ކ. މާފުށީގައި ދެން އެންމެ އަވަހަށް ފައްޓަވާނީ ރައްޔިތުން އެދޭ ގޮތަށް އެ ރަށުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

މާފުށީގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ކުރިއަށް އޮތް ފަސް އަހަރަށް އެމަނިކުފާނު ހޮވިވަޑައިގެންފި ނަމަ، މާފުއްޓަށް ވެވަޑައިގަންނަވާ ވައުދުތައް އިއުލާން ކުރައްވައިފައެވެ. ރައީސް އެންމެ ފުރަތަމަ ވައުދުވެވަޑައިގަތީ މަގު ހެދުމަށެވެ.

މާފުށިން ފެންނަނީ ރަށްތަކުގެ ދިރިއުޅުން ބަދަލުކޮށްލާނެ މަންޒަރު: ރައީސް

މާފުށިން ރައީސަށް ހޫނު މަރުހަބާއެއް ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ މާފުށީ ބަނދަރު ނިމިގެންދާ އިރު، އެ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ރަނގަޅު ފެރީ ޓާމިނަލަކާއި އެރައިވަލް ޖެޓީއެއް ގާއިމުކޮށް ދެއްވާނެ ކަމަށެވެ.

މާފުށި ކައިރިން ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދީ، އެ ތަނުގައި ބޯހިޔާވަހިކަން އިމާރާތް ކުރަމުންދާ އިރުގައި ވަސީލަތްތައް އެ ގެދޮރަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މާފުށީ ހޮސްޕިޓަލަކީ ފެންވަރު ރަނގަޅު، ހިދުމަތްތައް ލިބިގެންދާ ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ސޯލިހް އިއްޔެ މާފުއްޓަށް ވަޑައިގަތުމުން އެ ރަށުން ބަޔަކު މަރުހަބާ ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

މާފުއްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް ރަށެވެ. އެ ރަށުގައި މިވަގުތު އެކަނި ވެސް 800 އަށް ވުރެ ގިނަ ފަތުރުވެރިން އެބަތިބިއެވެ. ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތް ކުރާ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ ރަށުގެ މަގުތަކުގެ މައްސަލައެވެ.

މަގުތައް ތަރައްގީ ނުކޮށް އޮތުމުން، ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް އިންތިހާ އަށް ދަތިވާ ކަމަށް އެ ރަށު މީހުން ބުނެއެވެ. އަދި ވާރޭ ވެހި، މަގުތަކުގައި ފެން ބޮޑުވެއްޖެ ނަމަ، ރަށުގައި ދަތުރުފަތުރު ކުރުމާއި ހިނގާބިނގާވެ އުޅުމަކީ ބޮޑު އުނދަގުލެއްގެ ގޮތުގައި އެ މީހުން ސިފަ ކުރެއެވެ.

ރައީސް ސޯލިހް އިއްޔެ މާފުއްޓަށް ވަޑައިގަތުމުން އެ ރަށުން ބަޔަކު މަރުހަބާ ދަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

މާފުށި ކައިރިން 25 ހެކްޓަރުގެ ބިމެއް ހިއްކާފައިވާ އިރު، އަލަށް ހިއްކި ބަޔާއި މާފުއްޓާ ބްރިޖަކުން ގުޅާލުމަށް ސަރުކާރުން ވަނީ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މާފުށީ ކައުންސިލުން ބުނި ގޮތުގައި އެ ހިއްކި ބިން ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށެވެ.

މާފުށި ކައުންސިލުން މީގެކުރިން ވަނީ އެ ރަށުން ގޯއްޗަށް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފައެވެ. ކައުންސިލުން މިހާރު ތައްޔާރު ވަނީ ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާން ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    ގަރައިތާގެ ވަޢުދު! ބޯއޮތްކޮޅަށް ނަގޫ ދާއިރަށް ހަދާންނެތޭނެ!

    20
    • ހަސަނާ

      ފައްކާމަރުމޯލެއް ތިމާގިނިކަންޔަ 70 ބިލިއަނާ ދަރަނި އަރާހަމަވަނީ ހެޔޮނުވާނެ މީނަދެވަނަދައުރަކައް ހޮވާކައް.

      12
  2. ކަކުނި

    އުމްރާނީ ތަރައްގީ ބޭނުމެއްނޫނޭ ކިޔާފަ އައި އިބޫ ކީކޭ ތި ކިޔާނީ؟ ކޮމަންޑޫއައްވެސް ތިކަހަލަ ވައުދުތައްވި. ވީކަމެއް ހަރާމް

    24
  3. lޙަސަނާ

    ތިޔަދޫކުރާ ބިންތަކުގަ ކިހަބަޔަކުދިރިއުޅޭނެބާ މިހެންމިބުނީ ގެތައްކުއްޔައްދީފަ މާލެމީހުންކޮޕިކޮއްގެން ތިރަށުގެވެސް ބޮޑުއާބާދީއެއްވަނީ އެތައްމިތަނައްހިޖުރަކޮއްފަ ..

  4. ކަޅޮއްސަރީ

    މިވަރުގެ އޯގާތެރި ރައީސް އެއް ދެން މިދިވެހިރާއްޖެ އަކަށް ނުލިބޭނެ
    ސާބަހޭ ރައީސް

  5. ބިގަރޭ

    މީ ވަޢުދުގެ ފަސްހަރު ދެން އޮންނާނީ ވަޢުދުތަށް ފުއްދުމުގެ ފަސް އަހަރު...

  6. ނެތް

    މާފުށީގެ ގޯތި ދިނުން އިންސާފް ވާނެކަމާއި މެދު ޟައްކު އަޑު އިވޭ ވާހަކަތަކަށް ބަލާއިރު. އޮންނަ އުސޫލުގެ ބޭރުން ގޯތި ދީފިއްޔާ ހަނދާން ކުރާތި އާޙިރަތުގެ އަލިފާނުން ދަރިފަސްކޮޅު ވެސް ސަލާމާތް ނުވާނެކަން. އަނިޔާ ލިބުނު މީހުންގެ ބަދު ދުއާ އަރާ ހަމަކުރާނެ. ވަރަށް ގާތުން ބަލަމުން މިދަނީ. މިހެންވެ ބުނެލީ!!

  7. އަބްދު

    ކުދި ޤައުމުތަކަށް ދަރަނި ދޭން ބޮޑެތި އެތައް ޤައުމެއް ތިބެނީ ތައްޔާރަށް. ފަސް އަހަރު ތެރޭ 70 ބިލިއަން ދަރަންޏަށް ނަގައިގެން ކުދިކުދި ރައްރަށުގައި ތިކުރީ ހަމަ ގަމާރަކު ނޫނީ ނުކުރާ ވަރުގެ އިސްރާފެއް. މިފަދަ މީހަކަށް ދެވަނަ ފުރުޞަތެއް ދޭން ހެޔޮނުވާނެ.