ކ. މާފުށިން ފެންނަނީ ރަށްތަކުގެ ދިރިއުޅުން ބަދަލުކޮށްލާނެ މަންޒަރު ކަމަށާއި ރަށުގެ ރައްޔިތުން ތިބީ އަމާން ރާއްޖެއާއެކު ކުރިއަށްދާން ބޭނުންވެފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކ. މާފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސް ފުރަތަމަ ކުރަން ޖެހުނު ކަމަކީ ރާއްޖޭގައި އޮތް ހަލަބޮލިކަން ނައްތާލައި ރާއްޖެ އަށް ހަމަޖެހުން ގެނައުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި ގެސްޓްހައުސްތައް މި ހިންގެނީ ހަމަޖެހުން ގާއިމުވެފައި އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސޯލިހް މިރޭ މާފުށީގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"ދިވެހިންނަކީ ވަރަށް ވިސްނުންތެރި، ވަރަށް ހޭލުންތެރި، ވަރަށް މަސައްކަތްތެރި ބައެއް. ބޭނުން ވަނީ މަސައްކަތް ކުރެވޭނެ ޖާގަ ހޯދައި ދިނުން. ސަރުކާރެއްގެ މަސައްކަތަކަށް ވާން ޖެހޭނީ އެ މަސައްކަތް. ރައްޔިތުން އެ ބޭނުންވާ މަސައްކަތްތައް ކުރެވޭނީ މި ދެންނެވި ފުރުސަތު ރައްޔިތުންނަށް ދީގެން." ގެސްޓްހައުސްގެ ވިޔަފާރި އެންމެ ބޮޑަށް ފުޅާވެފައިވާ ރަށުގައި ހުންނަވައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މާފުށީ ރައްޔިތުން ނުކުމެ އެމަނިކުފާނަށް %60 ވޯޓު ދެއްވިއެވެ. އެކަމަށްޓަކައި މާފުށީގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާފުށީގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

"މިއަދު ފެނިގެން ދިޔަ މަންޒަރުން ވެސް އަޅުގަނޑަށް ފެންނަނީ މާފުށީ ރައްޔިތުން ތިބީ އަޅުގަނޑުމެން ބޭނުންވާ އުފާވެރި އަމާން ރާއްޖެއާ އެކީގައި ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށް. މާފުށިން މި ފެންނަނީ ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުން ބަދަލުކޮށްލާނެ ސާފު މަންޒަރެއް،" ރައީސް ވިދާޅުވިއެވެ.

މާފުށީގައި މިރޭ ބޭއްވި ޖަލްސާ. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވި ގޮތުގައި މާފުށިން މި ފެންނަނީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅެމުންދާ ތަނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ވެސް އެ ރަށުގައި 800 އަށް ވުރެ ގިނަ ފަތުރުވެރިން އެބަތިބިއެވެ.

ރައީސް ވިދާޅުވީ މާފުއްޓަށްވީ ވައުދުތައް ނިމުމަކާ ހަމައަށް ދިޔައިރު، ރިޔާސީ އިންތިހާބުގައި އެންމެ ބޮޑު ވައުދަކަށްވީ ރަށުގެ ބިން އިތުރު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއާ އެކީގައި ޕިކްނިކް އައިލެންޑެއް ވެސް ގާއިމުކޮށް ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ މާފުއްޓާއި އަލަށް ހިއްކި ބިން ގުޅުވާލުމުގެ މަސައްކަތެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު އޮތް ބަނދަރަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު، އެ މަސައްކަތް ނިމުމުން ބަނދަރުގެ ދަތިކަން ފިލައިގެން ދާނެ ކަމަށެވެ. އަދި މާފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކޮށް އެތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ތަރައްޤީއާއި ތަހުޒީބަކީ ޑޮލަރު ނޫނީ އުސްއިމާރާތްތަކާއި ޗާލޫ ފާލަންތަކާއި ހިއްކާ ފަޅުފަޅު ކަމަށް އިސްލާމީ ވެރިޔަކަޭ ހީވެެއްޖެތަ؟ ހޯހޯ ވެރިކަމަށް ދަހިވެތިވެގެން ނޫޅުއްވާ

    26
    1
    • ޙުއްބުލް ވަޠަން

      އިސްނަގާ ހިނގާދާން ފާޅުގައި ދަރީންނޭ،
      މުސްލިމެއްގެ ގޮތުގައި ފަޚުރުވެރިވެލާ.
      ދިންނަވާނެ މަގުގައި ހިތްވަރާއެކީގައި،
      ދެންފަހަށް ނުޖެހިތިބެ ކުރިއަރަން ހިނގާ.

      18
  2. އާދަމް

    ތަރައްޤީއަކީ ހިއްކާ ފަޅުފަޅާއި، މޮޅެތި ފާލަންތަކާއި އުސް ގަނޑުވަރުތައް ކަމަށް ހީވެއްޖެ މީހަކަށް ބުނެލަން އޮތީ ހޯހޯއޭ ވެރިކަމަށް އަވަލަވައިގެން ނޫޅުއްވާށޭ! މި ރާއްޖޭގައި ވެރިން ނަމޫނާ ލިބިގަންނަން ޖެހޭނީ އިސްލާމީ ތާރީޚުގައި ހަޤީޤީ ލީޑަރުން ވެރިކަން ކުރެއްވި ގޮތަށް. އެގޮތް ނުދަންނަ ޔަހޫދީން ދިން އެއްޗެއްް ކައިގެން، ނަސާރާއިން ދިން އެއްޗެއް ބޮއިގެން ބުޑިސްޓުން އެހީވުމުގެ ނަމުގާ ކެހީގާ ބަނީމާ، އެ އަސަރަށް ތަބާވެގެން ދާންވެއްޖެއްޔާ ހޯހޯއޭ ތިޔަ ތޮޅެނީ ދިވެހިންގެ މިނިވަންކަމާއޭ. މީ ވަރަށް ސަރީޙަކޮށް ދަންނަވާ ވާހަކައެއް.
    "ދީނާ މަގެ ޤައުމާ މަގެ އަމްނާ ނުކުޅެއްޗޭ
    ތާރީޚު ބަލާ އެނގިތިބެ ޢައްދާރު ނުވައްޗޭ"

    28
    1
    • ބޮޑުތަކުރުފާނު ތިލަދުންމަތި

      ދީނާ މަގެ ޤައުމާ މަގެ އަމްނާ ނުކުޅެއްޗޭ
      ތާރީޚު ބަލާ އެނގިތިބެ ޣައްދާރު ނުވައްޗޭ

      15
      1
  3. ހަގީގަތް

    މޮޅު ވާހަކަ ދަށްކަން ނޫޅެ ފައިބާ

    20
    1
  4. ކިނބޫ

    މާފުށްޓަކީ ބޮއްސުންލައިގެން ގޮސްފައިވާ ތަނެއް

    17
    1
  5. އަކްމެޑް

    މާފުށި؟ ނޯ ތޭންކްސް.

  6. Anonymous

    އެޢީ؟؟؟ އޯ.... ރޭވިގެން ޕްލޭން ކުރެވިގެން ވައްކަން ކުރާ ސަރުކާރެއް ވީމަދޯ؟؟؟؟ ރަށް ތަކުގެ އެކަންޏެއްނޫން ބޮޑެތި ގައުމުތަކުގަ ވެސް
    ދިރިއުޅުން ބަދަލުވެގެން ދާނެ ވައްކަން ގިނަވީމަ.
    މަނަމަ މާތްކަލާންގެ ވަޖުހަފުޅައްޓަކާވެސް އަނގަ
    ގަދަނުކޮށްވޭތޯ ބަލާނަން.

  7. އަހުމަދު

    އިޖްތިމާއީ ފޭރާންވީދި ހަލާކުވެފައިވާ މާފުށިން ރަށްފުށުގެ ދިރިއުޅުން ރައީސަށް ފެންނަނަމަ ތިދައްކައިދެނީ ގައުމުގެ ހަލާކު..

  8. ހުސޭނުބޭ

    މީނަގެ އައިނަށް ފުސްބުރާފައި ހުރި ރެއެއް!