އދ. ދިގުރަށު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ދިގުރަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 416,64 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 770,6 މީޓަރުގެ ނެރު ފުންކުރުމާއި، 294 މީޓަރު އެއްގަމު ތޮށި އަދި 287 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، މޫރިންގ ބޮއެ ހަރުކުރުމާއި، 324,2 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތާއެކު ދިގުރަށުގެ ބަނދަރުގެ މިހާރު އޮތް ޖާގަ ދެގުނައަށް ބޮޑުވެގެން ދާނެއެވެ. އަދި މީގެ އިތުރުން
ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. މި ކޮންކްރީޓް ޖެޓީގެ ސަބަބުން ޑިންގީތަކާއި ކުދި ލޯންޗްފަހަރު އެޅުމުގައި އިތުރު ޖާގައިގެ ތަނަވަސްކަން ލިބި އަދި ރޭމްޕަށް މުދާ ހިފައިގެން އަންނަ ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ކައިރިކޮށް މުދާ ބޭލުމަށް ފަސޭހަވެގެންދާނެއެވެ .

މި މަޝްރޫޢަކީ 58.367,025,53 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 570 ދުވަސް ތެރޭގައިކަމަށް އެމްޓީސީސީން ބުންޏެވެ.