ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންދާ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގޮވާލައިފި އެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސްގެ ރައީސްކަމުގައި ހުންނެވި އިތުބާރު ގެއްލިފައިވާ މުހައްމަދު ނަޝީދު އާއި އޭނާގެ ބައިވެރިން މަޖިލިސް ހިސޯރުކޮށް އެކި ބަހަނާ ދައްކައިގެން ޖަލްސާތަކަށް ހުރަސްއަޅާ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންގައިވާ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

"މަޖިލިސްގެ އިމްތިޔާޒަށް އެއްވެސް ފަރާތަކުން އަރައިގަތުމަށް ފުރުސަތް ދެވިގެން ނުވާނެ. މިފަދަ ކަންކަން އަޅާނުލާ ދޫކޮށްލާނަމަ ގާނޫނުގެ ބާރު ކެނޑި ގައުމުގެ ބޮއްސުން ލައިގެން ހިނގައިދާނެ. އަދި ވެރިކަމުގައި އަދި މަޖިލިސް ރައީސް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދޮރު ހުޅުވިގެންދާނެ." ޝަރީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތެއް އީވާއަކަށް ނެތެވެ. އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހަދަމުންނެވެ. އެހެންކަމުން މަޖިލިސްގެ ދައުރު ނިމިގެން ދިޔައިރު އޮތީ ހުއްޓިފަ އެވެ.

އެމްޑީޕީގެ އެދުމުގެ މަތިން އިއްޔެ ވަނީ މަޖިލީހުގެ ދައުރުގެ ބޭރުން ޖަލްސާއެއް ބާއްވާފަ އެވެ. ނަމަވެސް 50 ސިކުންތުގެ ތެރޭގައި އެ ޖަލްސާ ވަނީ ނިންމާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަތަރަސް

    ބަލަ މަވޯޓާ ކަލޭއަކީ ޓްރަސަރއައިލެންޑުން ނަހައްގުންމުއްސަދިވިމީހެއްތަ؟ އެހެންވީމާތަ ދިޔަހާލަދުކުޑައީ؟؟

    26
    6
  2. ޑްރާމާ

    ތީ ގަޔާކުޅެން ބޮޑުމުސާރަ ނަގައިގެން ތިބޭބައެއް

    26
    2
  3. ވާން

    ތިޔަކަންތައް ޙައްލުކުރަން އިތުބާރު ނެތް ކަމުގެ މައްސަލަ ކޮންމެވެސް އެއް ބޭފުޅެއްގެ ނަން ނަންގަވާ. ތިޔަ ޑްރާމާ ނުކުޅި

    24
    2
    • ފާތުން

      އައްޑޫ މީހުންގޮވާން އައްޑޫއަށްދޭ މަވޯޓާ ޝަރީފް އެމީހުނައް ރަށުން ގޯތިދޭން.😂

      17
      3
  4. ކާފަބޭ2020

    ޤާނޫނީކޮންބާރުވެރިކަމެއްތޯއޮތީ؟ ބޭނުންވީމަބޭނުންވާގޮތަށް ޤާނޫނުމާނަކުރާބަޔެއްތިޔަމީހުންނަކީ! ފަނޑިޔާރުންނަށްފެނިދާނެތީ އެމީހުންގެފުރަގަހުގައި ޢަދާލަތުގެ އާޔަތްލިޔެފަބަހައްޓައިގެން ބޭނުންވާގޮތަށްބޭނުންވާގޮތަށް މާނަކުރާބައެއް ކޮންޤާނޫނީބާރުވެރިކަމެކޭތިޔަކިޔަނީ؟؟؟؟؟؟؟؟

    16
  5. އަބްދޫ

    ގާނޫނުއަސާސީގެ 82 ގެ ށ ތައާރަޒް ވާގޮތަށް މަޖިލީހުގެ ގަވާއިދު އޮތުމުން ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ ހ ގަ ބުނާގޮތުން މަޖިލިސް ތަޅުއަޅުވާ 82 ގެ ށ ތަނފިޒުނުވެ ހުއްޓުވޭ ގޮތަށް މަޖިލީހުގެ ގަވާއިދުގަ ހަދާފަިވާ ބައި ބާތިލް ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވޭ.

    12
    1
  6. ކޯޓު އައްދައުލަތް

    ޝަރުތު ބަޔާންކޮށް މީނަގެ އައިޑީ އާއި އެކު ކޯޓަށް 3 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް މީނަ އަށް އަންގަމެވެ

  7. އދ

    މަޖިލީހުގެ މައްސަލަ މިހާރުން މިހާރަށް ޝަރީޢަތަށް
    ހުށަހަޅަން ޖެހެއެވެ އެހެން ގޮތަކަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަކަށް ނުގެންދެވޭނެއެވެ ރައްޔިތުންގެ
    ފައިސާއިން ބޮޑުމުސާނަގައިގެން ޒިއްމާ އަދާނުކުނަމަ މުސާރަ އާއި ޢިނާޔަތްތައް އަނބުރާ ދައުލަތަށް ދައްކަން
    ޖެހޭނެއެވެ މަޖިލިސް ހުޢްޓުވާފައި ބާއްވަން ވާގިވެރިވި މީހުން އަތުން އެފައިސާ އުނިކުރަން ޖެހެއެވެ.

  8. ނާދިރާތަ

    ތިކަމަށް ތާއީދު

  9. މަސޯޓާ

    ޤާނޫނާއި ޤަވާއިދުން ކަންތައް ކުރާތަންތަނުގަ ޤާނޫނާއި ޤަވާއިދު ހިނގާނީ ޚޮދުމުޚުތާރު ވަެރިކަން ކުރާތަންތަނުގަ ޤާނޫނުގެ ބާރެއް ނުހިނގާނެ ކަލޭ ޤާނޫނުހަދާމަޖްލިހުގަ ހުއްޓަސް ނޭންގެ ޤާނޫނު ހިގާގޮތެއް

  10. އަހްމަދު

    ދަނޑި ކޮޓެކުސް ޕާޓީ ގެ އަސްއެއްމެން ޖަލަށް ލާންވީ..ގަޓު ޔާމީން ވެރިކަމުގަހިރިނަމަ ތިބައިގަޑު މިހާރު ތިބޭނީ ޖަލުގަ ..ކީއްކުރާނީ..ނޯރިއރއްކްޓު..ހުރެގެން މިކަމެއްނުވާނެ

  11. ސޯކާބެ

    މީނާ ޖީއެމްއާރް އަށް އެއަރޕޯޓްދިން މައްސަލައާއި ޓާޓާ މީހުންނައް ފުލެޓް އަޅަންދީގެން އޯޑިއޯން އާއިނާދީ ދިން މަސްއަލަވެސް ބައްލަވާ ދެއްވައްޗެވެ ސަލާމް