އެމްޑީޕީގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ޕީޕީއެމް އިން އުޅެންވީ ކެންޑިޑޭޓަކު ނެރެން ކަމަށް ރައްޔިތުން މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓްކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ދިނުން މަޖުބޫރު ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވުމުން އެކަމަށް ރައްދުދެއްވައި ކުރެއްވި ޓްވީޓެއްގައި އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ކަންކަން ނިންމަން އެމްޑީޕީއަށް ދޫކޮށްލަން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސޯލިހް އާއި ވާދަކުރެވޭނެވަރުގެ ކެންޑިޑޭޓެއް ޕީޕީއެމް އިން ނެރެ ދައްކަން ޠާރިގު ވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ "މިދާގޮތުން ވާދަވެރި އިންތިޚާބެއް ފެނުމުގެ އުއްމީދު ކުޑަ." އެވެ. މިއީ ޑިމޮކްރެސީއަށް އޮތް ދެރައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމް އިން އުޅެންވީ ކެންޑިޑޭޓަކު ނެރެން ކަމަށް އިސްމާއިލް ވިދާޅުވިއިރު ޕީޕީއެމް އިން ބުނަމުން އަންނަނީ އެޕާޓީގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައި އޮތް 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ މިވަގުތަށް ގެއްލިފައެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ކޮށްފައި އޮތް ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ދާއިރު ޝަރީއަތުގެ އަޑުއެހުންތައް ވެސް އަދި ނުނިމެއެވެ. އެމައްސަލައިގެ އަޑުއެހުންތައް ނިންމަން ވެސް ޝަރީއަތުގެ ދެއަޑުއެހުމެއް އަދި ބޭއްވުން އެކަށީގެންވެއެވެ. އެއަށްފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ. ނަމަވެސް ހައިކޯޓުގެ މައްސަލަތައް ކުރިއަށް ދާގޮތައް ބަލާއިރު އިންތިހާބަށް ކުރިމަތިލާން އޮންނަ މުއްދަތު ނިމުމުގެ ކުރިން ޔާމީންގެ މައްސަލައިގައި ގޮތެއް ނިމުމުގެ ފުރުސަތު ކުޑަ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަންތިރި

    ހަމަ އެކަނި އިދިކޮޅުގައޮތް ޕީޕީއެމް މިފަހަރު އިންތިހާބު ބޮތްކެޓު ވ.ސަލާން

    6
    1
  2. މުއް ކުރު

    ނެރުނު މީހާ އޮންނެވީ ޖަލުގައި! ދެން ހަދާނެ ގޮތެއް އަންގަވާލަ ދެއްވުން އެދެން!

    6
    1
  3. މާމީ

    ތިއައް ވުރެ ރަގަޅުވާނެ މަސްކައްކަން ރަށުގައުޅުނިއްޔާ

    8
    1
  4. ހުސޭނުބޭ

    ޕީޕީއެމް ކެނޑިޑޭޓަކަށް މަނިކުފާނު ހަމަޖައްސާފި. މަރުހަބާ! އެކަމަކު އެމީހުން ވަރަށް ރުޅިއާދޭ ގިފިލި ބަލާ މީހުން ދެކެ!

    15
    2
  5. މަކަލޭލީ

    ޕީޕީއެމް އިން ކަންކުރަން ވީގޮތް ބުނެދޭން ކަލޭތީ ކާކު؟

    19
    3
  6. އަދުހަމު

    ކެރެންނާ ޔާމީން ނާ ވާދަކޮއްލަަބަލަ ނިކަން

    9
    1
  7. ވެކާ

    އޯލެވެލު ފެންވަރު މީހަކު ނެރިބަލަނިކަން ތިޔަޕާޓިން

    8
    1
  8. ވާގޮނުސްކޮ

    ޕޕމ ކެންޑިޑޭޓަކީ ހަމަ ރ ޔާމީން. ރިޔާސީ އިންތިހާބުގަ ވާދަކުރައްވާނީ ރ ޔާމީން. ނޯޗޮއިސް.

    9
    1
  9. ހެ

    ކަލޭތީ ކާކު ޕީޕީއެމް އަށް ގޮތް ކިޔައިދޭން.

    5
    1
  10. ހަގީގަތް

    ކަލޭމެންނާ ބެހޭ ކަންކަމާ ބެހިބަލަ

    5
    1
  11. އިބްރޭ

    ކަލޯ ކަނުތަ. ބީރުތަ މަންމަންތަ... ނޫނީ ޑިޓޮކްތޮކްޓޮްޓޮކްސިފިސިސިފިސިފި.....