ވ.އަތޮޅު އާރަށުގެ މައްސަލަ ރައީސް ޔާމީން އާއި ގުޅުވުމަށް ދައުލަތުގެ ވަކީލު މިސާލެއްގެ ގޮތުގައި މަރިޔަމް ޝީރީންގެ މަރުގެ މައްސަލަ މިއަދު ހައިކޯޓުގައި ފާހަގަ ކޮށްފިއެވެ.

ޝީރީންގެ ލޯބިވެރިޔާ މުހައްމަދު ނަޖާހްގެ މައްޗަށް ކުށް ސާބިތުވީ ޝީރީން މަރާލުމަށްފަހު ފޮއްޓަކަށްލައިގެން ހަށިގަނޑު އުފުލިކަން ސާބިތުވެގެންކަން ފާހަގަކޮށް ދައުލަތުގެ ވަކީލު މިއަދު ހައިކޯޓުގައި ވިދާޅުވީ އާރަށުގެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތުވަނީ ރައީސް ޔާމީން އެކައުންޓްގައި ދައުރުވަމުން ދިޔަ ފައިސާތަކުން ކަމަށެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް ޔާމީން އާއި ދެކޮޅަށް އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީއަތުން ބަލައި ގަންނަން ޖެހޭ ކަމަށް ދައުލަތުން ބުނަމުންދާ ބުނުން މިއަދު ވެސް ހައިކޯޓުގައި ދައުލަތުން ތަކުރާރު ކުރިއެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައި އޮތް ހުކުމް އިސްތިއުނާފުކޮށް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ނުކުތާތަކަށް ރައްދު ދެމުން މިއަދު ދައުލަތުގެ ވަކީލް ވިދާޅުވީ އަދީބު އާއި ޒިޔަތުގެ ހެކި ރައީސް ޔާމީން އާއި ދެކޮޅަށް ބަލައި ގަންނަން ޖެހޭ ކަމަށެވެ.

ފާސިގަކު ގެންނަން ހެކި ވެސް ބަލައި ގަނެވޭނެ ކަމަށާއި އޮންނަނީ ހަމައެކަނި ފާސިގަކު ގެންނަ ހެކި ވެސް ކަށަވަރު ކުރަން ޖެހޭ ކަމަށް ކަމުގައި ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. އަދި އަދީބު އާއި ޒިޔަތު މިމައްސަލައިގައި ދިން ހެކިބަހަށް ބާރުލިބޭ އިތުރު ހެކިތައް ދައުލަތުން ހުށަހަޅާފައި އޮންނާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އަދީބު އާއި ޒިޔަތު ދޮގު ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ދައުލަތުން އެދެމީހުންނާއި އެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގައި ވަކި މީހަކާއި ދެކޮޅަށް ހެކިބަސް ދޭން ނޯންނާނެ ކަމަށެވެ. "ކުށުގެ ބައިވެރިން އެކަކު އަނެކަކާއި ދެކޮޅަށް ހެކިބަސް ދިނުން އެއީ ސިއްސައިގެން ދާން ޖެހޭވަރު ކަމެއް ނޫން." ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބު އާއި ޒިޔަތު ދޮގު ހެކި ދިންނަމަ މިމައްސަލައިގެ ހެކިތަކުގެ ޗޭނު ގުޅިގެންނެއް ނުދާނެ އެވެ. "މިހުރިހާ އެއްޗެއް އެއްކޮށްލުމުން މިމައްސަލައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވޭ." ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބު އާއި ޒިޔަތުގެ ހެކިބަސް ވަޒަން ކުރަން ޖެހޭނީ ވަކިވަކިންނެވެ. އެހެން ހެކި ވަޒަންކޮށްފިނަމަ އަދީބު އާއި ޒިޔަތުގެ ހެކިބަސް އެއްކޮށްލުމުން ފުރިހަމަ ހެއްކެއްގެ ދަރަޖަ ދޭން ޖެހޭނެ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރައްވާ ގޮތުން ހެކި ވަޒަން ކުރަން ޖެހޭނީ އެއްހެކި އަނެއް ހެއްކާއި ގުޅުވައި ނުލައި. އެއީ ހެކިތައް ވަޒަން ކުރާ ގޮތެއް ނޫން. ސީދާ ހެއްކާއި، ނުސީދާ ހެކި އެއްކޮށް ވަޒަން ކުރަން ޖެހޭނެ." ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ރަށްތައް ކަނޑައެޅުމުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަޒީރުންނާއި ޑެލިގޭޓް ކުރިކަމަށް ބުނި ނަމަވެސް އެބާރު ޑެލިގޭޓް ކުރިކަމަށް ބުނާ ވާހަކައަކީ ސާބިތުވާ ވާހަކައެއް ނޫން ކަމަށް ދައުލަތުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ދައުލަތުގެ ވަކީލުން ބަލާލަބަލަ ބިލްގޭޓުސް ، ޖެފު ބުރޮންސް ފަދަ މީހުންގެ އެކައުންޓްގައި ދައުރުވާ ފައިސާގެ އަދަދު ބަލާފައި ތިކަންތަށް ބިލްގޭޓުސް ބޮލުގައި އަޅުވާ ހުކުމް ކޮށްބަލަ ބޯގޯސް ތަކާ

    81
    5
  2. ލުޓޭރުންގެ ސަރުކާރު

    އަދީބުއާ ޒިޔަތުގެ ހެބަހަށް ބާރުލިބޭކަން ކަށަވަރުކުރެވޭނީ ރޔާމީން އެމީހުންނަ އިރުޝާދު ދިންގޮތެސާފުކޮއްދެވުނުނަމަ މެސެޖް ފޯނުރިކޯޑު އެއްވެސްޑާޓާބޭސްއެއް..އެފަދަތަކެތި އެނަލައިސް ކުރިފަރާތެއްގެ ހެކިބަސް އަދި ވީޑިއޯ އެއް އޯޑިއޯ އެއްވެސް ..މީހެއްގެ އެކައުންޓުގަ ކިތައްމެ ބައިވަރު ފައިސާއެއް ދައުރުވިޔަސް ދައުވާ އުފުލުނު ވަކި ރަށެއް ވަކިކަމެއް ފާހަގަކުރާ ތުހުމަތާ ގުޅުވޭހެކި ނެތްނަމަ ދައުވާ އުފުލު ކުށް ސާބިތުނުކުރެވޭނެ..ފައިސާތަކާމެދު ސުވާލު އުފެދޭނަމަ ތަހުގީގުކުރަންވާނީ އެފައިސާތަކާމެދު...ވަކިކަމެއްގެ މުގާބިލުގަ ލިބުނު ފައިސާަކަމަށް ދައުލަތުން ބުނާނަމަ އެކަން ސާފުކޮއްދޭންޖެހޭނީ ދައުލަތުން ހުށަހެޅިހެކިތަކުން..ﷲއަށްބިރުވެތިވެ އަދުލަށް ހުކުމްކުރުމަށް ފަޑިޔާރުންނަ ﷲމަގުދައްކަވާށި..

    80
  3. އަސްވާނު

    ދައުލަތުން ދައްކާފަ ހުރިވާހަކަތަކަކީ ވަރަށް ދަށްފެންވަރުގެ ވާހަކަކަން އެގޭ، ހެކިދޭމީހެއްގެ ހުންނަންޖެހޭ ޝަރުޠުތަކުން ބަރީއަވެފަ ތިބި ޖަލުޙުކުމް ގޭގައިތިބެގެން ފުރިހަމަ ކުރާބައެއްކަން ދައުލަތުގެ ކޯޓުގަ ތިއްބަވާ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭތީ ޢާންމުން ދައްކަންޖެހޭ ވާހަކަ ވަރަށްގިނަ،

    77
    2
  4. ހުސޭނުބޭ

    ތީތި ކަޑަ! ޔާމީނުގެ މައްޗަށް މައްސަލަ ސާބިތުކުރަން ރާއްޖެއަށް ރަންނަމާރި އެރިވާހަކަ މާ ސަޅި. މިހާރު މިއޮތް ޖުޑިޝަރީގައި އެކަން ބަލާގަންނާނެ!

    86
  5. އަބްދޫ

    ގާނޫނީ ގޮތުން ބަލާއިރު ޓޫރިޒަމަށް ރަށްތައް ދުކުރުން ގުޅިފައިވަނީ މިނިސްޓްރީ އޮފ ޓޫރިޒަމާއި އެމްއެމްޕީއާރު ސީ އާއި . މިކަމުގަ ދަވްލަތަށް ލިބޭ ކޮންމެ މަންފަ އެއް ނުވަޔަ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ޒިންމާއުފުލަންޖެހޭ ގާނޫނީ ފަރާތަކުން. އެހެން މީހަކު އެ ޒިންމާ އުފުލަން ނުޖެހޭނެ. ރަށްތައް ކުއްޔަށް ދޭފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އަށް ނުވާ ހިނދު އެ ޒިންމާ ރައީސް އުފުއަވަން ޖެހިވަޑައި ނުގަންނާނެ ، ރިސްވަތު ނެގިޔަސް އެކަން އެކުރަނީ ޓޫރިޒަމާއި އެމްއެމްޕީއާރުސީ ގެ ވެރިން. އެހެނމީހަކަށް ރިސްވަތު ދިނަސް އެދެނީ ގާނޫނީ ޒިންމާއިތް ފަރާތުން ، މިކަން އޮޅުވާނުލައްވަވާ.

    71
  6. އަހުމަދު

    އެކަމަކުވާ!!!!
    އެކައުންޓުގައި ގިނަ ފައިސާ ހުރުން މި ވެސް މި ވަނީ ވައްކަންކުރާ ކަމުގެ ގަރީނާ އަކަށް..
    ދަރިންނޭ..
    ދައުލަތެއް ވާ ނެތް...

    16
  7. ޑައެލޯގް

    އަދީބާއި ޒިޔަތު ސަރުކާރުން އެއްތަނަކަށް ގެންގޮސް ދެމީހުން އެކައްޗެއް ކިޔުވާފަރިތަކޮށްފައި މިގެންދަނީ ކޯޓަށް ދެންހެކިބަސްމިނަގަނީއެވެ. ފާސިގުންގެ ހެކިބަސް މިސަރުކާރުން ބަލައިގަތަސް އިސްލާމުދީނުގައި އެކަމެއްނޯވެއެވެ.

    17
  8. ޢިޔާބު

    ދައުލަތުން ޝީރީންގެ މަރުގެ މައްސަލަ ރައީސް ޔާމީން ގެ އިސްތަށިފުޅުގަ އަޅުވަން މަސައްކަތް ކުރީ

    11
  9. Anonymous

    މުނާފިގުންގެ ހެކިބަސް ބަލައި ނުގަންނަން އިސްލާމީ ޝަރިއްޔަތުގައި އައިސްފައި ވަނީ

    13
  10. ގާސިމް

    އެކައުންޓުގައި ފައިސާ ހުއްޓަކަސް އެކަމާ ނުގުޅުވޭނެ...
    އެކަމު މީހަކު މަރާލާފައި ފޮއްޓަކަށް ލައިގެން ގެންދިޔައީމަ އެއޮތީ ބެދިފައި،،،
    މަގޭ އެކައުންޓް ވެސް ދައުރުވޭ ގުޅުވާލާފައި ގޮޅިއަށް ލާދީބަލަ...
    މިހިޔާލީ ވާހަކާގައި އުޅެނީ 3 ވަގު...
    1 ވަގު ގޮޅީގައި
    2 ވަގު ގޭބަންދު ގައި
    ސަރުކާރުގެ ލުއިތަކާއި އެކު ގޭބަންދު ގައިތިބި 2ވަގު ބުނަނީ ގޮޅީގައި އޮތީއޭ އަސްލު ވަގު
    ކޯޓުން ހުކުން ކުރަވީ މި 2 ވަގު ބުނާގޮތަކަށް...

    3
    6
  11. Anonymous

    ޝާހިދު ގެންދިޔައީ ޝީރީންގެ ހަށިގަނޑުކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ދައުލަތަށް ޝާބިތު ކޮށްދެވުނު.
    ޔާމީން އެކައުންޓުގައި ދައުރުވަނީ އާރަށް ކުއްޔަށް ދިނުމުގައި ނެގި ރިޝްވަތުންކަން ދައުލަތަށް ސާބިތުކޮށް ނުދެވުނު. އަދި އެއެކައުންޓުގައި ހުރީ ކޮންފައިސާއެއްކަންވެސް ސާބިތުނުކޮށްދެވުން. ޔާމީން އެކައުންޓަށް ވަތް ފައިސާއަކީ އާރަށު ފައިސާއޭ ބުނާ ބުނުން ނޫން އެއްވެސް ހެތްކެއް ނެތް. ދެން ދައުލަތުން އަދީބާ ޒިޔަތަށް ގޯތިދީ ރިޝްވަތު ދީގެން ދޮގުހެކިބަސް ހޯދަނީ. އެދެފާސިގުންނަށްވުރެ ދައުލަތުގެ ވަކީލުންގެ ނުބައި ޔަހޫދީ ޝައިޠާނީ ދައްޖާލީކަން ގަދަ. ދޫ ވާވެދާފަދަ ނުލަފާ ދޮގުހަދައިގެން ހަރާމް ފައިސާކާން ތި ވަކީލުން ބިރެއް ނުގަނޭތަ؟

    13
  12. އަޙުމަދު

    އަދީބު އަދި ޒިޔަތުގެ ހެކި ބަސް ދިނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަދި އެއްވެސް ޒާތީ ރުޅިވެރިކަން ނުވަތަ ހަސަދަވެރިކަމެއްވެސް ނެތި ހެއްޔެވެ. 1 ކޮންމެ ގޮތަކުން ލިބުނަސް ނައިބު ރައީސް ކަން އަދީބު އަށް ލިބިގެން ދިޔައީ ޔާމީން ގެ ވެރިކަމުގައެވެ. އަދި ނައިބު ރައީސް ކަމުން އަދީބު ވަކިކޮށް ތަޙުޤީގު ހިންގީ ވެސް އަދި ކޯޓުތަކުން ޙުކުމް ކޮށް ޖަލުގައި ބަންދުކުރީ ވެސް ޔާމީން ގެ ވެރިކަމުގައެވެ.
    2 އަދީބުގެ މައްޗަށް އެތަށް ދައުވާއެއް ކޯޓުތަކަށް ހުށައެޅި ދިޔައީ ހިނގަމުން.
    3 އެމް.އެމް.ޕީ.އާރު މައްސަލާގައި ދައުލަތުގެ ފައިސާ އަށް ޚިޔާނާތް ތެރި ވިކަމަށް އޭނާވަނީ އެއްބަސްވެފައެވެ.
    4 ކަޅު ހުކުރު ބަޣާވާތާއި، ޖުޑިޝަރީ ބަޣާވާތުގެ ތެރެއިން އަދީބާއި އެކު، އެއްބަސްވުން ހެދީ މިހާރު ސަރުކާރުގައި ތިބި މީހުންނެވެ. އެ އެއްބަސްވުން ނެހެދިނަމަ އަދީބު ހުންނަންޖެހޭނީ ޖަލުގައެވެ. ޙުކުމް ތަންފީޛު ކުރުމަށްޓަކައި. ނަމަވެސް ސަރުކާރުން އަދީބާއި ޒިޔަތާއި އެކު ހެދި އެއްބަސްވުމުގެ ސަބަބުން އޭނާގެ މައްޗަށް އުފުލާފައިވާ އެތައް ދައުވާއެއް ވަނީ ކުރިއަށް ނުގެންދާގޮތަށް ނިއްމާފައެވެ. ޒިޔަތު ވެސް ގޭގައެވެ . ޑޮކްޓަރެއްގެ ލަފާގެމަތިން އަދީބު ގޭގައި ބެހެއްޓީ ވެސް އެއްބަސްވުމުގެ ސަބަބުންނެވެ. އެހެން މިދެންނެވީ ވަރަށް ޙާލު ދެރަ ބަލި މީހުން ޖަލުގައި ޙުކުމްތަންފީޛު ކުރަމުންދެއެވެ. ބޭނުން ހާ ދުވަހަކު އަނބިދަރިން ކާރީގައި އުފުލާ އަރާމުގައި ފަރުވާއަށް މަޑުކުރުމުގެ ފުރުސަތު ފަހިވެފައި އޮންނާތީ ނުފެނެއެވެ. އެހެންކަމުން ސަރުކާރުން އެދޭގޮތަށް ކޯޓުގައި ޔާމީން އާއި ދެކޮޅަށް ހެކި ބަސް ދޭންޖެހޭނެ ކަމަށް ހެދި އެއްބަސްވުމުގެ ދެލިގަނޑުގައި ނެތަސް ޢަމަލީ ގޮތުން އެކަން ނުދައްކާނެކަމަށް ބަލާނެ ޤާނޫނީ ހަމައެއް ނެތެވެ. ސަރުކާރުން އެދޭގޮތަށް ކޯޓުގައި ޔާމީން އާއި ދެކޮޅަށް ހެކި ބަސް ދޭން އަދީބު ދެކޮޅު ހަދައިފި ނަމަ އޭނާ ޖަލަށް ބަދަލު ކުރާނެ ކަމުގެ ބިރު އަބަދުވެސް އޭނާގެ ހިތުގައި އޮންނާނެއެވެ. އަދި ނައިބު ރައީސް ކަމުން ވަކިކޮށް އޭނާގެ މައްޗަށް ތަޙުޤީގުކޮށް ޝަރީއަތް ކުރިއަށް ގެންދިޔަ އީ ޔާމީން ގެ ވެރިކަމުގައި ކަމަށް ވާތީވެ، ޔާމީން ގެ މައްޗަށް ހަސަދަ ވެރިކަމާއި ރުޅިވެރިކަން އޮންނާނެއެވެ. އަދި ޔާމީން އަށް ކިތަންމެ ކުޑަ ގެއްލުމެއްދެވެން އޮތަސް އެގެއްލުން ދެވޭތޯ ބަލާނެއެވެ. އެހެންކަމުން އަދީބު އަދި ޒިޔަތު ޔާމީން އާއި ދެކޮޅަށް ދޭ ކޮންމެ ހެކި ބަހަކީވެސް ނޫފުޒު އޮވެ ރުޅިވެރިކަމާއި ނަފުރަތު ނަޒަރުން ވަޒަން ކޮށް ޔާމީން އަށް ސީދާ ގެއްލުން ދިނުމުގެ ބޭނުމުގައި ދޭ ހެކިބަސް ކަމަށް ބަލާނެ ޤާނޫނީ ޖާގަ އެބަ އޮތެވެ.

    11
  13. ނިޔާ

    އަހަރެންދެކެ ރުޅިއަރާ އަހަރެންގެ ފާސިގަކު އަހަންނާ ގުޅޭގޮތުން ހަދާނީ ދޮގުކަން ނޭގޭ މީހަކު ނުހުންނާނެ އޭނާބޭނުންވާނީ ކޮންމެ ފަދަ ދޮގެއްހަދައިގެން ވެސް އެނެކަކު ދުވަސްދުއްވާލަން އަދީބަކީ އެފަދަމީހެއް

    13
  14. ސަނާ

    ޔާމީންއަކީ ޢުމުރުން 24 އަހަރުންފެށިގެބން ދައުލަތުގެ ބޮޑަތި މަޤާމުތަކާ ކުންފުނިތަކުގެ ވެރިޔެއްގެގޮތުގައި މަސައްކަތްކުރި އަދި އެތަކެއް ކުންފުނިތަކެއްގެ ހިއްސާ އޮންނަ ބޭފުޅެއް! އޭގެ އިތުރުން ޔާމީނަށް އެކި ފަރާތްތަކުން ބޮޑަތި އެހީތައްދޭކަމަށް އަދީބުވެސް ލައިވްޓީވީގައި ބުނެފައި އޮންނާނެ! ޔާމީންގެ ޢާއިލާއަކީ ވެސް ފުދުންތެރި ޢާއިލާއެއް! އަނބިކަބަލުނެގެ ޢާއިލާއަކީ އަދި މާ ފުދުންތެރި ޢާއިލައެއް! ޢުމުރުން 63 ޢަހަރަށްދާންދެން އެންމެ ބޮޑަތި މަޤާމުތައް ފުރަމުންއައި މީހގެއްގެ އެތަކެއް އެކައުންޓެއް އޮވެދާނެ! އަދި އެ އެކައުންޓްތަކުގައި ބައިވަރު ރުފިޔާވެސް ހުރެދާނެ! މިއީ ކުށްކަމަށް ދެކުމަކީ ބޯގޯސްމީހަކުނޫނީ ކުރަނޭކަމެއް ނޫން!

    3
    1