(ށ. ފޯކައިދޫ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި ރަށުގައި ހިންގި ހަތަރު މަޝްރޫއު އިފްތިތާހު ކުރައްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރައީސް ސޯލިހްގެ ކެމްޕެއިން މިއަދު ރަސްމީކޮށް ފައްޓަވާފައި ވަނީ ކޮމަންޑޫ ދާއިރާއިންނެވެ. އެގޮތުން ކޮމަންޑޫ، ށ. މަރޮށި، ށ. ނޫމަރާ އަށް ވަޑައިގެންނެވުމަށް ފަހު އެންމެ ފަހުން އެމަނިކުފާނު ވަޑައިގަތީ ފޯކައިދޫއަށެވެ.

ރައީސް ސޯލިހް ފޯކައިދޫ އަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ގޮސްފައިވެއެވެ. ފޯކައިދޫގައި މިއަދު ހަވީރު ކުރިއަށް ގެންގޮސްފައި ވަނީ ރަސްމީ ބައެވެ. އެމްޑީޕީގެ ކެމްޕެއިން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިރޭ ފޯކައިދޫ ބަނދަރު ކައިރީގައެވެ.

ރައީސް ސޯލިހް މިއަދު ގޯލަށް ބޯޅަ ޖައްސަވަނީ.

ރައީސް ސޯލިހް ފޯކައިދޫގައި އިފްތިތާހު ކުރެއްވި މަޝްރޫއުތައް:

- ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުން.
- ބަނދަރު ހުޅުވުން.
- ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައި ހުޅުވުން.
- ސިއްހީ މަރުކަޒު މަރާމާތުކޮށް ހުޅުވުން.

ރައީސް ސޯލިހްގެ ކެމްޕެއިންގައި މިފަހަރު ވަރަށް ގިނަ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މެން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރިޔާސީ ކެމްޕެއިންގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް މިހާރު ވަނީ ގުޅިވަޑައިގެންފައެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފަށާފައި ވާއިރު، ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއެކު ސޯލަރ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިޔަށްގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަވާލާ

    މިގައުމަށް ކޮންކަމެއް ކޮންދޭންބާ މީނަޔަށް ދެވަނަ ދައުރެއްދޭންވީ ، އިސްލާމްދީނަށް ފުރައްސާރަކޮށް ގައުމު އަޅުވެތިކޮށް ގައުމު ދަރަނިވެރިކޮށް ގައުމުގެ ހަރުމުދާތަށް ވިއްކާ ރުފިޔާ ޗާޕުކޮށް ދިވެހިރުފިޔާގެ އަގުވައްޓާލާ މުދަލުގެ އަގުބޮޑުކޮށް ޓެކުސް ބޮޑުކޮށް އިތުރަށް ރައްޔިތުން ނޮޅާކާންތޯ މީނަގެ އައުވާނުންނަށް ހަޒާނާ ބަހާ ހުސްކުރަންތޯ ރައްޔިތުންގެ ފައިސާއިން އަޗާތަޅާފައި އެހުރިހާ ހަރަދު ބަރަދު ސިއްރު ކުރަންތޯ މިއީ ފައްކާ ޗޯރެެއް ނޫންތޯ ދެން ކޮން ވޯޓެއްތޯ ދެވޭނީ ހިންނަވަރު ޗޯރޭ

  2. މަމިހެންބުނީވެސް

    ކުރިންހުރި ތަންތަން މަރާމާތުކޮށް ހުޅުވާފަވެސް މިކިޔަނީ ފެށީ ސުމަކުންނޯ.

  3. ނާރު

    ޢަޅޭފަހެ 2019 ފެށި ރަށްރަށުގަ ތިޔަފެނާ ނަރުދަމާ ލީލީނުން ހިގަން އުދަގޫވެފަ މަގުތައް ހަރާބުކޮއްފަ ނުވިތާކަށް ފެންފޮދެއްވެސް ނުލިބޭ ހޮޅިހުރީ ވަޅުލާފަ ނަމަކްށް ސޮރީ