޔަހުރީ ރައީސްކަމުގައި ޗޯރު ވޯޓް ލީމާ ގެއައް ކަޑާލާ ދެން ލަލަލާ

  10. ޕޮގުބާ

    ޗޯރޭއަށް ވޯޓެއް ނުދޭނަން

    10
  11. ސޫއޫދު

    ގޯތިދީގެން ވޯޓްދޭނަނަމަ މައުމޫނުވެރިކަމުގަހުއްނާނީ މިއަދުވެސް މީއީވެރިންނައްވިއްސްނާދޭގޮތަކީވަޒީރުން މިކަންމިއޮތީނިމިފަ ފޮއްޓައްއރތިކޮޅުލާތައްޔާރުވޭ ކަރެކްޝަނުންބަލާއައްނަންދެންއިންތިޒާރުގަ

  12. އަލީ

    ވަގުން 9 ސެޕްޓެމްބަރުންގެ ފަހުން ފެންނާނެ....ޖަލުގޮޅިތައް ތައްޔާރު ތޯ

  13. Anonymous

    އަމީރު އައް އެއްޗެއްނުލިބި ތިޔަހެނެއް ނޫޅޭނެ.

  14. ޤަނޫނު

    ޤަނޫނު އަސާސީގައި ކަނޑައަޅަން އެބަޖެހެ ވެރިކަމުގައި ހުންނަ ރައީސެއް 5އަހަރުދުވަހުގެ ދަޢުރެއްގައި އެންމެ ފަހުއަހަރު(5ވަނައަހަރު) އެއްވެސް އައުޕްރޮޖެކްޓެއް ފަދަ ކަމެއް އަލަށް ނުފެއްޓެނެއޭ. އެހެންނޫނީ ތިމާމީހާއަށް ދެވަނަ ދައުރެއް ލިބޭނޭކަމެއް ޔަޤީން ނުވާއިރު ފަހުއަހަރު މާލިއްޔަތުގެ ހުރިލާރި މިހަފުސްކޮށްލަނީ ވޯޓު ހޯދަން. ބައެއް ރަށްރަށުގައި އެއަރޕޯޓް ޓާމިނަލްގެ މަސައްކަތް ފައްޓާނެ އަނެއްބައި ރަށްރަށުގައި ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ބީލަމަށްލާނެ ނުވިތަނުން ޓިނާ ލަކުޑިން ޓާޝަރީ ހޮސްޕިޓަލް ހުޅުވާނެ. މީފުކެއްބޮޑުވަރު ކަންނޭގެ. އަދުން އެޅުވުމުގައިވެސް ހައްދެއް އޮންނަންޖެހޭނެ.

  15. ޙެހެހ

    އާނ ގުނބޯ ހައްދަން ކަލޭމެން މޮޅުވާނެވިއްޔާ ، އަދި ބަޔަކު ހެއްލޭނެ ، ނުހިއްކާ އޮތްފަޅަކުން ގޯތިދޭންބުނީމަ އުފަލުން ނަށާނީ ރަނގޅުބައެއް

  16. ލިކާ

    ރައްޔިތުނައް އެންމެ ބޭނުންޖެހިފައިވާނި ބޯހިޔާވަހިކަންކަން އިނގޭތީ ވެރިން މިހާރު ރައްޔިތން ލޮލިގައި އަނދުން އަޅުވަން ގެންގުޅޭ ޓޫލަކަށް ހަދައިފި

  17. އިމާ

    ސުޕަރ މެޖޯރިޓީގަ ނުވިކަމެއް ދެންވާނެބާ؟

  18. ޜ

    ވިލިނގިލިން ގޯތިދިން....ހުޅުމާލެއިން ވެސް ގޯތި ދިން

  19. ޟެން

    ހުވަފެން ދެކޭނީ ހިއްސާ ކުރާނީ …. ރީތި ލަވައެކޭ ދޯ .އައްޔަ ވަރެއް ނެތޭ އަދި ވެސް.

  20. Anonymous

    ކޮބާހޭ ފުލެޓު ލިސްޓު؟

  21. އަހްމަދު

    އެހެންވިއްޔާ ދެން އެނިމުނީނު. ދެންކޮންމެހެން އަބަދު އަބަދު އެވާހަކަ ގޮވާނެކަމެއްނެތެއްނު.

  22. މަނިކުފާނު

    ތިކަހަލަ ހިޔަޅު ދޮގުވާހަކަ ބުނާއިރަށް ﷲ ޢަޒާބު ފޮނުއްވާނަމަ ނުކެރޭނެ ތިހެން ބުނާކަށް، ޔާމީނު ހިއްކާފަ އޮތް ބިނަކުން ފަސް އަހަރުން ކިރިޔާ ގޯތި ދޭނެނަމޭ ބުނެވުނީ، އަދި ބުނެއެއްނު އިބޫ ދެއްވާ ގޯއްޗޭ، އަމިއްލަ ނަން ތިގޮތަށް ބޭނުންކުރާއިރު ރައްޔިތުންގެ ޓެކްސް ފައިސާއިން ޔާމީނު ކޮއްފަހުރި މަސައްކަތް ޗޯރު ގެއަށް ކަނޑާލާ