އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމުގެ އަޒުމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފައްޓަވައިފިއެވެ.

ރައީސް މިއަދު ދޮރުންދޮރަށް ހިންގެވީ ގަލޮޅު ދެކުނު ދާއިރާގައެވެ. ރައީސް އާ އެކުގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު، މީކާއިލް އަހުމަދު ނަސީމާއި އެމްޑީޕީގެ މާލެ ދާއިރާގެ ކެމްޕެއިން ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް މިއަދު ގަލޮޅު ދެކުނުގައި ދޮރުން ދޮރަށް ހިންގަވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް ވަނީ ގަލޮޅު ދެކުނު ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެން، އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވައިފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫގައެވެ. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން އެ ރަށުގައި ފޯރިގަދަ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެރެއެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ނޫމަރާ އަށް ވަޑައިގެން އެ ރަށް ރަށުގައި ވެސް ކެމްޕެއިން ކުރައްވައިފައެވެ.

ރައީސް ސޯލިހް މިއަދު ގަލޮޅު ދެކުނުގައި ދޮރުން ދޮރަށް ހިންގަވަނީ. --- ފޮޓޯ: އެމްޑީޕީ

މި ދަތުރުގައި އެމްޑީޕީއާ އެކުގައި ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ ކެމްޕެއިން ޝެޑިއުލް އޮތް ގޮތުން މި މަހުގެ ބާކީ ދުވަސްތަކާއި ކުރިއަށް އޮތް މަހާއި ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ވެސް ގިނަ ރަށްތަކަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހް މިއަދު ގަލޮޅު ދެކުނުގައި ދޮރުން ދޮރަށް ހިންގަވަނީ. --- ފޮޓޯ: އެމްޑީޕީ

އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނީ 90،000 މެމްބަރުންގެ ރަޖިސްޓާޑް މެމްބަރުންނާ އެކުގައެވެ. އަދި މިއީ ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުގައި ނުކުންނަ އެންމެ ބޮޑު ކޯލިޝަންގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވައިފައެވެ. ރައީސް އަބަދުވެސް ވިދާޅުވި ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބު އެއް ބުރުން އެމްޑީޕީ އަށް ކާމިޔާބު ކުރެއްވޭނެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހް ހޯއްދެވީ، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީން ބަލި ކުރެއްވުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޫސަ

    ސޮރީ އިބްރާހިމް.

    15
    3
  2. ކޮވިޑް

    ޖޯކް އޮފް ދަ ޑޭ. ޗޯރު މޮޔެވެބަަލަ. އިންޝާﷲ މި ވެރިކަން ރައްޔަތުން ނުކުމެ ޒީރޯޓެލަރެންސް ޗޯރު ބޮލުގަ އަޅުވާނެ ނިއްމާނެ އިންޝާﷲ.

    17
    3
  3. ލުޓޭރުންގެ ސަރުކާރު

    ރޔާމީނަށް ނުހައްގު އަނިޔާދީ ހައްޔަރުގަ ބާއްވާފަ އިބުރާހިމު ކެންޕޭންކުރަން ފުރުސަތު ދީގެން ތިބެގެންނުވާނެ ޕޕމއިން.....ޑޯޓްޑޯޓް ޖެއްސިޔަދީގެން ނުވާނެ ރޔާމީންއަށް އިންސާފު ލިބުނަނުދީ...މިއީ ގައުމީ ބޮޑު މައްސަލައެއް..އިބުރާހިމުގެ އަމިއްލަ މިލްކެނޫން ދިވެހިރާއްޖެއަކީ...ބޭނުންހާގޮތަކަށް ކަންކުރަނީ..

    20
    4
  4. މާމީ

    ކޮންމެތަނަކުން ވެސް ދިމާވާންވާ މީހުނާ ދިމާވާނީ

    12
    1
  5. ޗޯރޭ

    ޗޯޜޭ

    3
    1
  6. ހަބީބު

    ދިމާވޭތަމީހަކާ ހަމަހުސް އެއްބަޔަކާތަ ދިމާވަނީ މާލޭގައުޅެނީ ހަމަހުސް އެއްބައެއްތަ

    6
    1
  7. ހާމިދު ޝާހިދު

    ވަރަށް ޕެލޭންކޮށްގެން ޕާޓީގެ އެމްޕީ އިން އުޅޭ ގޭގެއަށް ގޮސް ގޮތްގޮތަށް މީހުން އެއްކޮށްލާފައި ފޮޓޯނަގާލިއަސް ތާއީދެއް ނެތް! ހުދު ގަމީސް ލައިގެން މަހައްދޭ!

    4
    1
  8. ޙެހެހ

    އައްޑޫ ، މާލެ ތީ ހަމަ އަމިއްލަ އެދުމުގެ ރައްޔިތުންތަކެއް ތިބިތަނެއް ، ހޮވާނެ އެކަމަކު ފަހުން އުޅޭނެ ގޯސްވެގެން

    1
    1
  9. މުހަނޮމަދު

    ކޮވިޑު ޗޜ

    1
    1