ކ.ގުޅީ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ ރިޔާސީ ކެމްޕޭންއަށް މިއަދު ގުޅިއަށް ވަޑައިގެން ދެއްކެވި ވާހަކަަ ފުޅުގައެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް ދައުރުގައިވެސް ގުޅީގައި ގިނަ މަޝްރޫޢުތައް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި އެމްޓީސީސީން އަންނަ ސެޕްޓެމްބަރމަހު ގުޅީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އިރާދަކުރެއްވިޔާ މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ. އިރާދަކުރެއްވިޔާ މި ރަށުގެ މަސައްކަތް އަމަލީގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ. ކުނި މެނޭޖް ކުރުމަކީ އަޅުގަނޑުމެންގެ މަޝްރޫއު ތެރޭގައި ހުރިހާ ދާއިރާއެއްގައި ކުރުމަށް ނިންމާފައިވާ ކަމެއް. މިރަށުގެ ކުނި މެނޭޖް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން މިހާރު އޮތީ ޓެންޑަރ ޕްރޮސެސްގައި. ނިމުމާއިއެކީގައި ވީހާވެސް އަވަހަށް އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އޭޓީއެމްގެ ޚިދުމަތް ދިނުމަށް މިހާރު ވަނީ ވަކި ރަށްރަށެއް ލިސްޓުކުރެވުފައި. އޭގެ ތެރެއިން އެންމެ އިސްކަންދޭނެ ރަށްތަކުގެ ތެރޭގައި ގުޅި ހިމެނޭ. އިރާދަކުރެއްވިޔާ މި އަންނަ މަހު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަށްރަށުގައި ފެށިގެން ދާނެ. އިރާދަކުރެއްވިޔާ ދެން މި އޮތް ދައުރުގައި ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ގުޅީގައި ކުނި މެނޭޖް ކުރުމާއި، އޭޓީއެމެއް އަންނަ މަހު ބެހެއްޓޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ދެން އޮތް ދައުރުގައި އެރަށު ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ ގުޅިއަކީ އާބާދީގެ ގޮތުން މީހުން މަދު ރަށަކަށްވާތީ އަޅާނުލެވި ދޫކޮށްފައި އޮތް ރަށެއް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ގުޅީއަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ތަރައްޤީގެ ގިނަ މަޝްރޫޢުތައް އެރަށުގައި ހިންގަން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ގުޅިއަކީ މާލެއާ ކައިރީގައި އޮތް ރަށަކަށް ވިޔަސް އާބާދީ ކުޑަކަމުން އަޅާނުލެވި ދޫކޮށްލެވިފައި ތިބި ރަށްތަކުގެ ތެރެއިން ރަށެއް. އަޅުގަނޑުމެން އެހެންވެ ގުޅިއަށް އިސްކަން ދިނީ. މި ރަށުގެ ފެން ތަޣައްޔަރުވެފައި އޮތީ. އަޅުގަނޑު މި ދެންނެވީ ނަރުދަމާގެ ނިޒާމެއް ނެތް. އެތައް އެތައް އަސާސީ ޚިދުމަތް ތަކުން މަހްރޫމް ވެފައި ތިބީ. އެހެން ނަމަވެސް އިރާދަކުރެއްވިޔާ ގުޅީގައި ހުރި ފެން، މިއަދު ބޯން ކަމުދާނެ." ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރެއްގައި ރާއްޖޭގެ ރަށްތަކުގައި ގިނަ މަޝްރޫޢުތައް ހިންގަމުންދާކަން ރައީސް ސޯލިހު ފާހަނގަކުރެއްވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމް، ބަނދަރުތައް ތަރައްޤީކުރުމުގެ އިތުރުން ގިނަ މަޝްރޫއުތައް މިހާރުވެސް ކުރިޔަށް ދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިއަދު އަޅުގަނޑުމެން އަނެއްކާވެސް ތިޔަބޭފުޅުންގެ ކުރިމައްޗަށް އައިސް މިތިބިއިރުގައި އަޅުގަނޑު އެދުވަހު ވީ ވައުދުތަކާ އެއްގޮތަށް 90 އިންސައްތައަށްވުރެ ގިނަ ވައުދު މިހާރު ފުދި ނިމެމުން އެދަނީ. މުޅި ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑު މަޝްރޫޢު އެދަނީ ކުރިޔަށް. ބަނދަރުތައް ހެދެމުން އެދަނީ، ފުޓްބޯޅަ ދަނޑުތައް ނެޓްބޯޅަ، ވޮލީ ކޯޓުތައް ބެޑްމިންޓަން ކޯޓުތައް އެޅެމުން އެދަނީ. ސިއްޚީ ޚިދުމަތްތައް ރަށުގައި ތިބެގެން ލިބޭ ގޮތް ހެދެމުން މިދަނީ. ސްކޫލްތަކުގެ ފެންވަރު މަތި ކުރެވިއްޖެ. ސްޓޫޑެންޓް ލޯން ދޫކުރެވިއްޖެ. ރައީސްް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި މަސްއޫލިއްޔަތަކީ އަމާން ރާއްޖެއެއް ހޯދައިދިނުމުގެ މަސްއޫލިއްޔަތު ކަމަށެވެ. އަދި އެމަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޑައެލޯގް

    އަދިމާއަވަސް ފަށަން ވޯޓުލުން އޮތީ ސެޕްޓެމްބަރު 9 ގައެވެ. ވޯޓުން ބަލިވީމަ ހިއްކަންއުޅޭށެވެ. އޭރަށްބުނެވޭނެ ތިމަންނާއޭފެށީ! އެހެންޏާފަހެ ކަމެއްވާނަމަ، ވިލިމާލެ ބްރިޖްނިމުނީހެވެ. 5 އަހަރުވީއެވެ. އަދި ތަނބެއްނުފެނެއެވެ.

    12
  2. ޗޯރުން

    ގޮނޑި ނަގަން އުޅުނު އިރު ހިއްކަން ފެށިއިރު ހީވީ އެހެން ފަދަ ކަމެއްހެން، އެންމެ ފަކީރާއެއްގެ ވެލި ނެގާފައި އަނެއް ދުވަހު ބަހަބަރު. އަތްޖަހާ އެންމެން

    12
  3. އިކުރާމު

    ނެތޭ ވަގުތެއް 4 އަހަރު ސުޕަމެޖޯރިޓީގަ ކީއްތިކުރީ އެހެން ރައީސަކު ނަމަ ދާނީ ރެބަން ކަޑަން މިހާރު

    11
  4. ނަރުގިސް

    ސާބަސް! ބާރަށް ކުރިއަށް! އިބޫ އަށް ވަނެ

  5. ފަހަރި

    ސެޕުޓެމްބަރ 12 ވަނަދުވަހު ފައްޓާ އައްނަނީ އައްނަނީ

  6. މަލާ

    ހެހެހެހެހެ ބުރިޖުތަނބެއް ނުޖެހި އުޅެނިކޮށް 5 އަހަރު ނިމުނީ ބުރިޖު ތަނބު ފެންނަނީ ދިޔަވަރު ހިކޭއިރު ގަލުގެ ސިފައިގަ އެތަނބު ފެނޭ ދިޔަވަރަށް ޖަހާލީމަ،👏🐜🐜🐜🐜އަންނަނީ.