ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި ބޭފުޅުން އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ޖަލްސާގައި ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕް ބޭފުޅުން ބައިވެރިވެވަޑައިގެންފިއެވެ.

ޣިޔާސުއްދީން ސްކޫލްގައި މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމެވެ. ޕީއެންސީގެ ފަރާތުން ނައިބު ރައީސް އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގެންނެވި އިރު، އެމްއާރުއެމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާއެވެ.

މި ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީގެ ދައުވަތަކަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އަބީދު

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ ޖަލްސާ އުފެއްދުމުގެ ޖަލްސާގައި 561 މެމްބަރުން ވައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޕާޓީގެ ނަމާއި ކުލައާއި ލޯގާ ވަނީ ފާސްކޮށްފައެވެ. އަދި އަސާސީ ގަވައިދުގައި ހުރި މާއްދާތަށް ފާސްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ނަޝީދުގެ އަރިސް ބޭފުޅުން ފެއްޓެވީ މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހުއެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ހިންގެވީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެކެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އަބީދު

ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ. އެކަމަކު، ނެރޭނެ ކެންޑިޑޭޓަކު ނުނިންމައެވެ. ޑިމޮކްރެޓްސް ބޭފުޅުން ގެންދަވަނީ އެ ބޭފުޅުން ދޫދީގެން ނަމަވެސް ކެންޑިޑޭޓަކަށް ތާއީދު ކުރަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށް ވިދާޅުވަމުންނެވެ.

ދަ ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އެ ޕާޓީގެ ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމަކަށް ގެނައުމެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގެ ތެރެއިން--- ފޮޓޯ: އަބްދުﷲ އަބީދު

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން، ޕާޓީ އުފައްދަން ބާއްވާ ޖަލްސާގައި ޕާޓީގެ ނިޝާން، ކުލަ، ލޯގޯ، އަސާސީ ގަވާއިދު ފާސްކުރުމުގެ އިތުރަށް ޕާޓީގެ ފުރަތަމަ ކޮންގްރެސް ބޭއްވެންދެކަށް ޕާޓީ ހިންގާނެ ވަގުތީ ލީޑާޝިޕެއް އިންތިހާބު ކުރަން ޖެހެއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރުވެސް ނުވަ ސިޔާސީ ޕާޓީއެއް އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާގޮތުން ކޮންމެ ޕާޓިއެއްގައިވެސް މަދުވެގެން 3000 މީހުން ހަމަވާންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލޮލް

    ލާދީނިއްޔަތު އެހެން ނަމެއްގައި އުފަން ކުރާއިރު ތަރުހީބުދޭން ތިބި މީހުންނާމެދު ރައްޔިތުން ސަމާލުވާންޖެހޭ! ކުރީ ފަހަރު އެމްޑީޕީ މަރުވާންދަނިކޮށް އަދާލަތު ޕާޓީން ފެން ދީގެން އެމްޑީޕީ ދިރުވީ. މިހާރު އަދާލަތު ޕާޓީއަށް ތާއީދު ކުރާމީހަކު ނެތޭވެސް ބުނެވިދާނެ. އަދި އެމްޑީޕީ މިހާރު ހީވަނީ ކޮކަޑި ކޭ މީދާ ވާރޭފެން ބޮއިގެން ގަދަވެގެން އުޅޭހެން.

    12
    2
  2. ހުވަދޫމީހާ

    ހުސް ވަގުން! ފޮޓޯ ބަލާނީ ފޮޓޯ ބުނާހެން! މިހާރު މިބައިގަނޑަށް އެއްކަލަ ލާދީނީ އަންނިވެސް އޯކޭވެއްޖެ! ދިވެހިން އަދިވެސް ގަޅީހަމަ!

    18
    5
  3. ވާނުވާ

    ޔާމީން ވެރިކަމުގަ އެހެންވީމަ އަންނި އަށް އެފިނީ ހައްގު އަދަބު ވަމަށް އަންނި އަށް ގަބޫލުކުރެވުނީދޯ
    ވެރިކަން ވަށްޓާލީ ބަގާވާތަކުން ނޫން ކަމާއި ހަމަ ހައްގުން ވަޓާލަން ޖެހޭވެރި ކަމެއްކަން ގަބޫލު ކުރެވުނީދޯ
    މައުމޫން ވެސް ޖަލަށްލީ ހަމަ ލާންޖެހިގެންކަން މިޔަދު މިފެންނަ މަންޒަރުން ވަރަށްސާފް
    ކުރިން އަންނި ލާދީނީ މިހާރު ބޮޑުޝޭހް
    ކުރިން ޔާމިން ވަރުގެ ބޮޑުވަގެއް ނެއް އެކަމަކު މިހާރު ހުރިހާ ކަމެއްވެސް ކުރީ ހަމައިންސާފުން
    މިފެންނަނީ ޑަބަލްޓޭޕް ޑަޒަނެއްބާއޭ ހިތަށްއަރާ

    12
  4. ވިކިލީކްސް

    މިރާއްޖޭގަ ތިބި އެންމެ މުނާފިގު އަދި މުރުތައްދު ވެފައިވާ މީހުން އެންމެ ގިނަ އަދި ކިއެއްތަ ލިވާތުކުޅިއަށް ހިތްވަރުދޭ މީހުން އެންމެ ގިނަ، އެކަމަށް ވަކާލާތުކުރާ މީހުންވެސް ތިބި ގުރޫޕް މިއަދު މިއޮތީ އައު ސިޔާސީ ޕާޓީއެއް ހަދާފަ.

    16
    2
  5. ރިތާ

    ސަރުކާރުގެ ވަޒީރުންނަށް ތިމާމެންގެ އަބިންނާ ދަރިން ބައިތިއްބައިގެން ޖުމްހޫރީ ޕާޓީއާ އެމްއާރުއެމްގެ ލަދުހަޔާތް ކުޑަކަން.

  6. ގައުމީ ދަރި

    ދިވެހިންނޭ ތި މޫނުތަކާ ނަންތައް ރަނގަޅަށް ހަނދާން ބަހައްޓާތި. ހުސް މުނާފިގުން ، ރައްޔިތުންގެ ހަރަދުގާ ވެރިކަމަށް ކޯޅޭ

  7. ރެފްރީ

    ހަނދާނަށްއަންނަނީ މީގެހަތަރުއަހަރުކުރިން ކުނޫޒުގާ ބާއްވާފައިވާޖަލްސާތަކެއް.. ޕޯޑިއަމްފުނޑައިގެންދާވަރަށް ހަޅޭއްލެވިއެވެ. އަވަގުރާނަގޮވިއެވެ. މަލާމާތާއި ފުރައްސާރަކުރިއެވެ. ކައިރީގަހުރި ހޮޓަލުގަ ކަޅުސައިތައްޓެއްބޯލަން މަ ހުރީމެވެ.
    އެފައިސާ މިފައިސާ އެފޮށީގަހުރިފައިސާއޭ ކިޔާއަޑުވެސްްއިވުނެވެ. އެހަޅޭއްލެވީ ކޮންބައެއްކަންއެނގުނެވެ. ވަގަށްގޮވައެވެ. ބަޔަކުމީހުން މިނިވަންކުރަންގޮވައެވެ. ކުޑައިރުކޮޅަކު ދޮރުމަތީގާހުއްޓިހުރީމެވެ.. އެއްބަޔަކު ވަގަށްގޮވާއިރު އަނެއްބަޔަކު ފުމޭމެކުނުތަކެއްހެން އަތްޖަހަޖަހާފަ ފުމެއެވެ. މިހާރުފެންނަމަންޒަރުން ހިނިއަންނަނީއެވެ. ހިނިއެކަނިއަންނަނީކީނޫނެވެ.. މިތިބަސިޔާސީބޭފުޅުން ކުޅުއްވާ ގޭމުގެމޮޅުކަމުންނެވެ.

  8. މިޟަފީގު

    ނުދޭނަން ވޯޓެއް ޑިމޮކްރެޓްސްއަކަށް ހާއްސަކޮށް އަންނި ބުނާ މީހަކަށްއަކަށް. ޔާމީނަށް ވިއްޔާ ދީފާނަން

  9. ޝައިޚް

    ދަޢުވަތަށް އިޖާބަ ދިނުމަކީ ހުއްދަކަންކަމުގައި ވާޖިބެއް! ކިޔުންތެރިން ކޮމެންޓްކުރާއިރު މިކަން ވިސްނުމުގައި ބެހެއްޓެވުން އެދެން

  10. ގލ

    ނަސީދަށް ވޯޓް ދިނުމެއްނެތް ރާއްޖޭގެ ވެރިކަމަށް ނަސީދު
    ކަމުނުދޭ.

    5
    1