ރައްޔިތުންގެ މަޖިލީހިގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތުމުން އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމުގެ ވިސްނުން އެބަހުރި ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީޣެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

"ސީއެންއެމް" އިން ގެނެސް ދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ވެރިކަމަށް އެންމެ ރަނގަޅު ކެންޑޭޑިޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެ ނޫން ބޭފުޅެއް ފެންނަން ނެތް ކަމަށެވެ.

އަދި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ނުހުންނެވި ނަމަވެސް ގައުމީ ކަމެއްގެ ގޮތުގައި ރައީސް ސޯލިހުއަށް ތާއިދު ކުރުމުގައި ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އެބަ ވިސްނަން އަލުން އެމްޑީޕީއާ ގުޅިގެން އަޅުގަނޑުގެ ސިޔާސީ މަސައްކަތްތައް ފަށަން. އަޅުގަނޑު ހުރީ ރައީސް ނަޝީދު އެމްޑީޕީގެ ލީޑާޝިޕްގައި ހުރެއްޖެ ކަމަށްވާ ނަމަ، އެމްޑީޕީއަށް ނުދާން. މިހާރު އެ ހާލަތު ބަދަލުވެއްޖެ." އަލްހާޏް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވައި އަލްހާން ވިދާޅުވީ ރައީސް ނަޝީދު އުފައްދަވަން މިހާރު އުޅުއްވާ "ދަ ޑިމޮކްރެޓްސް" ޕާޓީން އެއްޖިއްސުން ގުޅުން ހިންގުމަށް ވަކާލާތު ކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އަލްހާން ވިދާޅުވީ އެމްޑީޕީ ލާދީނީވީ އެންމެ މީހަކާ ހުރެ ކަމަށާއި ދެން އެ ޕާޓީއަށް ލާދީނީ ކިޔާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްގައި މަރުތަޅު އެޅިފައިވާ އިރު އެހެން ދިމާވީ ރައީސް ނަޝީދާ ހުރެ ކަމަށާއި ރައީސް ނަޝީދަކީ ހުދުމުހުތާރު ބޭފުޅެއް ކަމަށް އަލްހާން ސިފަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޭބެ

    ތިއުޅެނީ ޗޯރޭއާ ގުޅިގެން މީހުންނައް ދައްކަން ވެފެހުރި ލާރި ނުދައްކާ ވޭތޯ،😂😂

    16
    2
  2. މާމީ

    ދެން 4 މަސް ވަރު އޮތީ އަވަހައް ގުޅޭ

  3. ޢަލީ

    ރައްޔިތުންނަށް ލާރި ދޭން ޖެހޭމީހުންނާއި ޓެކްސް ނުދައްކާ މީހުންނަށް އެންމެ ފަސޭހަ ގޮތަކީ ސަރުކާރަށް ތާއީދު ކުރުން!

  4. ބަކޫ

    ހާދާހީއެއްނުވެޔޭ ކޮންމެވެސް އެދުމެއްގައި އުޅޭހެން ހީވަނީ ! ކަލޭތިހާދީންވެރި ދީނީމީހެއްނަމަ ކީއްވެތަ މިޙުންއަތުން ފައިސާނަގައިގެން އަދިވެސްނުދީތިއުޅެނީ. އަދިބުނަންތަ ނަޝީދު ލާދީނީވެފަ އިބޫ ދީނީވެފަ އެކަން ނިއްމާނީ ކަލެއެއްނޫން އިނގޭ އަދިކަލެޔަކަށް މާތްﷲ މުސްލިމް ދިވެހި އާއިލާއެއްގެ ދެމަފިރިޔަކަށް ލިބިފައިވާ ދަރިޔަކު އެއީ ޣައިރު މުސްލިމެއްކަމަށް ނުނިއްމޭނޭ އެކަން ދެނެވޮޑިގެންވާނީ ހަމައެކަލާނގޭ....މާތްﷲ ސުބުހާނަހޫ ވަތައާލާ ހަލާލުކުރައްވާފައިވާ ތަކެތި އަހަރެމެންނަށް ހަރާމެއްނުކުރެވޭނެ އަދި ހަރާން ކުރައްވާފައިވާ ތަކެތި އަހަރެމެންނަކަށް ހަލާލެއްނުކުރެވޭނެ އެހެންވީމަ އަހަރަމެން ނަކަށް ނުބުނެވޭނެ ނަޝީދަކީ ކާފަރަކޭ އަދި ޔާމީނަކީ ކާފަރަކޭ ނޫނީ އިބުރޭއަކީ ކާފަރަކޭ ސާފުވާނެކަމަށް ހީކުރަން...........

  5. ޣާޞީ

    އިބޫ ނޮހޮވޭނެ ކަމަބުނާ ނަޝީދުއަށް އެއްވެސް ވޯޓެއްނުލިބޭ ރައްތައްވެސް އެބަހުރި

  6. ޕިސްޕިސް

    ކައިރިވެސްނުވާތި . . ތި ކޯޗެއް

  7. ލަވް

    ކަލޭ ގުޅޭނެ!! ކަލޭގެ ކަޅު ކުލައިގެ ބޯ ވެފަ ހުންނަ ދެ ތުންފަތުން އެދުންވެރިކަމުގެ ލަފްޒެއް ނޫނީ ބޭރުނުކުރާތި!

    1
    1
  8. ރަން ރީނދޫ

    ޑީއާރުޕީ މެމްބަރެއްގެ ގޮތުގައި ފޭދޫ އެމްޕީއަކަށް ހުރެފަ،ފައިސާގެ ދަހިވެތިކަމުގައި ،އެމްޑީޕީ އާއި ގުޅުނު ހިސާބަކީ،ކަލޭގެ ސިޔާސީ ކެރިއަރުގެ ނިމުން. އެއީ ނަޝީދު ކަލެއަށް ދިން ލަނޑެއް. ދެން ކިތަންމެ ވަރެއް ވިޔަސް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ.