ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ސީރިއަސް ތުހުމަތު ކުރާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމާއި ދަ ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ ނޫސްވެރިންނަކީ ރައީސް އޮފީހުންނާއި އެހެން ތަންތަނުން ފައިސާ ނަގައިގެން އެއްޗެހި ލިއާ ބައެއް ކަން ދޭހަވާ ފަދަ މޭރުމަކުން ތުހުމަތު ކުރައްވައިފައެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިފަހަކަށް އައިސް ސިޔާސީ އެކި ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާއި އެހެން ވެސް ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ސީރިއަސް ތުހުމަތުކޮށް އެހެން ވެސް ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ސީރިއަސް ތުހުމަތުކޮށް ނޫސްވެރިކަން ޑިސްކްރިޑިޓް ކުރުމަށް މަސައްކަތް ކުރާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.

އަދި ނޫސްވެރިންނަކީ ގައުމުގައި ހިނގާ މުހިންމުކަންކަން އާންމުންނާ ހަމަޔަށް ގެނެސްދީ ގައުމީ ބޮޑެތި މައްސަލަތައް އާންމުންނަށް ތިލަކޮށް ބާރުގައި ތިބޭ ފަރާތްތައް ޒިންމާދާރު ކުރުމަށް ކޮންމެ ދުވަހަކު މުހިންމު މަސައްކަތްތަކެއް ކުރާ ބަޔަކަށްވާއިރު، ނޫސްވެރިން ކުރިމަތިކުރުވާ ސުވާލުތަކާއި އެ މީހުން ލިޔާ ލިޔުންތަކާ ގުޅިގެން ނޫސްވެރިންނާ ދިމާކޮށްލައި އެ މީހުންނާ މެދު ޒާތީވެ ތުހުމަތުތައް އުފަންކުރުމަކީ ތަހުޒީބުވެފައިވާ ޑިމޮކްރަޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

"މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ކުރަނީ ގަސްތުގައި ރާވައިގެން ނޫސްވެރިންގެ މަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފައްދައި ނޫސްވެރިކަމުގެ މައްޗަށް ރައްޔިތުން އޮންނަ އިތުބާރު ނަގާލުމަށް ކަމަށް މި ޔޫނިއަންއަށް ގަބޫލުކުރެވެއެވެ." އެމްޖޭއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

"މި ޔޫނިއަންއިން ގަބޫލުކުރާ ހަމައަކީ ނޫސްވެރިންނަށް ވެސް ފާޑުކިޔަންވާނެ ކަމާއި ނަމަވެސް, އެ ފާޑުކިޔުން ވާންވާނީ ޒާތީނުވެ, އަސްލެއް ނެތް ތުހުމަތުތަކުން އެއްކިބާވެ ތިބެ ކިޔޭ ބިނާކުރުވަނިވި ފާޑުކިޔުމަށެވެ. އެފަދަ ބިނާކުރަނިވި ފާޑުކިޔުންތަކާއި ކަންކަން ރަނގަޅުކުރުމަށް ދޭ ހިޔާލުތަކަށް މި ޔޫނިއަންއިން ހުޅުވިފައިވާ ސިކުނޑިއަކުން މަރުހަބާވެސް ކިޔަމެވެ."

ނަމަވެސް، ނޫސްވެރިކަމުގެ ދާއިރާގައި ވެސް ޒަމާންވީ ބޮޑެތި މައްސަލަތައް، މާލީ މިނިވަންކަން ނެތުމާއި ގާބިލް ނޫސްވެރިން އުފެއްދުން ފަދަ ގޮންޖެހުންތައް ހުރިކަން ގަބޫލުކުރާ ހާލު އެކަންކަން ހައްލު ކުރެވޭނީ އެންމެން ގުޅިގެން މިފަދަ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތްކޮށްގެން ކަމަށް ބަޔާނުގައިވެއެވެ. އަދި އެއީ ނޫސްވެރިންނަށް ތުހުމަތުތައްކޮށް ޒާތީ ގޮތުން ދިމާކޮށްގެން ހައްލު ކުރެވޭނޭ ކަންކަން ކަމުގައި ނޫސްވެރިން ނުދެކޭ ކަމަށް ވެސް އެމްޖޭއޭގެ ބަޔާނުގައިވެއެވެ.

އެމްޖޭއޭ އިން ބުނީ ނޫސްވެރިންނާއި އެ މީހުންގެ މަސައްކަތަކީ ގައުމަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ ނޫސްވެރިކަމުގެ މަސައްކަތަށް ހުރަސް އެޅޭނޭ ފަދަ އަމަލުތައް ނުކުރުމަށް އެދޭ ކަމަށެވެ. އަދި ނޫސްވެރިންވެސް ރާއްޖޭގައި ހެދިފައިވާ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ ބެސްޓް ޕްރެކްޓިސްގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ގޮވާލާފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ ރައީސް އޮފީހުން ވަކި ގޮތަކަށް ހެޑްލައިން ޖަހަން އަންގާފައި އޮތީމަ، އެ ހެޑްލައިން ޖެހޭނެ ގޮތެއް ހޯދުމަށް ނޫސްވެރިން އައިސް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ނޫސްވެރިންނަށް ލިބޭ ފައިސާއަކީ ރައްޔިތުންގެ ޓެކްސް ފައިސާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިޔަބޭފުޅުންނަށް އެމްއޭސީއެލް އިން މަހަކު އެއް މިލިއަން ރުފިޔާ ދެނީ ކިހިނެއްތޯ؟ އެހެނެއް ނުބެހޭނެ. ދެން އޭތި ނަންގަވައިގެން އެބޭފުޅުން ބޭނުންވާ ގޮތަކަށް ހެޑްލައިން ޖައްސަވަން ނޫޅުއްވާ." ދައުރު ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ހިތްހަމަނުޖެހި ހުންނަވައި އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެއްވެސް ނޫހަކަށް ސަރުކާރާ ދެކޮޅަށް އެއްވެސް އެއްޗެއް ޖަހާލެވެން މިއަދު ނެތް ކަމަށެވެ. އެ ހަގީގަތް ގަބޫލު ކުރަން ޖެހޭ ކަމަށް އަމްރު ވިދާޅުވިއެވެ. ކޮންމެ ނޫހެއްގެ ވެރިމީހާ ހުންނަނީ ގޮސް، ސަރުކާރަށް ވިކިފައި ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ޝުޖާއު ވެސް ވަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ނޫސްތަކަށް ފައިސާ ދެމުން އަންނާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި "ފޮޅި" ނޫސްތަކަށް ވެސް ކުންފުނިތަކުން ބޮޑެތި ހަރަދުތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނަމަސްތޭ

    ތި ސުޖާތީ ވަރަށް ސައިޒް އޮޅިފަ ހުންނަ މީހެއް . . . އެހެންނޫނަސް ނޫސްވެރިންވެސް ވަރަށް ސިޔާސީ

    11
    44
    • ދޮންބެ

      ދިވެހި ރާއްޖޭގައި މިނިވަން ނޫސްވެރިކަން 13 ދަރަޖަ ވެއްަޓުމުންވެސް އެގޭކަމަކީ ދިވެހި ނޫސްވެރިން ސަރުކާރުގެ ޖީބަށް ވެއްޓިފައިވާ މިންވަރެެވެ.

  2. ކައްނާޑި

    ލާރިދީފަ ހުރިކަން ދޮގުކުރެވޭނީ ކިހިނެއް؟ އެތައް ފަހަރަކު އެމަޢުލޫމާތު ހޯދައިގެން ނޫސްތަކުގަ ޖަހައިފި. ޢެމްޖޭއޭ ކިތތންމެ ވަރަކަށް ބޮއިޖޮޓް ކުރރވިއަސް ތެދެއް ވާނީ ހަމަ ތެދަކަށްދޯ!

    66
    3
  3. ބާބާނިއުސް

    ހިވަވަރުދިނަސް އުފުރާލަން ދެންއޮތީ 2 މަސް ކޮރޮޕްޝަންމަތީ ދެމިނުތިބެވޭނެ މުޅިސިސްޓަމް ބަދަލުކުރަން ރައްޔިތުން ނިކުއްނަނީ ވޯޓުން ޖޭމްއެއް ބަޓަރްއެއްނުބަލާނެ ތިސޭންޑްވިޗް 5އަރުހަރު ވެއްޖެ ބޮޑެތިޑަސްބިންތައް ފުރިއްޖެ އަޅާއަޅާ ސޭޕްހުރިތާހުރީ އައްނީ އައްނަނީ ފިލްއެޅިފޮއްޓެއް

    44
    3
  4. ޝެއިޚް އަޖުމަލް.

    ޑިމޮކްރެސީ ގައި ފާޑު ކިޔާނެ، ކޮންމެ ދެ ފިރިޔަކު ނޫސްވެރިކަން ކުރިޔަސް، އޯކޭ. ނޫސްތަކުގައި ވ ރަފަޅު ޚަބަރު ހުރޭ، ނަނަވެސް ސަރުކާރު އުގުން ހިނަގާ ނޫހާއި، ބުރަމަސައްކަތުން ސްޕޮންސަރ ހޯދާއިގެން ހިންގާ ނޫސް އެބަހުރި.

    20
  5. އަހުދު

    ސަރުކާރުގާ މި ވައްކަން އެންމެ ބޮޑަށް ކުރަންއޮތް ކުންފުނީގައި އެކަން ހިންގަން އުޅެ އުޅެ ކައި ނުނިމިގެން އުޅެނިކޮށް ވަޒީފާ އިން ވަކި ކުރީމާ މިއަދު ކެތް މަދުވެގެން އުޅޭތަން މި ފެންނަނީ، ދެން އިން މީހާ އަށް މިވާހަކަ ޤަބޫލު ކުރެވޭނެ، އެހެނީ އެމީހުން 5 އަހަރެއްގެ ދަވްރެއް ފުރިހަމަކުރީ ހުސްވައްކަމާ ނޫސް ގަތުމާ ނޫސްވެރިން ބިރުގަންނަވާ މެރުމާ މިފަދަ ޖާހިލިއްޔަ ޒަމާނުގެ ޖަންގަލީގެ އުޞޫލު ތަކަށް ކަމުން އަމިއްްލަ އަށް ކުރިކަންތައް އެމްގުން ކިޔަން ވަރަށް ފަސޭހަވާނެ. މިއަދު ވެސް ނޫސްވެރިންނަށް މާކަ ބޮޑަށް ސަރުކާރާ އިދިކޮޅަށް ކިޔާނެ އެއްޗެއްނެތީމާ އެއީ އެމީހުންދެކެ ރުޅި އަޔަސް އެމީހުނަށް ބަދަލު ކުރެވޭނެވެސް ކަމެއްނޫން .

    1
    14
    • ޙެހެހ

      މިއަދު ތިޔަބުނާ އެމްޖޭއޭ އެއްގައި އެތިބީ މިސަރުކާރު ގެންނަން ރާ ޓީވީގައި ތިބެގެން ކެމްޕޭން ކުރިމީހުން ، އެހެންވެ އެމީހުންނަކަށް ހަޖަމެއްނޫވާނެ ، އެމީހުން ޤަބޫލުކުރާގޮތުގައި އެމީހުންނކެޔަސް އޯކޭ ، އެހެންމީހުން ކައިގެން ނުވޭ

      11
  6. ަސދަސދ

    ހިތްވަރު ދޭންވީ.
    ނަމަވެސް ހަގީގަތް ވާނީ ހަގީގަތަށް.
    ވަގުތު ނޫސް ނޫނީ އަހަރެން ތާއީދުކުރާ ނޫހެއް ނެތް

    17
    1
  7. ހޭލާ

    މިއީ ހަމަ އިބޫއާ ނަޝީދާ ގުޅިގެން ޕީޕީއެމް ކެމްޕެއިން ފަނިކޮއްލަން ޖައްސާ ގޭމަކާ ވައްތަރީ. ޕީޕީއެމް ހޭވެރިވެބަލަ

    15
    3
  8. އަހުމަދު

    ހަޖަމް ނުވީ ތޯ

    12
    1
  9. ޙެހެހ

    ހެޔޮ ކުރިޔަސް ، މުޅިޤައުމު ކުރުމުގައި ނޫސްވެރިންގެ ދައުރު ވަރަށްބޮޑު ، އަދި ނޫސްވެރިން އެބަފެނޭ ވެރިކަމެއް ބަދަލު ކުރަންޏާވެސް އެންމެ ކުރީގައި އުޅޭބަޔަކަށް ، ދެން ވެރިކަމަށް ބަޔަކު ލާފަ 4 އަހަރު ވެރިންނަށް ސަނާ ކިޔާފަ ، އަނެއްކާ ފަހު އަހަރު ފިތުނަ

    14
  10. ހަގީގަތް

    ފުރަތަމަ ސަރުކާރުގެ ނޫސް ކޮންފޮރެންސްތައް ބޮއިކޮޓް ކުރަންވީ

    17
    2
  11. ޝޮކްތެރަޕީ

    ފައިސާ ބަހަނީ ހެސްކިޔާފަ އެމްޑީޕީޔަ ވޯޓެއް ނުދޭނަން.

    12
    1
  12. ހައިރާން

    ދައުލަތުގެ އިދާރާއަކު މިހާ ދަށު ދަރަޖައިގެން ވާހަކައެއް ދެއްކުމަކީ، އެ އިދާރާއަކުން އެ ދައުލަތެއްގެ މޫނުމަތީގައި ތަފާތެއް ޖެހުން ފަދަ ކަމެއް. ހިތްވަރު ދިނަސް ނުދިނަސް ހަގީގަތީ މި ގައުމުގެ ބައެއް ނޫސްވެރިންނަކީ ކޮންމެވެސް މީހަކު ދިއްކޮށްލާ އެތިކޮޅެއްގައި ޖެހިގެން ފިތިގެން އުޅޭ ބައެއް. އަނެއް ބައި ނޫސްވެރިންނަކީ ސިޔާސީ އެކްޓިވިސްޓުން. މިކަން ބަދަލުނުވާހައި ދުވަހަކު ނޫސްވެރިންގެ އަގެއް ނުހުންނާނެ. އިންސާފުވެރި ނޫސްވެރިކަމެއްވެސް ނުކުރެވޭނެ.

  13. ލުޠުފީ

    ތުހުމަތެއް ނުކުރޭ. ޙަޤީޤަތް ހާމަކުރީ. ރައީސް އޮފީހުން ބުނެފައި އޮންނާނެ ބައެއް ނޫސްތަކަށް ރުފިޔާ ބަހާ ވާހަކަ. މިހާރު ތިޔަ އުޅެނީ އެކަން ރަނގަޅަށް އެނގޭ މީހުން ނިކުމެ އެކަންތައް ރަނގަޅަށް ހާމަކޮށްފާނެތީ ޙަޖަމުނުވެގެން.

  14. ޙަސަން

    ދޮގެއްނަމަ ތިވަރަށް ނުފުއްޕާނެ ބަޔަކު ކިތަންމެ އެއްޗެކޭކިޔަސް ނޫސްވެރިން ޖެހޭނީ އެމީހުންގެ ޒިންމާ އަދާޖުރަން އެހެންނޫނީ ކިޔާނީ މަސްވެރިންނޭ