ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދިވެހި ސަރުކާރުން ކުރާ ހަރަދުގެ ތަފްސީލުތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އިން ދެކޮޅު ހެދުމުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިއަދަށް ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އެދުނީ ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާން އެވެ. އަޒާން ބުނި ގޮތުގައި މިއަދު ހެނދުނު 09:00 ގައި އެމައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަން ތާވަލް ކުރި ނަމަވެސް ބަންޑާރަނައިބުގެ އޮފީހަށް މައްސަލައަށް ހާޒިރުވުމަށް ޗިޓު ފޮނުވިފައިނުވާކަމަށް ބުނެ 9:20 ހާއިރު މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުން އަަޒާން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ތެރެއަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އެޓާނީ ޖެނެރަލްގެ އޮފީސް ވެސް ވަނީ ތަދައްހުލްވެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ ސިފައިންނަށް ދިވެހި ސަރުކާރުން ކުރާ ހަރަދުގެ ތަފްސީލުތައް ހާމަކޮށްފި ނަމަ ދެ ގައުމުގެ ގުޅުމަށް ނުރަނގަޅު އަސަރުކޮށް، ރާއްޖެއަށް ކާޑު ލިބުމުގެ ދަތިކަން ވެސް ކުރިމަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކުރިން އޮތީ ބުނެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހައި ކޯޓުގައި ބުނެފައި ވަނީ، ހޯދަން އެދިފައިވާ މައުލޫމާތަކީ ކޮންޓްރެކްޓެއްގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ކަމަށާއި އޭގައި ސިއްރު ހިފަހައްޓަން ޝަރުތުކޮށްފައިވާ ކަމަށް ސިފައިންގެ ލަފާ ދޭ މަޖިލީހުން ބުނެފައިވާ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތަކަށް ވާތީ ހާމަނުކުރަން ވެސް ލަފާދޭ ކޮމެޓީން އެދިފައިވާ ކަމަށެވެ.

ގައުމީ ސަލާމަތައް ނުރައްކާވެދާނެ ކަމަށް ބުނެ އެ މައުލޫމާތު ނުދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނަމަވެސް އެ މައުލޫމާތު ގައުމީ ސަލާމަތާ ގުޅޭ ގޮތެއް އަދި އެ މައުލޫމާތު ހާމަކޮށްފި ނަމަ ގައުމީ ސަލާމަތައް ނުރައްކާވާ ގޮތެއް ބަޔާންކޮށްނުދެވޭ ކަމަށް އަޒާން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްގައި ބުނެފައިވެ އެވެ.

މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް އަދި ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞާދު ހުސައިން

    އިންޑިޔާގެ ބީ.ޖޭ.ޕީ . ޖަމާޢަތަކީ ނިރުބަވެރި ޖަމާޢަތެކެވެ. ވެރިކަން ކުރަނީ މި ޖަމާޢަތުންނެވެ. ގެރިއާބެހޭ ވަޒީރަކު ސަރުކާރުގައިވެއެވެ. ގެރިމަސް ކެއުމާއި އުފުލުން އަދި ވިޔަފާރި ކުރުން މުސްލިމުންގެ މައްޗަށް ކުށެއްކަމުގައި ހަދާފައިވެއެވެ. ނަމަވެސް ބައެއް ސްޓޭޓްތަކުން ސަރުކާރުން ޢަންގާ މިފަދަ ކަންކަމަށް ތާއީދެއް ނުކުރެއެވެ. މިފަދަ ސަރުކާރަކުން މުސްލިމުންނަށް ހެޔޮއެދިގެން ކަމެއް ކޮށްދޭނެކަމަށް ބުނާމީހެއްގެ ވިސްނުން ރަނގަޅުކަމަކަށް ދެކުން ހެޔޮނުވާނެއެވެ

  2. މާމީ

    އިންޑިއާ ސިފައިން ރާއްޖޭގަ ތިބެންޖެހޭތަ؟؟؟؟

    6
    1
  3. ކަމަނަ

    ކާޑު ހޯދޭނެ އިންޑިޔާއިން ނޫނަސް، ދިވެހިން ކައިގެންތިބެނީ އިންޑިޔާއިން ދިނީމައި އެކަންޏެއް ނޫން. ތިޔަ ގެރި މޯޑީގެ ފައިބުޑަށް ސަލާމް ޖެހުމަށް ވުރެން ރަނގަޅުވާނެ އޮޅުއަލައާއި މަހާ ކައިގެން އުޅުނަސް. އަމިއްލަ ގައުމުގެ ފަގީރުކަމާއި، ރައްޔިތުންގެ ގަމާރުކަމާއި، ލިޔަންކިޔަން އެނގޭ ނިސްބަތް ރަނގަޅުކުރަން އުޅުނިއްޔާ މާތާހިރުވާނެ ރައްޖެއާ ޖެހިގަނެގެން އުޅުމަށްވުރެން.

  4. ާާަަޢަލީ

    ނުޖެހޭނެތިބޭކަށެއް އިންޑިޔާ އައުޓް