އެމްޑީޕީ ރޫޅައިނުލެވޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައިފިއެވެ.

ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުމަށް ފަހު އާޓިފިޝަލް ބީޗުބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ "ފޫވައް ވެއްޓި ގެއްލިއްޖެ" ކަމަށާއި އެ ޕާޓީ ދެން ދާނީ "ރޫޅެމުން" ކަމަށެވެ.

"ކަށިކެޔޮ ގަނޑަށް ވާގޮތް، ފޫވައް ދިޔައިމަ ގަނޑު ރޫޅޭނެ. އެމްޑީޕީ އެދަނީ ރޫޅެމުން. ފޫވެއް ވެއްޓިއްޖެ. ފޫވައް ގެއްލިއްޖެ.،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދުދެއްވައި އެމްޑީޕީގެ ގްރޫޕެއްގައި ފައްޔާޒު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީ ރޫޅާލުމަކީ ޑިމޮކްރެޓްސްގެ އަސާސީ ގަވައިދު ނަމަ އެއީ ހުވަފެނެއް ކަމަށެވެ. އަދި އެ ޕާޓީ ރޫޅާލިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީ އަކީ ނަޝީދު އާއި އެމަނިކުފާޏުގެ އާއިލާއަށް އުފައްދައިދިން ޕާޓީއެއް ނޫން. ޕާޓީތަކުގެ ލީޑަޝިޕަކީ ބަދަލުވާ އެއްޗެއް. ނަޝީދަށް އުޅުއްވަނީ އެކަން ގަބޫލުނުކުރެއްވިގެން. ޑިމޮކްރެޓްސްގައި ތިބޭނެ ކަމަށް ފާހަގަވަނީ ނަޝީދު ވިދާޅުވާ ގޮތަށް ކަންކަން ކުރައްވާނެ ބޭފުޅުންނާއި ސަރުކާރު ދެކެ ޒާތީވާ ބޭފުޅުން. އެއީ މައްސަލައެއް ނޫން.". ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވުމަކީ ނާތަހުޒީރު އަމަލެއް ކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކޮށް ދަފްތަރުގައި ހިމެނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި މިވަގުތު 3،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަގުޑި

    އޭ ބޯގޯސް ނަޝީދު، ތިމާ މީހާ އަމިއްލަ ރޫޅި ވިއްސި ވިހާލިވާއިރުވެސް ތިގޮވަނީ އެހެން ޕާޓީތައް ރޫޅަން. ކަލޭ ކިތަންމެވަރަކައް ބޯގަންވިލާގޭ މީހުނާ ބެހެން އުޅުނަސް، ނުބެހެވޭނެ. އެންމެ ފަހުން ކަލޭ ތިހިރީ ބޭރުގަ.

    6
    6
  2. ތުއްތުނާ

    އެމްޑީޕީއެންނޫންރޫޅޭނީ. ގައުމުރޫޅޭނީ !!

    6
    2
  3. އަހްމަދު

    މޭ 6 ގަ އޮތެންނު ރޫޅެފަ އަދިވެސް ހީވަނީ ގަންޖާ ބޯހެން ރޫޅޭނީ

    9
    2
  4. Anonymous

    ރޫޅޭނޭ . މިހާރުވެސް އޮތީ ރޫޅިފަ. ދެންވެސް އިތުރަށް ރޫޅޭނީ. ފުނޑުފުޑު ވާނެ ބަލަްނތިބޭ. އެމްޑީޕީ އަކީ ނާޝީދު ، ނަޝީދަކީ އެމްޑީޕީ.

    8
    7
  5. އިސްޢާފް ސަލީމް

    ނަޝީދު ހެދިއެއްޗެއް ނަޝީދަށް ރޫޅާވެސްލެވޭނެ! އޭތި ރާވާފާހުރިގޮތާ އިސްކުރުތައް ޖަހާފައިހުންނާނީ ކޮން ތަންތަނެއްގައިކަމާ އެ ހިފަހައްޓާ މައިތަނބު ހުންނަތަން އެ ހެދިމީހާއަށް އެނގޭނެ! އެހެންވީމާ އެ މީހާއަށް އެއެއްޗެއް ރޫޅާލަން ވަރަށް ފަސޭހަވާނެ!

  6. އިޔާޒް

    އިރާދަކުރެއްވިއްޔާ އެންޑީޕީއަށް ވާނީ ޑީއާރޕީއަށް ވީވަރު

  7. ބޯކަށިކެޔޮ

    އެމްޑީޕީއަކީ ބޯކަށިކެޔޮގަނޑުގައި ހުންނަ ރީނދޫކުލަ ޒާތުގެ ކުލައެއް ބޭނުންކުރާ ޕާޓީއެއް. އާންމުގޮތެއްގައި ބޯކަށިކެޔޮގަނޑު ފުރަތަމަ އޮންނާނީ ފެހިކުލައިގައި. ދެން ބަދަލުވާނީ ރީނދޫކުލައަކަށް. އޭގެ ފަހުން ރަނގަޅަށް ދޮންވެލީމާ ބޭރަށް ރަތްކުލައެއް އަންނާނެ. ދެން ވަތްތައް ވެރެން ފަށާނީ. ބޯކަށިކޭލަކީ އަނގަކަހާ ކޭލެއް. ބޯކަށިކެޔޮގަނޑުން ވަކެއް ނެއްޓިގެން ވެއްޓިއްޖިއްޔާ އޭގެ މާބޮޑު ބޭނުމެއް ނުހިފޭނެ. އޮންނާނީ ޗަސްވެފައި. މަނިއްޕުޅު އަމިއްލަ ފުޅަށް މަނިއްޕުޅު އެފަދަ އެއްޗަކާ އެއްފަދަ ކަމަށް ތިޔަ ސިފަކޮށްދެއްވައި މިސާލު ތިޔަ ޖައްސަވާލެއްވީ. ވާސަރީ. އައްސަރިބަހާއި ސާބަސްފުޅު.

  8. އަހްމަދު

    އިބްރާހިމަކަސް ފައްޔާޒަކަސް ނަޝީދުއެކުރިބުރަމަސައްކަތެއްނުކުރެވޭނެ ނަޝީދުޕާޓީހުންގީ ތެދުވެރިކާއެކު މިހާރުމިތިބަދެމީހުންނަކީ ކަރަޕްޓްބައެއް އޭނަތީޖާއެއޮތީފެންނައް މިހާރުދެފަހަރު ފައިސާޗާޕްކޮށްފި މިކަމުގަ މަޖިލިސްމެމްބަރުން ޒިންމާނަގަންޖެހޭނެ