ވެރިކަން ކުރުމަކީ ދެކޭ ހުވަފެނެއް ކަމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ސީއެންއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ އަބަދުވެސް ގައުމަށް ހިދުމަތް ކުރަން ސިޔާސީ މަގާމުތައް އަދާ ކުރަން ބޭނުންވެލައްވާ ކަމަށެވެ.

އަދި ކުޑައިރުއްސުރެ ވެސް އެކަންކަމަށް ޝައުގުވެރިކަން ހުންނަ ކަމަށާއި އަދި ވެސް އެކަންކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ހުވަފެނެއް އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކަމުގެ ގޮތުގައި ގައުމަށް ހިދުމަތް ކުރުމަކީ، އެކަމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުން ދެއްވައިފިއްޔާ އެކަން ކުރެވިދާނެ. ދެން އަޅުގަނޑު އެކަން ކުރަން އެންމެ އެކަށީގެންވާ ވަގުތެއްގައި އަޅުގަނޑު އެކަން ކުރަން ނުކުމެ ރައްޔިތުންގެ ގާތުގައި އެދޭނަން އަޅުގަނޑު މިހިރީ ތައްޔާރަށޭ" އަލްހާން ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ކުރިމަތިލައްވަން ނިންމާފައި އޮތް ނަމަވެސް ދިމާވި ކަންތައްތަކާއި ހުރެ ކުރިމަތި ނުލެއްވުނީ ކަމަށެވެ.

އޭގެ ތަފްސީލެއް އަލްހާން ނުދެއްވައެވެ.

އަލްހާން އެންމެ ފުރަތަމަ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީ އިންނެވެ. ނަމަވެސް ފަހުން އަލްހާން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައި ވެސް މަސައްކަތް ކުރެއްވިއެވެ.

އަދި ނިިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި އަލްހާން ވާދަ ކުރެއްވީ ހެންވޭރު އުތުރު ދާއިރާ އަށެވެ. ނަމަވެސް އެ ގޮނޑި އަލްހާންއަށް ކާމިޔާބެއް ނުކުރެއްވުނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖަނާބު

    އަލްހާނަށް ރާއްޖޭގެ ވެރިކަން ކުރެވިދާނެ. މީހުން ހެއްދުމުގެ ހުނަރު އޭނާއަށް ވަރަށް މަތީ ދަރަޖައަކަށް ލިބިފާވޭ. އެކަމަކު އޭނާ ވެރިކަންކޮށްނިމޭއިރު އެމްއެމްއޭއާ ބޭންކު އޮފް މޯލިޑިވްސް އޮންނާނީ އޭނާގެ ނަންމަތީގާ.

    30
  2. ޟެން

    ކަލޭ ވެރިކަމަށް ނޭރުވިގެން ރައްޔިތުން ތިބީ ލޮލުގެ ނިދި ގެއްލޭ ހިސާބުގައި. ގިނަ ރައްޔިތުނަށް ކެވެނީކީއެއް ވެސް ނޫން، މަ މިހިރީ ފެންވެސް ވަރާލަން ނުކެރިފައި ކަލޭ ވެރިކަމަށް ނުގެނެވެނީސް ،އެހާވެސް ތާހިރު މިފަހުން ކަލޭ ކޮށްފައިވާ ކަންތަށް. އަދި ވެސް އެތަށް ބަޔަކަށް ލާރިކޮޅު ނުލިބޭ ކަމަށް އަޑު އިވޭ. ކޮންމެސް ވަރަކަށް ލަދުހާޔާތެއް ވެސް ހުންނަން ވާނެތާ އެކެނޑުނެއް ކަމަކު.

    28
  3. ހަންޑިކުޑަ

    ހުވަފެން ފެނުމަކީ ނުވަތަ ދުށުމަކީ އެއްވެސް މައްސަލައެއްނޫން. ނަމަވެސް ޤައުމެއްގެ ރައްޔިތުންނަށް ދޯކާ ދީފައިވާނަމަ އެ ރައްޔިތުންނެއް ވޯޓެއް ނުދޭނެ.

    32
  4. ރަން ރީނދޫ

    މޮޔަވެބަލަ. ބުރާންޗެއްގެ ލާމަސީލު.

    16
  5. ޙާދިސާބޭބެ

    ﷲ އީރާދަ ކުރެއްވިޔާ ތިޔަ ފުރުސަތު ކަލެއަށް ނުލިބޭނެ ! ކަލެއަކީ އެއްވުރެން ކަރެޕްޓު މީހެއް!

  6. ރުކުމާ

    މޮޔަވެބަލަ. ބުރާންޗެއްގެ ލާމަސީލު.

  7. ލާދީނީ

    ޖުވާ ކުޅޭ ވަގުން މިއުޅެނީ ވެރިކަންކުރާހިތުން.

    • ޢަބްދުއްލަޠީފު

      ކަލޭ ތިޔަ އިންނަނީ އަބަދު މިސްކިތައް އަރާދޯ؟

  8. Anonymous

    ހަހަހަ. ހުވަފެނުން

  9. ސައްތާރު

    ކަލޭ ކަހަލަ މީހެއް ވެރިކަން ކުރަން ހުވަފެނުން ބެލުންވެސް އެއީ ބޮޑު ގޯހެއް

  10. އަހްމަދު

    ތިޔަ ހީކުރެވެނީ ހަމަ ރަނގަޅަށް. އަލްހާނަށް ވެރިކަން ކުރެވޭނީ ހުވަފެނުގައި.

  11. ިސިސހސނސކ

    ކޮބާ ލާރިގަނޑު ކާލައިގެން ތިޔަ ހުންނަނީ..

  12. Anonymous

    ތިކަން ކުރޭ ހުވަފެނުގަ ، ހޭލާ ހުރެގެން ތިޔަކަހަލަ ކަމެއް ކުރަން ނުވިސްނިއްޔާ ވ.ރަނގަޅު.

  13. ލަވް

    ކަލެއް ކުރެވޭނީ ވެރިކަމެއް ނޫން ކަންވެރިކަން!