ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި ޖޭޕީގެ ކުރީގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މިއަދު ވިލާ ޕާކް ސަންއައިލެންޑް ރިސޯޓުގައި ބައްދަލު ކުރައްވަމުން އެބަ ދެއެވެ.

ޢަލީ ވަހީދަކީ ގާސިމް އަރިހު 2018 ގެ ރިޔާސީ އިންތިހާބުގައި ޖަރުމަނުގައި ޕާޓީގެ އެންމެ އިސްކޮށް އަދި އަރިސްކޮށް އިންތިހާބީ ނިންމުންތައް ނިންމުމުގެ ބައިވެރިޔާއެވެ.

2018 ވަނަ އަހަރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވުމުން، މި ބޭބޭފުޅުން ރާއްޖެ ވަޑައިގެންނެވިއިރު، ޖޭޕީ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި އަލީ ވަހީދު ހަމަޖެއްސެވިއެވެ.

ގާސިމް އާ ބައްދަލު ކުރައްވަން އަލީ ވަހީދު ވަޑައިގަތުން - ވަގުތު އިމޭޖްސް:

ޓްއަރިޒަމް މިނިސްޓަރަކަށް ހުންނަވައިގެން މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވި، އެމައްސަލައިގައި ދައުވާ އުފުލުމުން އަލީ ވަހީދު ރާއްޖެ އިން ފުރައިގެން ދިޔައީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ގާސިމް އާ ބައްދަލު ކުރައްވަން އަލީ ވަހީދު ވަޑައިގަތުން - ވަގުތު އިމޭޖްސް:

އަލީ ވަހީދު ޖުލައި 11 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވިއިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާން ނެތުމުން، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ މައްސަލަ އަނބުރާ ގެނެސްފައެވެ.

އަލީ ވަހީދު ގާސިމާއި ބައްދަލު ކުރައްވަން ސަން އައިލެންޑަށް ވަޑައިގެންނެވީ މީގެ އިރުކޮޅެއް ކުރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަވާސާ

    ސުބުޙާނަﷲ.

  2. ކޮރަލް

    ކޯޓް ތަކަށް އަތް ބާނާ މީޙުން މިފެންނަނީ އެވެ.

    21
  3. ބަޚީލުކަލޭގެ

    ކުރިންބުނި އެތިކެންސަލްކޮށްލީ ސްމޯކް ސްކްރީނެއްގައި ޖެހި އެކްސިޑެންޓްވެގެން.

  4. ާދަލޭކް

    މާދަމާ ޟަހުޝަރު ބިމުގައި ތިހެން ނުވާނެ. މީ ވަގުވަގުތީ ފާލަމެއް. ދުނިއޭގެ އުފަލާ އަރާމަށް ވަގުތު ހުސް ނުކުރޭ.

    13
  5. އަލީ ވަހީދު "ނހލ ނިމިފަ އޮތީ"

    ނަހުލާ އެއްޗެކޭ ނުބުނީމަ ބޮޑު އެއްޗެއް މި އެނގެނީ