ރަސޫލާ صلى الله عليه وسلم ގެ ޙަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ ޢިލްމުވެރިއެއް ނޫން ކަމަށް އަމިއްލައަށް ގަބޫލު ކުރާކަމަށް ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ އިއުތިރާފް ވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އިމްރާން ވަނީ ރަސޫލާ صلى الله عليه وسلم ގެ ހަދީސް ބަސްފުޅެއް ކަމަށް ވިދާޅުވެ ބޭނުންކުރެއްވި އިބާރާތަކީ އެކަލޭގެފާނުގެ ހަދީސެއް ނޫންކަން ހާމަކުރައްވާ ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ވަނީ ތަފްސީލް ވީޑިއޯއެއް އާއްމު ކުރައްވާފައެވެ.

ނިޝާންގެ ވީޑިއޯ އާއްމު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް ވަނީ އަމާޒުވެފައެވެ. އެވީޑިއޯގައި ނިޝާން ދެއްކި ވާހަކަތަކަށް ރައްދު ދޭން އިމްރާން މިއަދު ހުކުރު ފަހުން ކުރި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަޑަކީ ރަސޫލާ صلى الله عليه وسلم ގެ ޙަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ ޢިލްމުވެރިއެއް ނޫން" ކަމަށެވެ. އަދި "ޝައިޚް އާދަމް ނިޝާނަކީވެސް އެވަރުގެ ބޮޑު އިލްމުވެރިއެއް ހެން ހީއެއް ނުވާ." ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަޅުގަނޑުމެން ދަސްކުރަން ޖެހެނީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުންނެވެ.

ނިޝާނަށް ރައްދު ދެމުން އިމްރާން ދެން ވިދާޅުވީ "ޝައިޚްކުރައްވާ ކުއްތަކާއި ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ އަޅުގަނޑަށް ކުރެވޭ މާމޮޅުކަމަކާއި ހެޔޮ ކަމެއް ކަމަކަށް ދެކި އެކަން ކުރާކަށް ނެތިން. މާތް الله އަޅުގަނޑުމެން އެންމެނަށް އެ އިލާހު ރުހިވޮޑިގަންނަވާ މަގަށް މަގު ދައްކަވާ ހެޔޮ ރަހުމަތް ލައްވާށި." އެވެ.

އިމްރާން ދެއްކި ވާހަކަތަކުގެ ތަފްސީލް ހާމަކުރަމުން އިއްޔެ ނިޝާން ވަނީ ރަސޫލާގެ ހަދީސް ބަސްފުޅެއް ވެސް ގެނެސްދެއްވާފައެވެ. އެހަދީސް ބަސްފުޅުމުގެ މާނައިގައި އޮންނަނީ "ގަސްތުގައި ތިމަން ކަލޭގެފާނާ މެދު ދޮގު ހަދައި ތިމަން ކަލޭގެފާނަށް ދޮގު ރައްދުކުރި މީހާ ދަންނާށެެވެ. އޭނާގެ ޖާގަ ނަރަކައިން އޭނާ ކަށަވަރު ކޮށްފިއެވެ."

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ހިމް

    ހަދީޘް ދަރަޖަ ކުރަން ނޭނގޭ ވަރުގެ އިލްމުވެރިން ވާހަކަދައްކަންވާނީ ހަދީޘް އިލްމުވެރިންގެ ބަހަށް ރިޢާޔަތްކޮށް އެދަރަޖައިގެ އިލްމުވެރިން ކަނޑައަޅާފައިވާ ފެންވަރު ރަނގަޅު ހަދީޘްތަކަށް ބިނާކޮށް.

    50
  2. ޢާމިރާ

    ޢެހެންވީރު މާ އަނގަބޮޑުވެގެން ނޫޅެންވީ.

    51
  3. އަލީ

    ނޭގޭވާހަކަ ނުދައްކާނީ އެހެންވީރުން. ހަގީގަތް އެނގުނީމާ ރައްޔިތުން ކިބައިން މާފަށް އެދިފަ ތައުބާވާނީ ދެންވެސް.

    45
  4. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ދީނީ ޢިލްމްވެރި އަކަށް ވެވޭނީ އިމްތިޙާން އަކުން ފާސް ވެގެން ކަމަށް ހަދަން ވެއްޖެއެވެ. އިމްރާން އާއި ޢިޔާޒް މެންކަހަލަ މީހުން ޕާކިސްތާނު ބޯޑަރު ގައި ބަކަރި ހުއި ހައްޕަން އުޅެފަ ގެންނަ ސެޓްފިކެޓަށް ދީނީ ޢިލްމުވެރި އެއްގެ ހުއްދަ ދެވިގެން ނުވާނެއެވެ.

    31
    9
  5. އަވަސްހިނި

    މަނިކުފާނު އަމިއްލަ އަށް ތީ އިލްމުވެރިއެއްކަމަށް ދެކުނަސް އެހެންމީހުން ޤަބޫލުކުރަނީ ތީ ބޮޑު ސިޔާސީ މަންފާ ހޯދުމަށް އެވަގުތަކު ކުރަންޖެހޭ ހުރިހާކަމެއް ކުރަމުންގެންދާ މީހެއްކަމަށް.

    47
    1
  6. އަދުހަމު

    މި އިލުމުވެރިޔެކޭ ކިޔާގެން އުޅުމުމީހާގެ ފެންވަރު.. މަގާމައް ޓަކާ ދީން ދޫކޮއްފާނެ

    30
    1
  7. ހަނީ

    ތިއީ ފޭކު އިމްރާން ދޮގުހަދާ އިމްރާން

    37
    1
  8. ދިރާސ

    ތިޔަ ދެމީހުން ކިޔާނީ ތެދުތޯ ބަލަން ރައްޔިތުން ޖެހެނީ މަދީނާއަށް ކިޔަވަން ފަން..

    17
  9. އަލީ

    އިމްރާނުމެންނަށް ވަރަށް ކުދި ކަންތަށްތަށް.

    19
    1
  10. ސޯލޭ

    ޢިތުރައް އޮރިޔާން ނުވަނިސް މައިތިރި އަރާގެން ހުރެބަލަ ބާކީ ދެމަސް ެ 3 ވަނަ މަހު ޗަކޮއެ ޖަލުގަ އޮންނާނީ އިރާދަކުރެއް ވިއްޔާ

    23
    2
  11. Anonymous

    ދެންމެ ފޮނުވި ޅެމަކީ ހަތިފުށީ ޝާކިރުބެގެ ޅެމެއް
    ލިޔެ ނުލެވުނީތީ މާފަށް އެދެން

    15
  12. ހާރިސާ

    ވަގަށްސެޓްފިކެޓްހޯދާގެންތަ؟ޝޭޚަކަށްވީ ނޫނީ
    އަމިއްލައަށްތަނެއްގެލެޓަހޭޑެއްވަގަށްނަގާއިގެން
    ލިޔުނީތަ؟ނިކަންތެދައްބުނެލަބަލަ

    17
  13. ޕޮގުބާ

    ޢިމްރާން ކުފުރުވެއްޖެ އިމްރާނަށް ނޭންގޭއެއްޗެއް އެހެންމީހަކަށް އެނގިދާނެ އިމްރާނަނީ ދެފުއްއް ދެގޮތް މުނާފިގެއް

    18
  14. ދިވެހި މުސްކުޅިން

    ޝޭޚުން ޒުވާބެއްކުރާނެ ކަމެއްނެން. އިންސާނާ ވަނީ ބޮޑުވެގެންވާ ޢިލްމީ ޢާލަމެއްގަ ކޮންމެ ކަމެއްގެ މަގު އެއޮތީ ފެންނަން. އިންސާނާގެ ހެޔޮ ބުއްދި، ގުރުއާނާއި، ޙަދީޘް

    17
  15. Anonymous

    ޙައްޤު ބަސް ބުނާ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން ޝައިޚް އާދަމް ނިޝާން އެ ކުރެއްވި ކަމަކީ ރައްޔިތުންނަށް އޮޅުންފިލުވައިދެއްވުން. އެއީ އެއްވެސް ހާލެއްގާ ކުށް ދެއްކުމެއް އިނގިލިދިމާކުރުމެއް ނޫން. ކަމުގެ ޙަޤީޤަތް ބަޔާންކޮށްދެއްވުން. ޢިމްރާނުމެން ދީނީ ޢިލްމުގެ ލިބާސް ލައިގެން މަޖިލިސްތަކަށް އަރާ ދޮގު މަޢުޟޫޢު ހަދީސްތައް ކިޔާއިރު އެކަން އޮތް ގޮތް އަންގައިދިނުމީ ޢިލްމުވެރިންގެ ވާޖިބެއް.
    ދެންވެސް ހަދީސްގެ ދަރަޖަ ކަނޑައަޅަން ނޭނގެންޏާ މަޢުޟޫޢު ހަދީސެއް ސައްޙަ ހަދީސެއް ނޭނގެންޏާ ބަސް ބުނުމުގެ ކުރިން ޢިލްމުވެރިންގެ ލަފާ އަހާލުމަކީ ކުރަން އަންގަވާފައިވާ ގޮތް. ނުދަނެ މަޖިލިސްތަކަށް އަރާ މުޑިނަގާފައި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްްލަމް އަށް ނިސްބަތްކޮށް ދޮގު ހެދުމަކީ ބޮޑުގެންވާ ޙަރާމްކަމެއް.
    އެއީ އެކަލޭގެފާނަށް ނިސްބަތްކޮށް ޤަސްދުގައި ދޮގެއް ހަދައިފި މީހަކީ ނަރަކަވަންތަވެރިއެއްކަން ސައްހަ ހަދީސުން ސާބިތުވާތީ.

    ޝުކުރިއްްޔާ ޝައިޚް ނިޝާން. މާތް ﷲ ޝައިޚަށް ޢިލްމު އިތުރުކޮށްދެއްވާ ޙައްޤުގެ މަތީގައި ސާބިތުވެ ހުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި. އާމީން.

    27
  16. Anonymous

    "އަޅުގަނޑަކީ ހަދީސްގެ ދަރަޖަ ކަނޑައަޅަން އެނގޭ ވަރުގެ ޢިލްމުވެރިއެއް ނޫން" .
    މިއީ ވެސް ރަނގަޅު ވާހަކައެއް ނޫން. ސަބަބަކީ ހަދީސްގެ ދަރަޖަ ކަނޑައަޅަން ނޭނގުނު ހިސާބުންވެސް ތިމާއީ ޢިލްމުވެރިއެއް ކަމަށް ޢިމްރާނު ދަޢުވާކުރާތީ. ޙަޤީޤީ ޢިލްމުވެރިއަކު ތިމާއީ ޢިލްމުވެރިއެކޭ ނުކިޔާނެ. ކިޔާނީ ތިމާއީ ޢިލްމުގެ ދަރިވަރެކޭ. މީގެ މިސާލު އިބުނު ބާޒު ފަދަ މިޤަރުނުގެ ބޮޑެތި ޢިލްމުވެރިންގެ ކިބައިން ފެނިފައިވޭ.

    14
    2
  17. ސަންސެޓް

    ކަނޑައަޅާފަހުރި ދަރަޖަތައް އޮޅުވާލަން އެގޭ ނޫންތޯ؟

    9
    1
  18. ކަހީނު

    އެހެންވެ މަކުރިންވެސްބުނަނީ މީކީ ދީނީ ޢިލްމްވެރިއެއްނޫނޭ
    ދީނީ އިލްމްވެރިންނައް ޤުރުއާނާ ހަދީސް އެގޭނެ އެއީ އެމީހުން ކުރާނީ ދީންރަނގަޅައް މީސްތަކުންނައް އޮޅުންފިލުވާދިނުމުގެ މަސައްކަތް ކަމައްވާތީ އެއީ ސިޔާސީ މަސައްކަތްކުރާ ބައެއްނޫން މިހާރު މިމީހުން މީ ސިޔާސީ އިލްމްވެރިން ތިމާއައް ކުރެވުނީ ކުށެއްކަން ޤަބޫލު ނުކޮއް އެހެންމީހުންގެ ވާހަކަ ދައްކަންއުޅުމުންވެސް ތިމާގެ ފެންވަރު އެބައެނގޭ كهينކަންކަންނޭންގެ ކިޔެވީ

    10
  19. ރަޔާން

    އަޅުގަނޑައް އެނގެނީ ހަމައެކަނި ދޮގު ހަދަން އަދި ދެފުއްކެހެރި ވާހަކަ ދައްކަން

    10
    1
  20. ފާސިގު މީހާ

    ފާސިގަކު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ.

  21. ޢަލީ

    ކައްޒާބަކަށްވެ ނިމިއްޖެ. ހުރި ހިތާމައިގެ ބޮޑުކަމާއެވެ.

    6
    1
  22. ހުސެން. ރ އަތޮޅު

    ރޯޔަލް ރޭޕް ކޭސްއާ ގުޅޭގޮތުން ތި އިމްރާން ދެއްކި ވާހަކަ އަދި ހަނދާން އެބަހުރި. އަމިއްލައަށް ތިމަންނައަކީ ރަސޫލާ صلى الله عليه وسلم ގެ ޙަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ ޢިލްމުވެރިއެއް ނޫންކަމަށް ބުނަންވެސް ލަދުގަންނަންޖެހޭނެ. ތީ އިލްމުވެރިއެއްކަމަށް ޤަބޫލެއް ނުކުރަން...

  23. ސޭކުސްތާން

    މީ އަދި ކައްޒާބެއް ދޯ އަމިއްލައަށް ބޭޒާރު މިވަނީ

  24. ސަމްރާ

    ސައިޒްވީ ، އަހަރެންނަށް ނޭނގުނު އެއްޗަކީ ސިޔާސީ ރެލީއެއްގައި މިވަރުގެ ވާހަކައެއް ަހަމަ ދައްކަންޖެހޭތޯ.
    ދީން ހަތިޔާރަކަށް ނަހަދައި ހަމަ ނުވަނީތޯ ؟

  25. ޙުސެން

    ޚޭކު އިމްރާން

  26. ހަތަރެސްކަން

    ވަކިފަރާތަކަށް ބުރަވެހުރެ ދެކެވޭވާހަކަ ނޭނގެނީ

  27. Anonymous

    ދަރަޖަ ކަނޑަ އަޅަން ނޭންގުނަސް ބޮޑެތި ހަދީޘް އިލްމުވެރިން ކަނޑައަޅާފައިވާ ދަރަޖަ އެނގޭނެދޯ. މި މީހާ ގަނޑު ހީކުރަނީ ދިވެހިން މިއީ ނުކިޔަވާ ތިބި ބައެއް ކަމަށްތަ؟