ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރިކަމަށް ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން ނިންމައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކުރާ ޝަރީއަތް މާދަމާއަށް އަށް އެ ކޯޓުގައި ތާވަލް ކުރަން ނިންމައިފިއެވެ.

ފުއްގިރި، މައްސަލަ ކްރިމިނަލް ކޯޓުގައި ނުހިނގައި ޖެހިޖެހިގެން ފަސް ފަހަރު ވަނީ ޝަރީއަތް ކެންސަލްކޮށްފައެވެ. އެއީ ކްރިކް ރިޒާގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ އަށް ޝަރީއަތުގައި ބައިވެރި ނުވެވޭތީއެވެ.

އެހެންވެ، ޕީޖީ އޮފީހުން ނިންމާފައި ވަނީ އެ މައްސަލައިގައި ހިމެނޭ ކްރިކް ރިޒާގެ ބައި އަނބުރާ ގެންދިއުމަށެވެ. އަދި ޔާމީންގެ ބައި ވަކިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ޕީޖީން ބޭނުންވެއެވެ. އެއީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އަށް ބައިވެރި ނުވެވޭތީ އާއި މި މައްސަލައިގައި ދެން ހިމެނޭ ޔާމީންގެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމުންނެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިފައިވާތީ، ދައުވާ އަނބުރާ ފޮނުވާލުމަށް ފަހު، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމައިފައެވެ. އެ އަޑުއެހުން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.

ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލް ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ.

ކްރިކް ރިޒާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުދަނީ އޭނާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެންނެވެ. ޕީޖީން ދެކޭ ގޮތުގައި މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެނެއެވެ.

ނަމަވެސް، ރާއްޖޭގައި ހިނގާފައި ހުރި މަރުތަކާ ގުޅޭ މައްސަލަތައް ޕީޖީން ހަލުވިކަމާ އެކުގައި ކުރިއަށް ނުގެންދާ ކަމުގެ ޝަކުވާ އާންމުންގެ ގިނަ ބަޔަކު ކުރެއެވެ.

ވ. އާރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވެ، އެމަނިކުފާނު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށި ނަމަވެސް، މައްސަލަ މި މަހު ކުރިއަށް ގެންދެވިދާނެ ކަމާ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

އެއީ އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު ޗުއްޓީގައި ހުންނެވުމާއި އެހެން ފަނޑިޔާރަކު މި ހަފްތާގައި ޗުއްޓީ އަށް ވަޑައިގަތުމަށް ނިންމަވާފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. މާމީ

    މިއަނދު ތިހެން ހެދޭނީ ހަނދާން ކުރާތި

    40
    2
  2. Anonymous

    އިބޫ ބުނަންތަ ވާހަކައެއް، ޔާމީނު ދެކެއެއްނުން ބިރުގަންނަންވިކީ، ތިމާ ހެއްދެވި ފަރާތްދެކެ ބިރުގަންނަންވީ

    48
  3. ޙަފޯ

    ޕީޖީވެސް ޕީޖީވާނެ އަދި، ނަތިންގްސް ލާސްޓްސ ފޯރއެވަރ

    38
  4. މަހުދީ

    ވަކި މީހަކަށް ވަކިގޮތެއް ނެހެދޭނެ. ތިޔައީ އިންސާފެއް ނޫން.

    42
  5. ސަޕޯޓް

    ޔާމީނަށް ކުރިމަތި ނުލެވެންޏާ ޕާޓީއިން ރަނގަޅު މީހަކު ނެރެ، ޑިމޮކްރެޓްސް އާއި ދުރުވޭ. އޭރުން ވޯޓުދޭނެ މީހުން ވާނެ އިންޝާﷲ

    37
    1
  6. ޖެރާޑް

    ރޔާމިން އާއި ނުކުޅެވޭނެ..

    61
    5
    • ނުނން

      ވަގު އޮތީ ކޮންތާކުތޯ ؟ ގޭގަ ތަ ؟؟؟؟

      3
      2
  7. ޕީޖީ

    ޕީޖީއަށް ފެންނާތީ ވަކިމައްސަލައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައެއްކަމަށް ކނޑައަޅާ ވަކި މައްސަލަތަކަކީ އާންމު މަސްލަހަތު ނުހިމެނޭ މައްސަލައަށްވެސް ހެދޭތަ. އަލީވަހީދު އަންހެނުންތަކަކަށް ޖިންސީ ގުނަވަނާ ފުރައްސާރަ ކުރުން އޯކޭ. އަދީބު ބޭރަށް ފުރުވާލުންއޯކޭ ރާ ޑްރަގް އެތެރެކުރާމީހުން އޯކޭ. ކަލޯ ކަލޯގޭގެ މަސްފެންގަނޑުތަ މިއީ ބޭނުން ގޮތަކަށް ޗެލާޕިޔާ ގެންގުޅެން. އެތުހުމަތު މިތުހުމަތު ވަގުތުހުމަތު ވޯޓުތުހުމަތު. ބްރާންޗީސް

    56
    2
  8. ޔާންބެ

    މީ އެ ކިޔާ ފައްކާ ޑިމޮކުރަސީ އަކީ. ހަމަ ބޭނުން ގޮތަކަށް މަތިފަޑީގަ ތިބޭ މީހުން މޮޑެންވީ. ރައްޔިތުން ތިބޭނެ ސަހަރޯ އޭ ގޮވާލަގޮވާލަ. އިންސާފު އޮންނާނީ ކަނޑުފައްތާފަ.

    65
    3
  9. ހުސޭނުބޭ

    އަޅެ! ބޫންބޫން އަލީވަހީދު ރާއްޖެ އެރުމާއެކު ޖާދުލެއްހެން ހުރިހައި ދަޢުވާތަކެއް މާފުކޮށްދިުންހެން ތި ކަންވެސް މާފުކޮށްދޭންވީނު! ހަދާންކުރާތި މާފުކޮށްދިނަސް ނުކޮށްދިނަސް ޗޯރޭއެއް ނުހޮވޭނެ! އަދި ފަހުން ކަލޭމެންގެ މައްޗަށް ދަޢުވާކޮށް ކުޑަގޮ:ިއަށްވެސް ލާނެ!

    32
    1
  10. ކޮވިޑް

    ގޮތް ހުސްވީކީނޫން. ސެޕްޓެމްބަރ 2023ގެ ފަހުން އުޅެންޖެހޭނެ ގޮތާމެދު ބިރު ގަންނަވަރު މި ފެންނަނީ. ޔަޤީނުންވެސް ސަލާމަތް ނުވާނެކަން މި ސަރުކާރުގައި ނުހައްގުން ކުރެވިފަ ނޫނީ ކޮށްފަ ހުރި ބޮޑެތި ޖަރީމާ ތައް ހަންދާންވާތީ ހަމަ ނިދި ނުލިބެނީ. އިންޝާﷲ މިސަރުކާރު ނިމޭނެ ﷲގެ ރަޙުމަތާ އެކު.

    40
    1
  11. ޢަހްމަދު.

    ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ އުޞޫލް ދޫކޮށް!

    32
  12. ބާރިސް

    މިހާރު މިއޮތީ ބޭ އިންސާފު އެއީ އިންސާފުކަމަށް ބަދަލުކޮށްފައި. ކޮންކަމެއްތޯ އިންޞާފުން ނިމުނީ މިދިޔަ 4 އަހަރުގަ. ޞަދޫމުގެ ހާލަތަށް މިޤައުމު ވެއްޓިއްޖެ. މިކަމަށް ޙައްލު ހޯދުމަކީ ވޯޓު ދިން މީހުންގެ ކަމެއް. ވިސްނާ. ވިސްނާ ވިސްނާ. މިބޭ އިންޞާފު މަށާހަމައަށްވެސް ފޯރާނެ. ވަޤުތު ނޭގެނީ

    26
  13. ނޫނޭ ނުލަފާ

    ރައީސް ޔާމީނަށް ކުރާ އަނިޔާގެ ރައްދު ރައްޔިތުން ދޭނީ މިފަހަރު ވޯޓުން އިންޝާﷲ. ދިސް އިޒް ނޮޓް އަ ޖޯކް. ކަލޭމެންނަށް މިއަދު ބޭނުންގޮތެއް ހެދިދާނެ.

    33
    1
  14. ލުޓޭރުންގެ ސަރުކާރު

    ޕޖ ބޭނުންވީމަ ބޭނުންގޮތަކަށް ދައުވާކުރެވޭ ބޭނުން ހުކުމެކުރެވޭ މިއީ އަދުލު އިންސާފު ނަމަ ސަދޫމުގެ ވާހަކަ ނުދައްކަމާ...ރޔާމީންގެ ވަކީލުން މި މައްސަލަ ސްޕުރީމްކޯޓަށް ހުށަހަޅަންޖެހޭ މައްސަލަ ރިވިޔުކުރަން..މި މައްސަލަ ކުރިޔަށްގެންދާގޮތުން މިހާރު ހުކުމް އިއްވާފަވާ ހުކުމާމެދު އިތުބާރެނުކުރެވޭ އެހެންވީމަ މިދެމައްސަލަވެސް އަލުން ރިވިޔުކުރުމަށް ހުށަހަޅަންވީ...ވަކިމީހަކަށް ވަކިގޮތެއް ނުހެދޭނެ ޕޖ ޝަމީމު..

    25
  15. ވިކިލީކްސް

    މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި. ވީމާ ޕީޖީ ޝަމީމް އާދެކޮޅަށް ދައުވާ ކުރެވޭނެ ދުވަހެއް އަންނަން ޖެހޭނެކަމަށް ގަބޫލުކުރެވޭ.

    27
  16. ޟަނޓޭ

    ތިޔަ ޕީޖީ ވެސް މަށައް ހީވަނީ ރީތި ބޮނޑިއެއް ބޯނެހެން ލޮލް

    30
    3
  17. ކޮއްޔާ

    މިނޫން ދުވަހެއް އަދި އެބައޮތް // އަބަދު އެއްގޮތަކަށް ކަންކަން ނުވާނެ // ތިޔަ މީހުންގެ ވަގުތުވެސް ހަމަވާނެ // ރައީސް ޔާމީން އަށް އިންސާފްލިބި މިނިވަވަންވާ ދުވަސް ފެންނާނެ // އިންޝާ ﷲ،،،،،،

    23
    1
  18. Anonymous

    ފަހު ޒަމާނުގެ ޢަލާމާތް ތައް މިފެންނަނީ

  19. ވަން

    ޖަރީމާ ހިންގާފައިވާ ސިޔާސީ އެއްވެސް މީހަކަށް މިރާއްޖޭގަ ބޮންޑިއެއްލިބޭތަ؟

  20. ޖުލައި

    ޕީޖީ ވެސް އަދި ކަކޫމައްޗަށް ތިރިވާ ދުވަސް އަންނާނެ

  21. ސަދޫމްސިޓީ

    ރައީސް ޔާމީން އުލުބޭންދިޔަސް ﷲއިރާދަކުރެއްވިއްޔާ އިބްރާހިމަކައް ދެން މިގައުމުގެ ވެރިކަމަކައް ނާދެވޭނެ ނުވެސް ހޮވޭނެ ނުވެސް ހޮވާނެ ދިވެހިރައްޔިތުން އިބުރާހިމްއައް ވޯޓް ނުދިނުމައްގޮވާލަން އިސްލާމީގައުމެއްގެ ވެރިކަމައް ގެންނަންހެޔޮނުވާނެ

    2
    1
  22. ބުރުމާ

    ކޮންމެ ގޮަތަކަށް ހުކުމް ކުރިޔަސް 2ވަނަ ދައުރެއް ނުލިބޭނެ
    ދެން ހޮވޭ ވެރިކަމެއްގައި މިހާރު ތިބި މީހުނާމެދު މިފަދަގޮތަކަށް ހުކުމް ކުރެވޭތަން ވަރަށް ދެކެން ބޭނުން...

    2
    1
  23. މުޙައްމަދު

    ނާއިންސާފު ސަރުކާރަކަށް ވޯޓެއް ނުދެވޭނެ ކިތަންމެ ގިނަ ކަންތައްތަކެއް ކުރިޔަސް. ނެވަރ

    2
    1
  24. އާދަނު ( މަޑުއްވަރީ )

    ޔާމީން ޖަލުގައި ބަންދުކުރިޔަސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޖަލަކަށް ނުލެވޭނެ! އެ ޓިކެޓް ހިފައިގެން ނުކުންނަ މީހަކު އިންތިޚާބު ކާމިޔަބުކުރާނެ އިންޝާއަﷲ!
    މަތްﷲގެ އިރާދަފުޅާާކު އިބްރާހީމް މުޙައްމަދު ޞާލިޙް 2023 ގެ އިންތިޚާބުގައި ބޮޑުތަނުން ފެއިލްވެ ލަނޑަޔަށް ދާންޖެހޭނީ!

    3
    1
  25. ސަހަރޯ

    މިގައުމުދެވަނަފަލަސްޠީނަށްހަދާފި
    މިތާގަހިގަނީސަދޫމުގައިހިންގިޝަރީއަތަށްވުރެނުބައިޝަރީއަތް މަސްއަލައަކީއުކާނެގާނުލިބޭނެތި