ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ޝަރީއަތް އިންސާފުވެރިކަމަށް މިއަދު އެކަކުވެސް ގަބޫލުނުކުރާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި ގާނޫނީ ވަކީލް އުޝާމް މިރޭ ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިކަމަށް އެކަކު ވެސް މިހާރު ގަބޫލެއް ނުކުރާނެ ކަމަށް ވިދާޅުވީ ރ.އަތޮޅު ފުއްގިރި މައްސަލައިގައި ދައުވާ އުފުލާފައިވާ އަހްމަދު ކްރިކް ރިޒާގެ މައްސަލަ ދައުލަތުން އަނބުރާ ގެންދިއުމަށްފަހު، ރައީސް ޔާމީންގެ މައްސަލަ އަދިވެސް ކުރިއަށް ގެންދަން ނިންމުމުންނެވެ.

އުޝާމް ވިދާޅުވީ އަދުލްވެރިކަމާއި އިންސާފުވެރިކަމާއިއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށް ވެސް ލިބިދޭންވާނެ ކަމަށެވެ. "އަދުލުވެރިކަމާއި އިންސާފުވެެރިކަމާއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށްވެސް ލިބިދޭންވާނެ ކަމަށް ގަބޫލުކުރާ އެއްވެސް މީހަކު މިއަދު ގަބޫލެއް ނުކުރާނެ (ރައީސް ޔާމީންގެ މައްސަލަ) މިއީ އިންސާފުވެރިކަމާއެކު ހިންގާ ޝަރީއަތެއްކަމަށް. ރައީސް ޔާމީން ވިޔަސް އެހެން ރައްޔިތެއް ވިޔަސް އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ލިބިދޭންޖެހޭނެ." އުޝާމް ވިދާޅުވިއެވެ.

ދައުލަތުން ތުހުމަތު ކުރަނީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީނަށް ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ ކްރިކް ރިޒާ ކަމަށެވެ. ނަމަވެސް ދައުލަތުން ކްރިކް ރިޒާގެ މައްސަލަ އަނބުރާ ގެންދިއުމުން ރިޝްވަތު ދިންކަން ސާބިތުކޮށްނުދީ، ރިޝްވަތު ހިފުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރާނެ ކަމަށް ބެލެވެއެވެ.

ރ.ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެރަކަމެއް

    ވެރިކަމާހެދި މީހަކު މޮޔަވަނީ ނުހޮވިއްޖެއްޔާ ޔަޤީން މޮޔަވާނެ
    ދެން އަމިއްލައައްކީޔާނީ މަށޭ ރައީސަކީ މަށޭރައީސަކީ

    14
  2. އަޙްމަދު

    ފަހު ތެޅުން ތަޅާލާ
    އިންސާާފް ލިބޭނީ ހައްގައް،
    ބަދަލް ލިބޭނީ ވަރަށް ހިތިކޮށް

    11
    1
  3. ޙެހެހ

    މިހިރަ މޮޔަޔާ ، މިއަދަކު ނޫން ދިވެހި ރައްޔިތުން ތިހެން ކިޔަންފެށީ ، މާކުރިން
    ދިވެހިންގެ ތެރޭ އެބަތިބި މަޑުމައިތިރި ކެތްތެރިމީހުން ، އެމީހުން ބޭނުމެއްނޫން އިންސާފްނެތަސް ހަމަ ޤައުމު ހަލަބޮލިކުރާކަށް ،
    މިއަދު މިޤައުމުގައި ނެތް ރައްޔިތުން ކިތަންމެ ވާހަކަ ދެއްކިއަސް އިންސާފަށް ލޯބިކުރާ މުއައްސަސާއެއް ، ޤާނޫނުއަސާސީގެ ބާރެއްނެތް ، ޑީލެއް ހަނދާގެން ނޫނި ހައްޤުގެ ބަހެއްވެސް ނުބުނެވޭ

    10
    1
  4. މުހަންމަދު

    ބަލަ އުސާމާ އުސާމާ ނޫން ހުރިހާމީހުން ގަބޫލު ކުރޭ ޔާމީނުގެ ސަރީއަތްތަށް އިންސާފުވެރިކަމަށް ދެން ކޯއްޗެކޭ ކިޔާކަށް

    3
    15
  5. ޑިމޮކްރަސީ

    މިޤަވްމު މިއަދު މިވަނީ ޢަދުލެއް އިންޞާފެއް ނެތް އަނިޔާވެރިކަން އިންތިހާ އަށް ގޮސްފައިވާ ތަނަކަށްވެފައި، މިތަން މިގޮތަށް ދާނަމަ ނިމުން ވަރަށްހިތިވާނެ ރައްޔިތުން ހޭ އަރާ މިއަނިޔާވެރިންގެ ކިބައިން ޤަވްމު ސަލާމަތްކުރަން ލިބޭނެ ފުރުޞަތު މިއޮތީ ބޯމަތީގަ ހަމަހޭވެރިކަމާއި އެކު މުސްތަޤްބަލަށްޓަކާ ފައިސާގެ ދަޅައިގަ ނުޖެހި މިކަން ނިންމާ

    9
    1