ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް އެގޮތަށް ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"އިންޝާ ﷲ އެއް ބުރުން އިންތިހާބު ކާމިޔާބު ވާނެ،" އިއްޒުން ދީން ސްކޫލްގައި މިއަދު ބޭއްވި އެމްޑީޕީގެ މޮޓިވޭޝަނަލް ސެޝަންގައި ރައީސް ސޯލިހް ދެއްކެވި ވާހަކައަކަށް އިޝާރާތް ކުރައްވައި އިޔާޒް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވަނީ އެންމެ ބޮޑު ކޯލިޝަނާ އެކުގައި ކަމަށް އެ ކޯލިޝަންގައި 77،700 މެމްބަރުން ތިބި ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ރިޔާސީ އިންތިހާބަށް ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމަނައިގެންނެވެ.

"މިފަހަރު ރިޔާސީ އިންތިހާބަށް ނުކުންނަނީ ކޯލިޝަނެއްގެ ތެރެއިން. މިތަނުގައި ތިއްބަވާނެ ކޯލިޝަން ބޭފުޅުން. މިއީ މިހާތަނަށް ރާއްޖޭގައި ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން. އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު އެއްކޮށްލީމަ 77،700 މެމްބަރުން އެބަތިބި،" ރައީސް ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ އާ އެކުގައި އަދާލަތު ޕާޓީ އާއި އެމްޑީއޭ ވަނީ ކޯލިޝަން ހަދައިފައެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނަމަވެސް އޭނާ ވަނީ އެ ނިންމުން އަނބުރާ ގެންދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. މުހައްމަދު

    ދީނީ ޢިލްމުވެރިޔެއްގެ ހައިސިއްޔަތުން އެއްޗެއް ނުބުނެ ހުރުން ރަނގަޅުކަމެއް އަހަރެމެން ކަހަލަ ޢިލްމެއްނެތް މީހަކަށް އިނގޭއިރު، އިޔާޒް އަށް އެކަން ނޭގޭތީ އަޖައިބުވޭ.

    52
    1
    • ޖަނާ

      މީނަ އަބަދުވެސް ހައްޖު ނޫނި އުމުރާގައި ގައުމުން ބޭރުގައި ހުންނަންވީ. މިތާ އުޅެންޔާ އަބަދުވެސް ކޮންމެސް ބޭކާރު ވާހަކައެއް ނޫނި ފިތުނަ އުފެދޭ ވާހަކައެއް ދައްކާލަ ދައްކާލާ އެހުންނަނީ. އެކަމަކާ ހެދި ދީނީ އިލުމުވެރިންނަށް އާއްމުކޮށް ރައްޔިތުން ކޮށްއުޅޭ އިހުތިރާމު ގިނަ ބަޔަކު މީނައަކަށް ނުކުރޭ. އަމއިްލައަށް ވިސްނާ އިސްލާހުވޭ އިޔާޒޫ!

      ސިޔާސީ ކަންކަމާ ބަސްކިޔާ ހެދިއަސް ތާއަބަދު ކޮންމެސް ބޭކާރު ސިޔާސީ ހާސަރެއް ދެމީމާ އެވެސް އެބަވޭ ފާފައަކަށް. ސަބަބަކީ އޭގެން ނަފުރަތާ ފިތުނަ އުފެދޭތީ. ކޮންމެސް މީހަކު މި ނަސޭހަތް އިޔާޒަށް ރައްދުކޮށްދެއްވާ! ވައްސަލާމް

  2. Anonymous

    ކަލޯ ދެން ފޮށިތަންމަތި ބަދެ ފިލަން އުޅުނަސް ހެޔޮ. ޗޯރު 1 ބުރުން ކަޓާނެ.

    45
    1
  3. ޢިބުރަތް

    ޢަދަދު ގިނަ އެތައް ޖަމާޢަތްތަކެއްގެ މައްޗަށް ﷲގެ އިޒްނަފުޅާއިއެކު ގަދަވެގަތީ ޢަދަދު މަދު ކިތައް ޖަމާޢަތްހެއްޔެވެ؟

    56
  4. ޗާގޯސް

    ޗޯރަށް ދެވަނަ ދައުރެއް އޮތީ ޖަލުގަ އެއްބުރުން ޖަލަށް...

    40
  5. ހަގީގަތް

    ބޮޑަށް އިނގޭނީ އިޔާޒައް ކުރިޔަށް ވާނެ ގޮތްގޮތް

    28
    2
  6. އަހަންމަދު

    މިހާރު ރަގަނޅުވޭ އެބަ ޝޭހު ނުކިޔާ އިޔާޒް ކިއީމަ މިހާރު ތީ ސިޔާސީ ލީޑަރެތް

    35
    1
  7. ބްރެއިން ޑެޑު

    ވަހީ ދޯ؟

    17
    3
  8. 360

    ހަމައެކަނި މިކަލޭގެ އިބްރޭ ފަހަތުގަ ހުރީތީވެސް މަށާ މަގޭ އާއިލާގެ ވޯޓެއް އިބްރޭއަށް ނުދޭން ނިންމައިފިން

    44
  9. ައަލިބެ

    އިޔާޒުގެ ދުއާ އިޖާބަކުރެއްވިކަން އެނގުނީ

    14
    3
  10. Anonymous

    ކަލޭތިހެންބުނީތީވެސް އިބޫއަށް ވޯޓްދޭން ހުރިމީހަކުވެސް ދެން ވޯޓެއް ނުދޭނެ!!ތީޝޭހެއްނޫން. ތީބޯގޮވާފަހުރިމޮޔައެއް!!

    26
  11. ޜރފފފފ

    ޢަސްލުވެސް!!

    9
    1
  12. ކުޑަ ހުއްތު

    އެއްކަލަ ދުވަހު ޕީޕީ ކުދިން މީނަ ފަހަތުން ނުދުވިނަމަ! ކުޑަ ޗާންސެއް ލިބުނީސް

    10
    1
  13. ލިޔޯ

    އެއްބުރުން ޖާހިލައް ދީފައިވާ ގޯތި އަަތުލާނަން.

    19
  14. ތުކުދުން އަސު

    ތިއަދާލަތު ބުނާގޮތަށް ވޯޓުދޭނެ 50 މީހުންވެސް މިރާއްޖެއަކުން މިހާރު ނުވާނެ

    23
    1
  15. މަންކީ

    ސޯލިހު ބުނާގޮތައް ޓްވިޓް ކޮއްލަ ކޮއްލާ ހަމަ ހުންނަންޖެހޭނި މުޅި އާއިލާއައް ތިއޮތީ ގޯތި ލިބިފަ އެކަމަޖު ތި ހަރާން ގޯތިތައް އަތުލާނަން

    17
  16. ދަރަނި ދަންތުރަ

    ސޯލިބޭ އިންތިހާބު އެއްބުރުން ވަގަށްތޯ ނަގާނީ ސޭކު އިޔާޒޫ އިޔާޒޫ ކަލޭމެންގެ މުއްދަތު ހަމަވަނީ ދަޅު ކާނާގެ ބާވަތްތައް ވެސް މުއްދަތު ހަމަވީމާ ކުނިގޮނޑަށް އުކާލަނީ

    18
  17. ބަބުރު

    އެއްބުރުން ވަގަށް ނަގާނެ އެއީއެއްވެސް ޝައްކެއްއޮތްކަމެއްނޫން އޭރުންކަލެއަށް ވަރަށް ފައިދާވާނެ ސައޫދީން އުވާލިފައިސާކޮޅު ދެގުނަލިބޭނެ އެހެންވެގެން ގޭގައޮއެގެން ތިޔާ ވަށްވަށް ޖަށްސަނީދީ.

    11
  18. މަންތިރި

    ހަމަ އެއްބުރުން މިފަހަރު އަދާލަތު ޕާޓީ ޗޮކުން ދާނެ އިޔާޒު އަދި ޒައިދު ގެއަށް ހޮނުވާލާނަން

    17
  19. އަޙްމަދު

    އެއްބުރުން ގޯތި ލިބުނީ
    ފޭލްވާއިރު ވެސް އިވޭނީ މިކަހަލަ ބަސްތައް

    14
  20. ނުމަރާ

    ސޭހުއަށް ވާންހުރިކަންކަންވެސް އެގެންފެށީ ތަ؟ މީ ބިރުވެރިކަމެއް !!!!!!

  21. ނަމަ

    އިޔާޒް އަނެއްކާ މާމޮޅައް ކިޔެވިގެން ގައިބުގަވާ ކައްކަން ވެސް އިގޭ ކަމައް ދައުވާކުރަނީބާ؟

  22. ޗަކޮއި

    ފިރުއައުނު ކައިރީގައިވެސް ހާމާނާއި ޤާރޫނު ތިބީ ތިޔަފަދަ ދަހިވެތިކަމެއްގައި. ހާމަނުވެސް ދިޔައީ ތިޔަހެން ފިރުއައުނު ވާ ވައްދަމުން.. ކަންހިނގައި ނިމިދިޔަގޮތް ނޭންގޭނެ ބަޔަކު ވ. މަދުވާނެ. ލައްކަ ވާހަކަ މިބުނެވުނީ..

  23. ޗޯރު އިބުރޭ

    އެހެންވިއްޔާ… މީނާގެ ނިއްކުރީގައި ތިޔަހެރީ މުނާފިގުކަމާއި ދުނިޔެބަނޑު އެޅުމަށް ދަހިވެތިވެފައިވާ ކަމުގެ ސިއްކަ.

  24. އާދަނު

    ޞައްޙަވޯޓުން 30000 ވޯޓުވެސް ނުލިބޭނެ!

  25. ރައޫފާ

    އިރާދަކުރެއްވިއްޔާ އެއްބުރުންވާނީ ފޭލި އެއީ ދުޢައަކީ އިންޝަﷲ

  26. އެއްކަލަ މީހާ

    މީ ދީނީ ނުވަތަ ލާދީނީ ފަތުވާއެއްތަ؟ ސަޢުދީ ޢަރަބިއްޔާއިން މީނަގެ ދީނީ ފަތުވާ ނެރުމުހެ ހުއްދަ ބާޠިލް ކުރީމަވެސް އަދިވެސް ފުއްޕަނީތަ؟

  27. ކިނބޫ

    ކިތައް ކުކުޅު މަޅާލައިގެންބާ އަރާ އެއިނީ!😂

  28. މާމީ

    ގާބުރި ޝޭޚް

  29. ކ

    ﷲ ހެޔޮ ރަހުމަތުން މިއެދެނީ މި އިބުރާހީމް ގެ ވެރިކަން ނިންމަވާދެއްވަން

  30. އަލީބުނީ

    ސައުދީއައްވެސް އިނގޭ މިއީ ސަކަރާތް ބާވަތުގެ އެއްޗެއްކަން. ދީނީ އިލްމުވެރިޔަކައްވެގެން މިކަލޭގެ އުޅެނީ އެހެން ކަމަކާކަން!! ލަދުގެ ކަންފުޅެއްވެސް ނެތިއްޔޭ މިމީހުންގެ

  31. Anonymous

    ކުޅިވަރު ކުޅޭ ތަނެއް ހަދަންވެއްޖެއްޔާ ވަރަށް އަވަސްކޮށް އެތަނެއް ހަދާނިމޭނެ، މިސްކިތެއް އަޅާނަމަ އެތަކެއް އަހަރުން ވެސް ނުނިމޭނެ. !