"ހާހަލާއި ގިރިގިރިއަށް އެރި އެއްޗެހި" ފެނުނު ކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ކުރި ޖިންސީ ގޯނާއާއި ރޭޕްގެ މައްސަތަކާ ދެކޮޅަށް ހެއްކެއް ނުފެންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖިންސީ ކުށުގެ މައްސަލަތަކެއް ފެންމަތިވެ މިނިސްޓަރުގެ މަގާމުން ވަކިކޮށް މީގެ ކުރިން އޭނާގެ މައްޗަށް ދައުވާ ކުރި ނަމަވެސް ފަހުން އެ ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމުމުން ގައުމުން ބޭރުގައި އުޅުއްވަމުން ގެންދެވި އަލީ ވަހީދު މިއަދު ވަނީ އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވަނީ ވަރަށް ދިގުކޮށް ވާހަކަ ދައްކަވައިފައެވެ.

އަލީ ވަހީދު ޖިންސީ ގޯނާގެ އަމަލުތައް ކޮށްފައިވާ ކަމަށް ގަބޫލުކުރާ ފަރާތްތަކަށް އެކަން ނުކުރާ ކަމުގެ ޔަގީންކަން ދެވިދާނެތޯ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

"މިހާރު ހާ ހަލާއި ގިރިގިރިއަށް އެރި އެއްޗެހި ފެނުނެއް ނޫންތޯ. އަޅުގަނޑު މި އައީ ތިން އަހަރާއި ތިން ދުވަސް ކޮށްފަ. ނޯންނާނެ. ފަހުން ވެސް. މިއަދުވެސް އިއްޔެ ވެސް މާދަމާވެސް. ބައެއް ބޭފުޅުން ސުވާލުކޮށްފާނެ އަޅުގަނޑު ފުރީ ކީއްވެގެންތޯ. ކީއްވެގެންތޯ ފޭސް ނުކުރީ. މި މައުޟޫގައ ހުރި ޝަރީއަތްތަކަށް ތި ބޭފުޅުންނަށް ވެސް ނުވަދެވޭ. އަޅުގަނޑު ފްޜޭމް ކުރި ބަޔަކު މަސައްކަތް ކުރީ އަޅުގަނޑުގެ އާއިލާވެސް ނޫސްވެރިންވެސް ނުވައްދާ. ގާނޫނުގެ ތެރެއިން އެ މާނަކޮށްގެން ގޮސް މަދުވެގެން 35 އަހަރަށް ޖަލަށް ލާން" އަލީ ވަހީދު ވިދާޅުވިއެވެ.

އެ ވަރުގެ ކަމެއް ބަޔަކު ކުރީ އޭނާ ސިޔާސީ ނިޒާމުން ދުއްވާލަން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޑެއް ކިއްޔާ ރެނދެއް ލާނެ. [ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކަމަށް ބުނާ] 15 މީހުންގެ ވާހަކަ ތި ދައްކަވަނީ. ދައްކަވާ އެކެއް. ދައްކަވާ ހިނގި ހާދިސާާއެއް. ޓެކްސް މެސެޖެއް" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ ފްރޭމް ކުރުމަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ޓޫރިޒަމް މިނިސްޓްރީގެ މައުސޫމް ބަޔަކު ސިޔާސީ ބޭނުމަށް ބޭނުން ކުރީ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތަކުގައި އޭނާ ޖަލަށް ނުލެވުނު ކަމަށާއި އަދި މާތް ﷲ އޭނާ ރައްކާތެރި ކުރެއްވީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު މިއަދު މާލެ ވަޑައިގެންނެވުމުން ސަރުކާރަށް ތާއިދު ކުރައްވާ ބޭފުޅުން ވެސް ވަނީ އޭނާއަށް މަރުހަބާ ދަންނަވަން އިއްޒުއްދީން ފާލަން ސަރަހައްދަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވެސް ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބޮލި މުލައް

    ބަލަ ފުލުހުންލައްވަ މި ސަރުކާރުން ހެކި ނައްތާލީމައެއްނު 35 މިލިއަން ރުފިޔާ ވާހަކަ ނުދައްކަން އެއްބަސްވީ

    10
  2. Anonymous

    ކުރިކަމެއްގެ ހެކި ފެންނާނެ ދުވަހެއް ފަހަތަކު ނޫން ކުރިޔައް އެބައޮތް.

    12
  3. މަނިކުފާނު

    ބޮޑު މުއައްސަސާއެއްގެ މުވައްޒަފުންގެ ހެކިބަސް ހެއްކަކަށް ނުފުދޭތޯ......

    10
  4. ސަރޭ

    މިނިސްޓަރަކަށް އަލުން ބަދަލު ވަނީ ކަމަށް ފެންނަނީ.

  5. ބަރުގޮނު

    ހެކިބަސް ދޭން ތިބި މީހުން ، ކޮންމެވެސް ސަބަބަކާ ހެދި މިހާރު ހެކިބަސް ދޭން ބޭނުންނޫންކަމަށް ބުނުމަކީ އެކަމެެއް ނުކުރާކަމުގެ ޤަރީނާއެއްނޫން.

    12
  6. ލަދު

    މާދަމާފެންނާނެ ސިޔާސީ ވެރިއެއްގެ ފަހަރުން ވަރަށްތޯހިރު މީހެއްގެ ގޮތުގައި. މީނަބުނާ ކޮންމެއެއްޗެއް އޯކޭވާނެ

    18
  7. މަސްނޫނު

    ޢެއްދޮގުހައިފި ނަމަ އެދޮގު ފޮރުވަން ދެދޮގުހަދަންޖެހޭ
    ކޮންމެ ދޮގަކީ ފާފައެއް. ދުނިޔެމަތީ ތެދުބަސް ބުނެ
    ދުނިޔަވީ ގޮތުން ލިބިދާނިކަމެތިކަމަކީ ފިލާދާނެކަމެއް

    23
  8. ޖުލައި

    މާބޮޑަށް ފުއްޕަން ނަހަދާ. ކަލެއާއި ޗޯރު އިބްރާހިމަކީ ދިވެހިން މާ ތާއީދު ކުރާ ދެމީހުނެއް ނޫން. ވަރަށް އަވަހަށް ސައިޒް ކުރެވޭނެ. އިރާދަކުރެއްވިއްޔާ.

  9. ބޮނަކުއާ

    ދެން ރަނގަޅުވާނީ އިސްލާމިކު މިނިސްޓަރުކަން އަލީވަހީދައް ދިނިއްޔާ. ޝަހީމުވެސް ހިލޭއަންހެނަކާ އެކަހެރިކޮށް ފެންބޯންތިބި ވީޑިއޯއެއްފެނުނުފަހުން ދިނީ އިސްލާމިކު މިނިސްޓަރުކަން

  10. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހައްތާވެސް މިފެންނަނީ ! ޖޯކަރު އަދީބް ފުރުވާލާފަ ޖޯކަރު އަލީ ގެނެސްގެން ޗަރުކޭސް ކުޅެނީ !

  11. ހަވާސާ ހާދިސާ

    ސަދޫމަށްވެނިމިއްޖެ މިގައުމު!

  12. އައްޔަބޭ

    ކޮބާ ކުރިން ގޮވި ގޮވެލިތަ
    އަގަ ގިރިޔަށް އަރާ ފިތި ނުހުޅުވިފައި