އެކުގައި ކުރިއަށްގެންދާ ދައުވާއެއްޝަރީއަތް ފެށުމަށްފަހު ވަކި ކުރުމަށް ޤާނޫނު ތަންނުދޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލް އަބްދުﷲ ސިޔާޒް ވިދާޅުވެއްޖެއެވެ.

ސިޔާޒް މިހެން ވިދާޅުވީ ރ.ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީން އާއިއެކު ދެން ދައުވާ އުފުލި އަހްމަދު ކްރިކް ރިޒާގެ މައްސަލަ ދައުލަތުން އަނބުރާ ގެންދިއުމުންނެވެ. ދައުލަތުން މިހާރު ނިންމާފައި ވަނީ ކްރިކް ރިޒާގެ މައްސަލަ އަނބުރާ ގެންގޮސް، ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ ނިންމުމާއި ގުޅިގެން ސިޔާޒް ކުރި ޓްވީޓެއްގައި ވިދާޅުވީ ހެކީންގެ ހެކިބަސް ނަގަން ފެށުމަށްފަހު ދައުވާ އަނބުރާގެނެސް އިސްތިސްނާއީ ޙާލަތެއްގައި މެނުވީ އަލުން ހުށަހެޅުން ޤާނޫނު ފުރުސަތު ވެސް ގާނޫނުން ނުދޭ ކަމަށެވެ. "އަދި އެކުގައި ކުރިއަށްގެންދާ ދައުވާއެއް ޝަރީއަތް ފެށުމަށްފަހު ވަކި ކުރުމަށްވެސް ޤާނޫނު ތަނެއް ނުދެއެވެ." ސިޔާޒް ވިދާޅުވިއެވެ.

މީގެ އެއް ޤާނޫނީ ބަހުސަކީ ޝަރީއަތުގެ މަރުޙަލާ ފެށުމާއެކު ދައުވާލިބޭ ފަރާތްތަކުން ދިފާޢު ހާމަ ކޮށްފައި އޮތުން ކަމަށާއި އަދި ޙީލަތްތެރިގޮތުގައި މީހުން ކުށްވެރި ކުރުމުގެ ދޮރު ބަންދު ކުރުން ކަމަށް ސިޔާޒް ވިދާޅުވިއެވެ.

ސިޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޤާނޫނާއި ޚިލާފު މިފަދަ ޢަމަލުތަކަށް ގިނަފަހަރު ފަރުވާލިބެނީ އިސްތިއުނާފި ކޯޓުތަކުންނެވެ.

ޙައްލު ހޯދުމަށް ހޭދަވާ މުއްދަތު ބަންދުގައި ނުޙައްޤު އަދަބެއް ލިބުމުން އެއަށް ޒިންމާކުރެވޭޭނެ ގޮތެއް ޤާނޫނީ ނިޒާމުގެ ތެރެއިން ހޯދަން އެބަޖެހޭ ކަމަށް ވެސް ސިޔާޒް ވިދާޅުވިއެވެ.

ކްރިކް ރިޒާގެ މައްސަލަ އަނބުރާ ގެންދިއުމަށް ފަހު، ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ވަނީ ތާވަލް ކޮށްފައެވެ.

ދައުލަތުން ތުހުމަތު ކުރަނީ ފުއްގިރި މައްސަލައިގައި ރައީސް ޔާމީނަށް ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ ކްރިކް ރިޒާ ކަމަށެވެ. ނަމަވެސް ދައުލަތުން ކްރިކް ރިޒާގެ މައްސަލަ އަނބުރާ ގެންދިއުމުން ރިޝްވަތު ދިންކަން ސާބިތުކޮށްނުދީ، ރިޝްވަތު ހިފުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ލިކާ

    ރާއްޖެއައްް ބޭނުންވަނީ ކުރީގެ ރައީސްސުންނައް އަނިޔާވެރި ނުވާ ވެރިއެއް

    38
    2
    • މަގޭޚިޔާލުމީ

      ދައުލަތަށް ވަންނަންޖެހޭ މިލިޔަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާވުމާއި، 5 އަހަރުގެ ދައުރެއްގެ ތެރޭގައި ބޮޑުބިޔަ ގެޔެއް ހަދައި ނިންމާލުން ފަދަ ކަންކަމަކީ ވަލިއްޔުލް އަމްރެއްގެ ކިބައިން ފެނިގެން ވާނެ ސިފައެއްނޫން. މަށެއް ނުބުނާނަން ވައްކަންކުރީއެކޭ. ވައްކަން ސާބިތު ވިޔަސް ނުވިޔަސް ވެރިކަމުގައި ހުންނައިރު ރައްޔިތުން ޝައްކުގެ ނަޒަރުން ދެކޭފަދަ މިޒާތުގެ ކަންކަން ހިނގުމަކީ އަލުން އެމަގާމަށް ވޯޓު ދެވޭވަރުގެ ކަންކަމެއްނޫން. އެއަށްވުރެ ނަޒާހަތްތެރިވާން ޖެހޭނެ. މިފަދަ ތުހުމަތުތައް ކުރެވިފަ ތިބޭ ވެރިންގެ މައްޗަށް ދަޢުވާ ނުކޮށް ދޫކޮށްލުމަކީ ދެން އަންނަ ވެރިން އެއަށްވުރެ ގިނައިން އެފަދަ ކަންކަން ކުރާނެ ކަމެއް.

      4
      8
      • ލޮލް

        ތިޔަ ޚިޔާލަކީ ރިޔާސީ އިންތިޚާބަކަށް ނުކުންނައިރު ވިސްނަން ޖެހޭވަރުގެ ކަމެއްކަމަށް ޕީޕީ ކުދިން ނުދެކުނަސް ސަތޭކައިގެ ޚިޔާލެއް. ތިޚިޔާލަށް ތާއީދު.

        2
        1
      • ނާޒިމު

        ވައްކަން މިހާރު މާގިނަ ޕޭޓީކޭސް ވެސް ހުސްވެއްޖެ، އާސަންދަ ހުސްވެއްޖެ ނިމަކެތިން ސޯސަލުމީޑީޔާގަ ބޭސް ފަަރުވާޔައް ސަލާމުޖަހަނީ

    • އަދުހަމު

      ތެދެކޭދޯ.. ހުރިހާވެރިންވެސް މިހާތަނައް ހުރިހާ ކުރީގެ ވެރިން ނައް އަނިޔާކުރި ދޯ ވެރިކަމުން ފައިބާގެން ދާން ޖެހެނީ ޖަލައް ވ ނުބައި ކަލުޓެއް އެއީ

    • އިކުރާމު

      އަންނި އެެހެން އެންމެ ރަނގަޅީ

      1
      1
    • ލައްލަ

      ވިކާ ތިބުނީ ހަމަތެދެއް

  2. އިސްޢާފް ސަލީމް

    ޔާމީން ވެރިކަމަށް ވަޑައިގެންފިއްޔާ މިމީސްމީހުން ކޮށްފައިހުރި ޤާނޫނާޚިލާފްކަންތައްބަލާ ފިޔަވަޅު އަޅާނޭކަމާ ޤާނޫނާ ޚިލާފްކަނތައްތައް ކޮށްފައި އެބަހުރިކަމާ މިކަންކަން މިމީހުން ޤަބޫލުކުރެއެވެ. އަދަބުލިބޭނޭކަންވެސް ޤަބޫލުކުރެއެވެ. އެހެންވެ އެގޮތަކުން މިގޮތަކުންވެސް މިމީހުން މިމަސައްކަތްކުރާނެއެވެ. އެކަމަކު އެގެންވީ އެއްޗަކީ ސަރުކާރުން ޔާމީން ހިފެހެއްޓުމަކުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުގެއްލޭކަމެވެ. ޓިކެޓް އެހެންބޭފުޅަކަށް ދީގެންވެސް އިންޝާއަﷲ ބޮޑުތަނުން ޕީޕީއެމް އިންތިޚާބު ކާމިޔާބުކުރާނެއެވެ. އަދި ޕީޕީއެމްގެ ކޮންމެ ބޭފުޅެއްގެ ވެރިކަމެއް އަޔަސް ހަމަ އެގޮތަށް އެ ދަތުރު އޮންނާނޭކަމެވެ.

    46
    1
  3. އިމާ

    ހަމައެއް ލަމައެއް ނެއް؛ ތަނެއްގަ ކޮންމެ ފަދަގޮތަކައްވެސް ވެދާނެ

    36
    1
  4. އަހުމަދު

    ކޯޓު ތަކުން ހިތުހުރިހާ ގޮތަކަށް ހަދާތީ މިހާރު ބިރުގަނޭ މައްސަލައެއް ލާންވެސް. އިބޫގެ އިންސާފު ކޮމަން ސެންސް ބުނަނީ އެއީ ނޮންސެންސް

    21
    1
  5. ރައްދު

    ރާއްޖޭގެ ޕީޖީ ތަސައްރަފް ނުފުދޭ ކަމަށްވާނަމަ އެމަގާމަށް
    އެހެންމީހަކު އައްޔަން ކުރުމަށް ސަރުކާރަށް ގޮވާލަމެވެ ސަރުޢީ ދާއިދާ ފޭލްވެ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމުގެ
    ޒިއްމާ ސަރުކާރުން އުފުލަންޖެހޭނެއެވެ އެހެންކަމުން މިސަރުކާރުން ހިންގާފައިވާ ޖަރީމާތައް ދެންއަންނަ ސަރުކާރަކުން ބަލައި އަދުލު އިންސާފު ގާއިމު ކުރާނެއެވެ.

    27
    1
  6. ޙާމިދު

    އިބުރާހިމް ނޫން ކޮންމެ މީހަކައް ވޯޓުދޭންވިޔަސް ދޭނީ މިސަރުކާރުގެ ކޮރަޕް ޝަންތައްބަލާ ގާނޫނީއިމުގެތެރެއިން އަދަބުދޭންކެރޭ މީހަކައް