ގޮތް ހުސްވެގެން އުޅެނީ ހަމައެކަނި ޕްރޮސިކިއުޓާ ޖެނެރަލް(ޯޕީޖީ) އޮފީހުން އެކަނި ނޫން ކަމަށާއި މުޅި ދައުލަތް ވެސް މިހާރު ގޮތް ހުސްވެފައިވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެގޮތަށް ވިދާޅުވީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރިކަމަށް ތުހުމަތުވާ އަހްމަދު ކްރިކް ރިޒާ އަށް ކުރާ ދައުވާ އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން ނިންމައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ކުރާ ޝަރީއަތް އަވަހަށް ކުރިއަށް ގެންދަން ނިންމުމުން އެކަމާ ގުޅޭ ގޮތުން ވަގުތުން ގެނެސްދިން ހަބަރަކަށް ޖަވާބު ދެމުން ކުރެއްވި ޓުވީޓެއްގަ އެވެ،

ޝިޔާމް ވިދާޅުވީ ގޮތް ހުސްވެގެން އުޅެނީ ހަމައެކަނި ޕީޖީ އޮފީހުން އެކަނި ނޫން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި މުޅި ދައުލަތް ވެސް މިހާރު ގޮތް ހުސްވެފައިވާ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހު މާބޮޑަށް އެކަނިވެރިވެ މި ވެރިކަން ވެސް ނިމެން ކައިރިވެއްޖެ ކަމަށެވެ.

"ނާއިންސާފުވެރިކަމާ އަނިޔާވެރިކަން ކުރިޔަށްނެރެގެން ވާނެ މޮޅެއް ނޯންނާނެ. ސިޔާސީ މަޤުޞަދު ޙާސިލްކުރުމަށް އަނިޔާދިނުމަށް ޤާނޫނާ ޚިލާފަށްކުރާ ކަންކަން އެކަންކަން ކުރާ ފަރާތްތަކާ އަރާ ހަމަކުރާނެ." ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާ ގޮތުން ހިތްހަމަނުޖެހިގެން ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން މިއަދު ވަނީ ޕީޖީ އޮފީހަށް ވެސް ވަޑައިގެންފަ އެވެ.

ފުއްގިރި، މައްސަލަ ކްރިމިނަލް ކޯޓުގައި ނުހިނގައި ޖެހިޖެހިގެން ފަސް ފަހަރު ވަނީ ޝަރީއަތް ކެންސަލްކޮށްފައެވެ. އެއީ ކްރިކް ރިޒާގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ އަށް ޝަރީއަތުގައި ބައިވެރި ނުވެވޭތީއެވެ.

އެހެންވެ، ޕީޖީ އޮފީހުން ނިންމާފައި ވަނީ އެ މައްސަލައިގައި ހިމެނޭ ކްރިކް ރިޒާގެ ބައި އަނބުރާ ގެންދިއުމަށެވެ. އަދި ޔާމީންގެ ބައި ވަކިން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ޕީޖީން ބޭނުންވެއެވެ. އެއީ ކްރިކް ރިޒާގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އަށް ބައިވެރި ނުވެވޭތީ އާއި މި މައްސަލައިގައި ދެން ހިމެނޭ ޔާމީންގެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމުންނެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިފައިވާތީ، ދައުވާ އަނބުރާ ފޮނުވާލުމަށް ފަހު، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ނިންމައިފައެވެ. އެ އަޑުއެހުން މިއަދު ހެނދުނު ވަނީ ފަށައިފަ އެވެ.

ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލް ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ.

ކްރިކް ރިޒާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ނުދަނީ އޭނާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެންނެވެ. ޕީޖީން ދެކޭ ގޮތުގައި މި މައްސައަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދައުވާލިބޭ އެކެއްގެ ބައިގައި ދިމާވި ހާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ އާންމު މަސްލަހަތު އޮތް ގޮތް ކަމަށް ނުފެނެއެވެ.

ނަމަވެސް، ރާއްޖޭގައި ހިނގާފައި ހުރި މަރުތަކާ ގުޅޭ މައްސަލަތައް ޕީޖީން ހަލުވިކަމާ އެކުގައި ކުރިއަށް ނުގެންދާ ކަމުގެ ޝަކުވާ އާންމުންގެ ގިނަ ބަޔަކު ކުރެއެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫނޭ ނުލަފާ

    މުޅި ދައުލަތް ފެއިލްވެއްޖެކަމުގެ ހެއްކެއް. އެހެން ހުރިހާ ކަމެއް ހުއްޓާފަ ޔާމީނު ފަހަތުން މިބައިގަނޑު ދުވަނީ. މީގެ ހިތިރަހަ މިބައިގަނޑުގެ ކަރުގައި ލާ ދުވަސް އޮތީ އިރާދަކުރެއްވިއްޔާ މާދުރަކު ނޫން.

    10
    2
  2. ހަންނާނުބޭ

    ގޮތްހުސްވެގެން އުޅެނީ ކޮންބައެއްކަން ވަރަށް ސާފުކޮށް އެބަ ފެނޭ. ދުވާލަކު ޕާޓީއެއްގެ ދޮރުގައި ތިބޭފުޅުން ތިޔަ ޓަކިޖައްސަވައި ނާށިގަނޑު ދިއްކުރައްވަނީ ކޮންކަމަކާތޯ؟ ތި ޕާޓީގަ ކިތަންމެ މީހުން ގިނަޔަސް ގޮސްހުސްވެގެން ތިއުޅުއްވަނީ ތިބޭފޅުން. އަންނިގާތަށް ސަލާންޖަހަން ދާނެ. އަނެއްދުވަހު ގާސިމް ގާތަށް ސަލާންޖަހަން ދާނެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅޭ ބައެއް. މީގެކުރިން އަންނިއާއި ގާސިމަށް ނުގޮވާ އެއްޗެއް ނެތް.

    3
    12
  3. ާއަހްމަދު

    ތިޔަ ބުރާންތިން ތިޔަހެން ކިޔާތާ 4 އަހުވެގެން ދިޔައީ

    3
    9
  4. ޕިސްޕިސް

    ތިހެން ކިޔާލަ ކިޔާލާ ތިބޭ ލޮލް

    3
    9